ބީ.ޕީ.ޓީ (ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް)

ބީ.ޕީ.ޓީ އަކީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކުހެކެވެ. މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 18 ޖޫން 2011 ގައެވެ. މި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މި ޤާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ވަކި ފަރުދުން އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތަކަކުން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ބައެއް ފައިސާއިންވެސް މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ. މި ގޮތުން ޓެކްސް ނެގޭ ރޭޓު ތަކަކީ:

ކުންފުނިތަކާއި ޕާޓްނަރޝިޕްތައް އަދި އެހެނިހެން ފަރާތްތައް 15 އިންސައްތަ
ދިވެހިރާއްޖެއިން ބޭރުން ލިބޭ ފައިދާ 5 އިންސައްތަ
ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތަ

ބީ.ޕީ.ޓީ އަޕްޑޭޓްސް

 • 16-06-2020 - ބީ.ޕީ.ޓީ ރިކުޔަމެންޓްސް ފޯ ކޮމްޕެނީސް، ޕާޓްނަރޝިޕްސް އެންޑް އަދާރ ޕާސަންސް އެކްސެޕްޓް އިންޑިވިޖުއަލްސް އެންޑް ޑީމްޑް ޕާޓްނަރޝިޕްސް
 • 16-06-2020 - ބީ.ޕީ.ޓީ ފައިލިންގ ރިކުޔަމެންޓްސް ފޯ އިންޑިވިޖުއަލްސް އެންޑް ޑީމްޑް ޕާޓްނަރޝިޕްސް
 • 30-05-2020 - ބީ.ޕީ.ޓީ ބަޔާން ތައްޔާރުކުރުމުގައި މީރާގެ އެހީތެރިކަން ހޯދުމާ ގުޅޭ
 • 25-12-2019 - ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބޭނުނަމަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރުންނާބެހޭ (ދިވެހި)
 • 25-12-2019 - ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރުންނާބެހޭ (އިނގިރޭސި)
 • 23-04-2019 - މީރާ 304 ވާރޝަން 19.1 ބީ.ޕީ.ޓީ ބަޔާން ފުރިހަމަކުރާނެ ގޮތުގެ އިރުޝާދު (އިނގިރޭސި)
 • 17-04-2019 - ގައިޑް ޓު ފަސްޓް އެމެންޑްމަންޓް ޓު ދަ ޓެކްސް ރޫލިންގ TR-2018/B65
 • 16-04-2019 - ގައިޑް ޓު ފަސްޓް އެމެންޑްމަންޓް ޓު ދަ ޓެކްސް ރޫލިންގ TR-2018/B65
 • 23-01-2019 - ބީ.ޕީ.ޓީ ރިކުޔަމެންޓްސް ފޯ ކޮމްޕެނީސް، ޕާޓްނަރޝިޕްސް އެންޑް އަދާރ ޕާސަންސް އެކްސެޕްޓް އިންޑިވިޖުއަލްސް އެންޑް ޑީމްޑް ޕާޓްނަރޝިޕްސް
 • 23-01-2019 - ބީ.ޕީޓީ ފައިލިންގ ރިކުޔަމެންޓްސް ފޯ އިންޑިވިޖުއަލްސް އެންޑް ޑީމްޑް ޕާޓްނަރޝިޕްސް
 • 16-01-2019 - ރަޖިސްޓަރީކުރުން ލާޒިމުނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރަން ހުށަހެޅުން
 • 14-01-2019 - MIRA 304 އިސްލާހުކުރުން - އިނގިރޭސި
 • 14-01-2019 - MIRA 304 އިސްލާހުކުރުން - ދިވެހި
 • 15-10-2018 - MIRA 306 ބީ.ޕީ.ޓީ ބަޔާން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އެއަރލައިންތަކާއި ކަނޑުބޯޓު އޮޕަރޭޓްކުރާ ފަރާތްތައް (ވަރޝަން 15.1) (އިނގިރޭސި) - ފިލަބަލް
 • 15-10-2018 - MIRA 307 ބީ.ޕީ.ޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަށް އެދުން (އިނގިރޭސި) - ފިލަބަލް
 • މީރާއިން ގަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތައް

  މީރާ އިން ގަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތަކަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ބޭނުމަށް، މީރާއިން ގަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތަކެވެ. ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އިންޓްރެސްޓް ރޭޓަށް ބެލުމެއް ނެތި، އުނިކުރެވޭނީ މިފަދަ ބޭންކުތަކާއި މާލީ އިދާރާތަކަށް ދައްކާފައިވާ އިންޓްރެސްޓެވެ. މީރާއިން ގަބޫލުކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ދައްކާއިފައިވާ އިންޓްރެސްޓް، އިންޓްރެސްޓް ރޭޓަށް ބެލުމެއް ނެތި، އުނިކުރެވޭނީ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުގައި ނުވަތަ އޭގެ ކުރިން މީރާއިން އެ މާލީ އިދާރާ ގަބޫލުކޮށްފައިވާނަމައެވެ.

  އަދި މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުންޏަކުން ނުވަތަ ލީސިންގ ފައިނޭންސް ކުންފުންޏަކުން ނުވަތަ އިންޝުއަރެންސް ކުންފުންޏަކުން، އެފަދަ އެހެން ކުންފުންޏަކަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްގެ ޖުމުލަ އަދަދު ވެސް، ޓެކްސް ނެގޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

  އެހެން ނަމަވެސް، އިންޓްރެސްޓް އުނިކުރުމުގެ ހުރިހާ އުސޫލުތަކަށް ޢަމަލުކުރަންވާނީ ޓެކްސް ރޫލިންގ TR-2018/B64 (ތިން ކެޕިޓަލައިޒޭޝަން) އާ ޚިލާފު ނުވާނެ ގޮތުގެ މަތިންނެވެ.

  މީރާއިން ގަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތައް:

  1 - އެ ބޭންކު ނުވަތަ މާލީ އިދާރާ އޮޕަރޭޓްކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ލައިސަންސް ދޫކޮށްފައިވާ ބޭންކުތަކާއި މާލީ އިދާރާތައް.

  2 - އެ ކުންފުނި އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެފަދަ ކުންފުނިތައް ރެގިއުލޭޓްކުރާ ފަރާތުން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުނިތަކާއި ލީސިންގ ފައިނޭންސް ކުންފުނިތައް.

  3 - އަންނަނިވި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެ އިދާރާތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް.

    ނަން ތާރީޚް
  1 ވަރލްޑް ބޭންކް 20 މާރޗް 2012
  2 އައި.އެމް.އެފް (International Monetary Fund) 20 މާރޗް 2012
  3 އޭ.ޑީ.ބީ (Asian Development Bank) 20 މާރޗް 2012
  4 އައި.ޑީ.ބީ (Islamic Development Bank) 20 މާރޗް 2012
  5 އީ.އައި.ބީ (European Investment Bank) 20 މާރޗް 2012
  6 އީ.ބީ.އާރ.ޑީ (European Bank for Reconstruction and Development) 20 މާރޗް 2012
  7 އެން.އައި.ބީ (Nordic Investment Bank) 20 މާރޗް 2012
  8 އޯ.އެފް.އައި.ޑީ (OPEC Fund for International Development) 20 މާރޗް 2012
  9 ޑީ.އީ.ޖީ (Deutsche Investitions- und Entwicklungsgesellschaft) 20 މާރޗް 2012
  10 އޭ.އެފް.ޑީ (Groupe Agence Française de Développement) 20 މާރޗް 2012

  ބައިނަލް އަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓަށް އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއެއް އިތުރުކުރަން ބޭނުންވާނަމަ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށް ލިޔުމުން ހުށައަޅާށެވެ. އިތުރު ތަފްޞީލް ހޯދުމަށް ޓެކްސް ރޫލިންގް TR-2018/B67 ބަލާށެވެ.

  މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތައް

  މީރާއިން ގަބުލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، މީރާ އިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކެވެ. ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތަކުން ޖަމާޢަތަކަށް، ޖަމްޢިއްޔާއަކަށް ނުވަތަ ޢާންމު އިދާރާއަކަށް ދީފައިވާ ހަދިޔާއެއް، އުނިކުރެވޭނީ އެ ފަރާތުން އެ އަހަރަކަށް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުގައި ނުވަތަ އޭގެ ކުރިން އެ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާ މީރާ އިން ގަބޫލުކޮށްފައިވާނަމަ އެވެ.

  މީރާ އިން ގަބޫލުކޮށްފައިވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހުން އިސްތިސްނާވާ ފަރާތްތަކެކެވެ.

  މީރާއިން ހުއްދަ ދީފައިވާ އޮޑިޓަރުން

  މި އޮތޯރިޓީއަށް ބީ.ޕީ.ޓީ ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު ގެ 14 ވަނަ މާއްދާގެ ދަށުން، ޓެކްސް ރޫލިންގ TR-2018/B63 ގައިވާ ގޮތުގެ މަތިން މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓަރ ޖެނެރަލް ލައިސަންސްދީފައިވާ އޮޑިޓަރަކު އައްޔަންކުރަންވާނެއެވެ.

  މީރާއިން ޤަބޫލުކުރާ އޮޑިޓަރުންގެ ގޮތުގައި މިހާތަނަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  ލިސްޓް ބެލުމަށް

  މީރާއިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތައް

  މިއީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، މީރާއިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކެވެ. ޓެކްސް ދައްކާ ފަރާތުގެ ހިސާބުތައް ތައްޔާރުކުރުމަށް ތިރީގައިވާ ހިސާބުކުރުމުގެ މިންގަނޑުތައް ބޭނުންކުރަންވާނީ ތިޔަ ފަރާތުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅާ ތާރީޚުގައި ނުވަތަ އޭގެ ކުރިން މީރާ އިން އެ މިންގަނޑު ގަބޫލުކޮށްފައިވާނަމަ އެވެ.

    ނަން ތާރީޚް
  1 އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް (IFRS) 18 އޮގަސްޓް 2011
  2 އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް (IFRS for SMEs) 15 އޭޕްރީލް 2012
  3 އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް ސްޓޭންޑަޑްސް (AAOIFI) 15 އޭޕްރީލް 2012

  ހިސާބުކުރުމުގެ މިންގަނޑުތަކުގެ ލިސްޓަށް އެއްވެސް މިންގަނޑެއް އިތުރުކުރަން ބޭނުންވާނަމަ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށް ލިޔުމުން ހުށަހަޅާށެވެ. އިތުރު ތަފްޞީލް ހޯދުމަށް ޓެކްސް ރޫލިންގ       TR-2012/B4 ބަލާށެވެ.

  ފޯމް

 • 15/10/2018 - MIRA 306 ބީ.ޕީ.ޓީ ބަޔާން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އެއަރލައިންތަކާއި ކަނޑުބޯޓު އޮޕަރޭޓްކުރާ ފަރާތްތައް (ވަރޝަން 15.1) (އިނގިރޭސި) - ފިލަބަލް
 • 15/10/2018 - MIRA 307 ބީ.ޕީ.ޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަށް އެދުން (އިނގިރޭސި) - ފިލަބަލް
 • 09/01/2017 - MIRA 305 ބީ.ޕީ.ޓީ ބަޔާން، އިންޝުއަރެންސް ކުންފުނިތައް (ވަރޝަން 16.1) (އިނގިރޭސި) - ފިލަބަލް
 • 16/11/2016 - އަހަރީ ރިޕޯޓާއި ސްޓޭޓްމަންޓް އޮފް ޑޮނޭޝަންސް - ޓެމްޕްލޭޓް
 • ހުރިހާ ފޯމް

  ގައިޑް

 • 16/06/2020 - ބީ.ޕީ.ޓީ ރިކުޔަމެންޓްސް ފޯ ކޮމްޕެނީސް، ޕާޓްނަރޝިޕްސް އެންޑް އަދާރ ޕާސަންސް އެކްސެޕްޓް އިންޑިވިޖުއަލްސް އެންޑް ޑީމްޑް ޕާޓްނަރޝިޕްސް
 • 16/06/2020 - ބީ.ޕީ.ޓީ ފައިލިންގ ރިކުޔަމެންޓްސް ފޯ އިންޑިވިޖުއަލްސް އެންޑް ޑީމްޑް ޕާޓްނަރޝިޕްސް
 • 23/04/2019 - މީރާ 304 ވާރޝަން 19.1 ބީ.ޕީ.ޓީ ބަޔާން ފުރިހަމަކުރާނެ ގޮތުގެ އިރުޝާދު (އިނގިރޭސި)
 • 16/04/2019 - ގައިޑް ޓު ފަސްޓް އެމެންޑްމަންޓް ޓު ދަ ޓެކްސް ރޫލިންގ TR-2018/B65
 • ހުރިހާ ގައިޑް

  މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތައް

  1. ދަ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (ACCA)
  2. ދަ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އޮފް ދަ ޔުނައިޓެޑް ކިންގްޑަމް (CIMA)
  3. ސީ.ޕީ.އޭ އޮސްޓްރޭލިއާ (CPA Australia)
  4. ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ސްރީލަންކާ (ICAS)
  5. ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް އިންޑިއާ (ICAI)
  6. ދަ އެމެރިކަން އިންސްޓިޓިއުޓް އޮފް ސަރޓިފައިޑް ޕަބްލިކް އެކައުންޓަންޓްސް (AICPA)