މީރާއިން އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ ދެލިކޮޕީ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލުމަށްފަހު އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ދެ ގަވާއިދަށް ޚިޔާލުހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މީރާގެ އީމެއިލް އެޑްރެސް comments@mira.gov.mv މެދުވެރިކޮށް މީރާއަށް ހުށަހެޅުމަށް މީރާއިން އެދެއެވެ. އަދި، ޚިޔާލުހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެންބަރު 2019ގެ މެންދުރު 12:00 ގެ ކުރިން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިއީ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން މިވަގުތަށް ބޭނުންވާ ބައިތަށް ހިމަނައިގެން އެކުލަވާލާފައިވާ ފުރަތަމަ ދެލިކޮޕީތަކެވެ. އަދި ކުރިއަށް އޮތްތާނގައި ޤާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ގަވާއިދުތައް އެކުލަވާލުމަށްފަހު އެ ގަވާއިދުތައްވެސް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދުގެ ދެލިކޮޕީ މީރާއިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ހާމަކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/tax_bills/Income_Tax_Regulation-draft-public-consultation.pdf

https://www.mira.gov.mv/tax_bills/Transfer_Pricing_Documentation_Regulation-draft-consultation.pdf

 

19-12-19