ޅ. ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
ނައިފަރު ކަލެކްޝަން ސެންޓަރުގެ ސަބަބުން ނައިފަރާއި ޅ.އަތޮޅުގައި ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ޚިދުމަތް ފަސޭހަކަމާއެކު ގާތުން ލިބޭނޭ މަގު ފަހިވެގެން ދާނެއެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތުގައި ގާއިމްކުރެވިފައިވާ މި އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެއެވެ. މިގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.