އަހަރަކު 10 މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ބީ.ޕީ.ޓީ ބަޔާން ހުށަހެޅުން ލާޒިމުކޮށްފި

އަހަރަކު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަތިން އާމްދަނީލިބޭ ފަރާތްތަކުން، 1 ޖޫން 2018 ނުވަތަ އެ ތާރީޚުގެ ފަހުން ހުށަހަޅާ ބީ.ޕީ.ޓީ ބާޔާން، މީރާގެ އޮންލައިން ޕޯޓަލް މީރާކަނެކްޓްއިން އޮންލައިންކޮށް ފައިލް ކުރުން ލާޒިމުކޮށްފިއެވެ.

މީރާއިން މިއަދު ގެޒެޓުކޮށް އާންމުކުރި ޓެކްސް ރޫލިންގ - TR-2018/A15ގައި ވާގޮތުން، ބީ.ޕީ.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކުރެވިފައިވީނަމަވެސް، އިސްލާހުކުރެވިފައިވާ ބީ.ޕީ.ޓީ ބަޔާން (އަމެންޑެޑް ރިޓާން) މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުން ލާޒިމެއްނޫނެވެ.

 

12-04-18