އިންކަމް ޓެކްސް

މިއީ ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 17 ޑިސެންބަރު 2019 ގައެވެ. އަދި މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގަމުންދާ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް އުވިގެންދާނެއެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން (ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތައް ފިޔަވައި)، އެ ފަރާތަކަށް ދިވެހިރާއްޖެ އާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.


ޓެކްސް ރޭޓުތައް

ފަރުދުން

ޓެކްސް ރޭޓު ޓެކްސް ބްރެކެޓު (އަހަރެއްގެ މައްޗަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީ)
0% -/720,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
5.5% -/720,000 ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް -/1,200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
8% -/1,200,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/1,800,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
12% -/1,800,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/2,400,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
15% -/2,400,000 ރުފިޔާއަށްވުރެ ބޮޑު

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް

ޓެކްސް ރޭޓު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓު (މަހެއްގެ މައްޗަށް ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ މުވައްޒަފުންގެ އުޖޫރަ)
0% -/60,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
5.5% -/60,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/100,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
8% -/100,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/150,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
12% -/150,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
15% -/200,000 ރުފިޔާއަށްވުރެ ބޮޑު

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް

ޓެކްސް ރޭޓު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީގެ ބާވަތްތައް
10% އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީ
5% ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާ

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތައް

ޓެކްސް ރޭޓު ޓެކްސް ބްރެކެޓު (ޓެކްސް އަހަރަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީ)
0% -/500,000 ރުފިޔާ ނުވަތަ އެއަށްވުރެ ދަށް
15% -/500,000 ރުފިޔާއަށްވުރެ މަތި

ބޭންކުތައް

ޓެކްސް އަހަރަކަށް ލިބޭ ޓެކްސް ބިނާ ކުރެވޭ އާމްދަނީގެ %25


ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތައް

ޓެކްސް އަހަރެއްގެ ތެރޭގައި ލިބޭ (ޤާނޫނުގެ ‏11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ) އާމްދަނީގެ ޖުމްލައިގެ %2

ސަރކިއުލަރތައް

  • 25-05-21 : އާމްދަނީން ޓެކްސް ނެގުމުގެ ބަޔާން އޮންލައިންކޮށް ހުށަހެޅުމާއި ޕޭމަންޓް ދެއްކުން ލާޒިމުކުރުން (އިނގިރޭސި)
  • 25-05-21 : އާމްދަނީން ޓެކްސް ނެގުމުގެ ބަޔާން އޮންލައިންކޮށް ހުށަހެޅުމާއި ޕޭމަންޓް ދެއްކުން ލާޒިމުކުރުން (ދިވެހި)
  • 28-12-20 : އުޖޫރަ ލިބޭ މީހާއަށް އުޖޫރައިގެ މަޢުލޫމާތު ދިނުން (އިނގިރޭސި)
  • 17-08-20 : އޮންލައިންކޮށް އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުން ލާޒިމުކުރުން (އިނގިރޭސި)
  • 17-08-20 : އޮންލައިންކޮށް އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުން ލާޒިމުކުރުން (ދިވެހި)
  • 12-03-20 : އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމާބެހޭ (އިނގިރޭސި)
  • 12-03-20 : އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމާބެހޭ (ދިވެހި)
  • 12-02-20 : އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމާބެހޭ (އިނގިރޭސި)
  • 12-02-20 : އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމާބެހޭ (ދިވެހި)
  • ހުރިހާ ސަރިކިއުލަރ

    ފޯމު

  • 06-04-22 : MIRA 604 (އިންކަމް ޓެކްސް ބަޔާން) (އިނގިރޭސި) - ފިލަބަލް
  • 06-04-22 : MIRA 604 (އިންކަމް ޓެކްސް ބަޔާން) (އިނގިރޭސި)
  • 05-04-22 : MIRA 605(އިންކަމް ޓެކްސް ބަޔާން، އިންޝުއަރެންސް ކުންފުނިތައް) (އިނގިރޭސި) - ފިލަބަލް
  • 05-04-22 : MIRA 605(އިންކަމް ޓެކްސް ބަޔާން، އިންޝުއަރެންސް ކުންފުނިތައް) (އިނގިރޭސި)
  • 20-09-21 : MIRA 602 ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން (އިނގިރޭސި) (ވަރޝަން 21.3) - އޮގަސްޓު 2021 ގެ ފަހުން އަންނަ މުއްދަތުތަކަށް
  • 06-01-22 : MIRA 603 ފުރިހަމަކުރާނެ ގޮތުގެ އިރުޝާދު
  • 07-02-22 : MIRA 608 ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން - ފިލަބަލް
  • 07-02-22 : MIRA 608 ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން
  • 20-09-21 : އަ ކޮމްޕްރިހެންސިވް ގައިޑް އޮން ދި އިންކަމް ޓެކްސް ރިޓާން (MIRA 604)
  • 06-01-22 : MIRA 603 އިންޓެރިމް ބަޔާން (ވަރޝަން 21.3) (އިނގިރޭސި) - ފިލަބަލް
  • ހުރިހާ ފޯމް

    ގައިޑު

  • 03-04-22 : ގައިޑް ޓު އެޑްވާންސް ޕްރައިޒިންގ އެރޭންޖްމަންޓްސް
  • 11-05-22 : 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ހާލަތުތައް
  • 11-05-22 : 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ހާލަތުތައް (އިނގިރޭސި)
  • 27-12-21 : އިންކަމް ޓެކްސް ގައިޑް: ނަން-ރެސިޑެންޓް އެއަރލައިންސް އެންޑް ޝިޕިންގ އޮޕަރޭޓާރސް
  • 04-01-22 : އިންޓެރިމް ބަޔާން (MIRA 603 ވަރޝަން 21.3) ފުރިހަމަކުރާނެ ގޮތުގެ އިރުޝާދު
  • 05-09-21 : އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން (ދިވެހި)
  • 24-08-21 : އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން (އިނގިރޭސި)
  • 23-08-21 : 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ހާލަތުތައް (ދިވެހި)
  • 16-02-22 : އަ ކޮމްޕްރިހެންސިވް ގައިޑް އޮން ދި އިންކަމް ޓެކްސް ރިޓާން (MIRA 604)
  • 31-08-21 : 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ހާލަތުތައް (އިނގިރޭސި)
  • ހުރިހާ ގައިޑު

    ޤާނޫނު

  • 20-07-21 : އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ޤާނޫނު
  • 17-12-19 : އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ކޮންސޮލިޑޭޓްކުރެވިފައި)
  • ހުރިހާ ޤާނޫނު

    ގަވާއިދު

  • 17-05-22 : އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
  • 07-04-22 : ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ޚާއްޞަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު
  • 19-10-21 : އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުން
  • 19-04-21 : އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުން
  • 20-07-20 : އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން
  • 10-06-20 : ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު
  • 15-04-20 : އާމްދަނީން ޓެކްސް ނެގުމުގެ ޙާއްޞަ ގަވާއިދު 2020
  • 10-03-20 : އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ކޮންސޮލިޑޭޓްކުރެވިފައި)
  • 31-12-19 : އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (އުވައިލެވިފައި)
  • ހުރިހާ ގަވާއިދު

    ޓެކްސް ރޫލިން

    ހުރިހާ ރޫލިން

     ފްލަޔަރ އަދި ބްރޯޝަރ

    އިންޑިކޭޓިވް މާޖިން

    ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު (ގަވާއިދު ނަންބަރު 2020/R-43) ގެ 7 ވަނަ މާއްދާގެ ދަށުން ރައްދުވާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ ލޯނުގެ މުޢާމަލާތުގެ މިންވަރު 15 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވުމާއެކު ތިރީގައި ބަޔާންކޮށްފައިވާ އިންޑިކޭޓިވް މާޖިން ބޭނުންކޮށްފައިވާ ނަމަ، ރައްދުވާ ފަރާތުން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަން ލާޒިމެއް ނޫނެވެ.


    ގުޅުންހުރި ފަރާތަކާއެކު 15 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ލޯނުގެ މުއާމަލާތް ކޮށްފައިވާ މުއްދަތު އިންޑިކޭޓިވް މާޖިން
    1 ޖަނަވަރީ 2020 އިން 31 ޑިސެންބަރު 2020 އަށް +1%
    1 ޖަނަވަރީ 2021 އިން 31 ޑިސެންބަރު 2021 އަށް +1%
    1 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް +1%


    ޓެކްސް ދައްކާ ފަރާތަކުން އިންޑިކޭޓިވް މާޖިން ބޭނުންކުރަން އިޚްތިޔާރުކޮށްފިނަމަ، ބޭނުންކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާޢިއު ކޮށްފައިވާ "އިންޑިކޭޓިވް ޕޮލިސީ ރޭޓް" އަށް މަތީގައި ބަޔާންކޮށްފައިވާ އިންޑިކޭޓިވް މާޖިން އެއްކުރުމުން އަންނަ ރޭޓެވެ.

    އާންމު ސުވާލު

    1 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ ކޮން ތާރީޚެއްގައި؟

    އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވުނީ 17 ޑިސެންބަރު 2019 ގައި. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެން. ނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެން.

     

    2 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ހިނގާނީ ކޮންފަރާތްތަކެއްގެ މައްޗަށް؟

    ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިނަމަވެސް ނުވަތަ ވަގުތީ ގޮތުން ވަޒަންވެރިފައި ވީނަމަވެސް، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ މައްޗަށް. 

    3 - އާމްދަނީން ޓެކްސް ނެގުމުގު ޤާނޫނުގެ ދަށުން ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނަގާ ރޭޓު ތަކަކީ ކޮބާ؟

    ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނަގާ ރޭޓުތައް ތިރީގައިވާ ތާވަލުގައި އެ ވަނީއެވެ.

    ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓް

    ޓެކްސް ރޭޓު

    720,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    0%

    720,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    5.5%

    1,200,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,800,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    8%

    1,800,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 2,400,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    12%

    2,400,000/- ރުފިޔާ އަށްވުރެ ބޮޑު

    15%

     

     

    4 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަކީ ކޮބާ؟

    ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި އުޖޫރަ ދޭ ފަރާތަކުން މުވައްޒަފަކަށް، ކުންފުންޏެއްގެ ޑިރެކްޓަރަކަށް ނުވަތަ ޕާޓްނަރޝިޕެއްގެ ޕާޓްނަރަކަށް ދޭ އުޖޫރައިން އުނިކުރާ ޓެކުހުގެ އަދަދު.

     

    5 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނަގަން ފަށާ ތާރީޚަކީ ކޮބާ؟

    އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ކަމުގައިވާތީ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ވެސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެން.

     

    6 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާ އާމްދަނީން ނަގާ ޓެކުހުގެ ތަފާތަކީ ކޮބާ؟

    މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނިޒާމަކީ، މުވައްޒަފަށް، ޑިރެކްޓަރަށް ނުވަތަ ޕާޓްނަރަށް އުޖޫރަ ދިނުމުގެ ކުރިން އުޖޫރަ ދޭ ފަރާތުން އެ އުޖޫރައިން ދައްކަންޖެހޭ ޓެކުހުގެ މިންވަރެއް އުނިކުރުމަށް ފަހު މީރާއަށް ދައްކާ ނިޒާމެއް. މި ނިޒާމުގެ ތެރެއިން އުޖޫރައިގެ އާމްދަނީން ކުރީބައިގައި ޓެކްސް ދައްކަން ޖެހުނުކަމުގައި ވީނަމަވެސް، އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ދައްކަންޖެހޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވާނެ. އުޖޫރައިން ދައްކަންޖެހޭ ޓެކްސް ގެ މިންވަރުގެ ބޮޑު ބައެއް ވިތުހޯލްޑިންގ ނިޒާމުގެ ތެރެއިން ދެއްކިފައިވުން ފިޔަވައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާ އާމްދަނީން ނެގޭ ޓެކުހާ ތަފާތެއް ނެތް.

     

     

    7 - ފަރުދުންނަށް ލިބޭ އާމްދަނީން، އާމްދަނީން ޓެކްސް ނެގުމުގު ޤާނޫނުގެ ދަށުން ޓެކްސް ނަގާ ރޭޓު ތަކަކީ ކޮބާ؟

    ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނަގާ ރޭޓުތައް ތިރީގައިވާ ތާވަލުގައި އެ ވަނީއެވެ.

     

    ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓް

    ޓެކްސް ރޭޓު

    720,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    0%

    720,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    5.5%

    1,200,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,800,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    8%

    1,800,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 2,400,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

    12%

    2,400,000/- ރުފިޔާ އަށްވުރެ ބޮޑު

    15%

     
    8 - "އުޖޫރަ" އަކީ ކޮބާ؟

    އުޖޫރައިގެ ތެރޭގައި ހިމެނެނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި (ފައިސާއިން ނުވަތަ އެނޫންވެސް ގޮތަކަށް) އޭނާއަށް ލިބޭ މުސާރައާއި، އިނާޔަތާއި މަންފާ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޚިދުމަތް ހުއްޓާލުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަށް ޝަރުތުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވުނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނޭ

     

     

     

     

    9 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބުކުރާނީ ކިހިނެއް؟

    މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައަކީ މަހެއްގެ މައްޗަށް ލިބޭ އުޖޫރައިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް މުވައްޒަފުގެ އުޖޫރައިން ދައްކާ އަދަދު އުނިކުރުމުން އޮންނަ އަދަދު.

     

    10 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އަޅުގަނޑު ވާނީ ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފަ. މި ހާލަތުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން އަޅުގަނޑު ރަޖިސްޓަރީކުރަން ޖެހޭނެތަ؟

    1 ޖަނަވަރީ 2020 ވަނަ ދުވަހާ ހަމައަށް، ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެ. މީރާއިން އެފަދަ ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށްފަހު އަންގާނެ.

     

     

    11 - ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭނެތަ؟

    އެ ފަދަ ފަރާތްތައް ވެސް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކުރާ އެ ފަދަ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެގެންދާނެ. އެހެންކަމުން އެ ފަދަ ފަރާތްތަކުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ.

     

    12 - އަޅުގަނޑަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ މީހެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަޅުގަނޑު ރަޖިސްޓަރީކުރަންޖެހޭނެތަ؟

    އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވެސް މި ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ ފަރާތްތަކެކޭ އެއްގޮތަށް، މި ފަދަ  ފަރުދުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރާއިރު މި ޓެކުހަށް ވެސް ރަޖިސްޓަރީވާނެ.

     

    13 - ބިދޭސީއަކު އަހަރެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއްގައި ދިވެހިރާއްޖޭގައި ހޭދަކޮށްފިނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއްކަމަށް ބެލެވޭނެތަ؟

    ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކު 183 ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި އުޅެފައިވާނަމަ އަދި އެ މީހަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް ނޫންނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ "ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ" މީހެއް.

    14 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތާ ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް، ޓެކްސް ދެއްކުމުގައި ތަފާތުވަނީ ކޮންގޮތަކަށް؟

    މައިގަނޑު ތަފާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުން އެފަރާތަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީއިން ޓެކްސް ދައްކަން ޖެހޭއިރު، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތުން ޓެކްސް ދައްކަން ޖެހެނީ އެފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނިކަމަށްވުން.

    15 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ ކޮބާ؟

    ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައި ނުވާ އަދި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައިވެސް ނުވާ ފަރާތް.

    16 - ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުންވެސް ޓެކްސް ދައްކަން ޖެހެނީ އެފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނި. އެފަރާތްތަކުން ޓެކްސް ދެއްކުމުގައި ހުރި ތަފާތަކީ ކޮބާ؟

    ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ބައެއް ބާވަތުގެ ފައިސާ އިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކަށް ދައްކާ ފައިސާއިން މި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންނުޖެހޭ.

    ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް

    އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެއްވެސް ފަރާތަކުން ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ދޭ ފައިސާއަކީ އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ. ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީވާން ބޭނުންވާ ޖަމްޢިއްޔާތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ ހަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް، “MIRA 103” ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންޖެހޭނެއެވެ.

    ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް:

     

    ނަން

    ރަޖިސްޓްރޭޝަން ނަންބަރު

    ހުއްދަ ދެވުނު ތާރީޚު

    ހުއްދަ ބާޠިލް ކުރި ތާރީޚު

    1

    މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

    MIRA103/2021/24

    04/11/21

    30/06/22

    +

    2

    ނައިފަރު ޖުވެނައިލް

    MIRA103/2019/08

    29/04/19

    30/06/22

    +

    3

    އަލިފުޅު ތުއްތު ފައުންޑޭޝަން

    MIRA103/2012/17

    05/04/12

    30/06/23

    +

    4

    ކެއަރ ސޮސައިޓީ

    MIRA103/2012/07

    07/05/12

    30/06/23

    +

    5

    ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން

    MIRA103/2021/07

    21/02/21

    30/06/22

    +

    6

    ތަކަންދޫ އެކުވެރިންގެ ރޫޙް

    MIRA103/2021/11

    17/03/21

    30/06/22

    +

    7

    ހުޅުދުއްފާރު ޒުވާނުންގެ ރޫޙް

    MIRA103/2018/03

    13/02/18

    30/06/23

    +

    8

    ޑައިބީޓީޒް ސޮސައިޓީ އޮފް މޯލްޑިވްސް

    MIRA103/2012/19

    05/04/12

    30/06/22

    +

    9

    ވިލާ ފައުންޑޭޝަން

    MIRA103/2012/11

    07/05/12

    31/08/21

    +

    10

    މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

    MIRA103/2022/14

    27/06/22

    30/06/23

    +

    11

    ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

    MIRA103/2019/19

    01/12/19

    30/11/20

    +

    12

    ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

    RGS/NGO/2019/28

    30/12/19

    30/06/23

    +

    13

    ދިވެހި ސިފައިންގެ ކުލަބް

    MIRA103/2019/14

    14/10/19

    30/06/22

    +

    14

    ކްލަބް އޭދަފުށި

    MIRA103/2020/02

    04/02/20

    31/08/21

    +

    15

    ފޮނަދޫ ޒުވާނުންގެ ރޫޙް

    MIRA103/2019/16

    14/10/19

    30/11/20

    +

    16

    އިސްލާމީ އެހީތެރިކަމުގެ ގުޅުން

    MIRA103/2012/02

    05/04/12

    30/06/23

    +

    17

    މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ

    MIRA103/2012/50

    01/10/12

    30/11/20

    +

    18

    މުސްލިމުންގެ ގުޅުން

    MIRA103/2012/05

    07/05/12

    30/06/22

    +

    19

    ފާފު މަގޫދޫ ޒުވާނުންގެ ކްލަބް

    MIRA103/2014/2

    13/11/14

    31/08/21

    +

    20

    ޖަމްޢިއްޔަތުލްފަލާޙު

    MIRA103/2013/28

    16/12/13

    30/06/23

    +

    21

    މޯލްޑިވިއަން ރެޑް ކްރެސެންޓް

    MIRA103/2012/15

    07/05/12

    30/06/22

    +

    22

    މާލޭ ސްޕޯޓްސް ކުލަބް

    MIRA103/2017/10

    30/03/17

    30/06/22

    +

    23

    އެކުވެރި ކްލަބް

    MIRA103/2016/07

    28/02/16

    31/08/21

    +

    24

    މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން

    MIRA103/2012/01

    05/04/12

    30/06/22

    +

    25

    ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

    MIRA103/2021/29

    26/12/21

    30/06/22

    +

    26

    ކެލާ ތުއްތު ފައުންޑޭޝަން

    MIRA103/2021/21

    23/08/21

    30/06/23

    +

    27

    އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް

    MIRA103/2021/06

    17/02/21

    30/06/23

    +

    28

    ޑެކަގަން ސްޕޯޓްސް ކްލަބް

    MIRA103/2018/10

    04/06/18

    30/11/20

    +

    29

    ޒިގް ޒެގް ފޮރ ޔޫތް ލިންކޭޖް

    MIRA103/2021/17

    03/06/21

    30/06/22

    +

    30

    މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސަސް ޕްރޮފެޝަނަލްސް

    MIRA103/2018/15

    09/08/18

    30/06/23

    +

    31

    ސޮނޭވާ ނަމޫނާ

    MIRA103/2020/15

    22/12/20

    30/06/23

    +

    32

    އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތު ޗެމްފިއަންސް މޯލްޑިވްސް

    RGS/NGO/2016/21

    02/07/16

    30/11/20

    +

    33

    އެޓްމޮސްފިޔަރ ފައުންޑޭޝަން

    MIRA103/2022/05

    21/03/22

    30/06/23

    +

    34

    މޯލްޑިވްސް ކޮމްޕިއުޓަރ ސޮސައިޓީ

    MIRA103/2017/26

    21/11/17

    30/11/20

    +

    35

    ކުލަބް މުގޫ ސްޕޯޓްސް

    MIRA103/2019/04

    04/03/19

    30/06/22

    +

    36

    އަބޫބަކުރު ޢަލީ ފައުންޑޭޝަން

    MIRA103/2021/19

    14/07/21

    30/06/23

    +

    37

    ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ

    MIRA103/2018/12

    04/07/18

    30/06/23

    +

    38

    ލާމު ޔޫތް ޑިވެލޮޕްމެންޓް

    MIRA103/2020/05

    18/02/20

    31/08/21

    +

    39

    ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ

    RGS/NGO/2019/09

    23/06/19

    30/06/23

    +

    40

    މޯލްޑިވިއަން ކޮމިއުނިޓީ ފައުންޑޭޝަން

    MIRA103/2020/01

    30/01/20

    30/06/23

    +

    41

    ދިވެހި މަސްވެރިން

    MIRA103/2022/13

    26/06/22

    30/06/23

    +

    42

    ކްލީން މޯލްޑިވްސް

    MIRA103/2022/06

    11/05/22

    30/06/23

    +

    43

    މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް

    05/12/21

    30/06/23

    +

    44

    ނަސޭހަތް

    MIRA103/2022/12

    26/06/22

    30/06/23

    +

    45

    ޖަމްޢިއްޔަތު ތަހްފީޘިލް ޤުރުއާނިލް ކަރީމް

    MIRA103/2022/10

    09/06/22

    30/06/23

    +

    46

    ބެނެފިޓް

    MIRA103/2019/15

    14/10/19

    31/08/21

    +

    47

    އީޕީއެސް ފައުންޑޭޝަން

    MIRA103/2020/11

    19/10/20

    30/06/22

    +

    48

    އާގެ ފައުންޑޭޝަން

    MIRA103/2021/08

    02/03/21

    30/06/23

    +

    49

    ފެމް ހެލްތް

    MIRA103/2021/18

    05/07/21

    30/06/22

    +

    50

    ޖަސްޓިސް އިނީޝިއޭޓިވް

    MIRA103/2020/08

    11/06/20

    31/08/21

    +

    51

    އުތެމަ

    MIRA103/2021/04

    25/01/21

    30/06/23

    +

    52

    މޯލްޑިވްސް ފެމިލީ ފައުންޑޭޝަން

    MIRA103/2019/13

    03/10/19

    30/06/22

    +

    53

    ޖަމްޢިއްޔަތުލް އިސްލާމް

    MIRA103/2017/24

    12/10/17

    30/06/23

    +

    54

    އާދަމް ކަލޭގެ ހުސެން ފައުންޑޭޝަން

    MIRA103/2022/07

    30/05/22

    30/06/23

    +

    55

    ހިޔާ ފައުންޑޭޝަން

    MIRA103/2021/26

    05/12/21

    30/06/22

    +

    56

    އައިކަންސް އެސޯސިއޭޝަން

    MIRA103/2022/09

    09/06/22

    30/06/23

    +

    57

    ވިމެން އިން ޓެކް މޯލްޑިވްސް

    RGS/NGO/2019/27

    11/12/19

    30/06/23

    +

    58

    ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

    RGS/NGO/2017/46

    04/12/17

    30/11/20

    +

    59

    ޒުރާޝް ފައުންޑޭޝަން

    MIRA103/2017/18

    17/08/17

    30/06/23

    +

    60

    މިޝަން ފޮރ މައިގްރަންޓް ވާރކާރސް މޯލްޑިވްސް

    MIRA103/2020/16

    24/12/20

    30/06/22

    +

    61

    ވިމެން އެންޓަޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

    MIRA103/2021/09

    25/02/21

    30/06/22

    +

    62

    ހޭންޑްސްޓުގެދަރ

    MIRA103/2021/14

    23/05/21

    30/06/23

    +

    63

    ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަން

    MIRA103/2019/01

    06/01/19

    30/06/22

    +

    64

    ސޭވް އަވަރ ވޭވްސް

    MIRA103/2021/25

    21/11/21

    30/06/22

    +

    65

    ނަވާރަ ބައްތިރީސް

    MIRA103/2020/10

    08/09/20

    31/08/21

    +

    66

    އިލުމިނޭޓް ލާމު މޫވްމަންޓް

    MIRA103/2018/13

    14/11/18

    30/06/19

    +

    67

    ފެމިލީ ލީގަލް ކްލިނިކް

    MIRA103/2021/05

    08/02/21

    30/06/23

    +

    68

    ކުލަބު ދޮންފަން

    MIRA103/2020/07

    05/03/20

    30/06/23

    +

    69

    ކޮރަލްލައިވް މޯލޮްޑިވްސް

    MIRA103/2022/03

    26/01/22

    30/06/23

    +

    70

    ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް

    MIRA103/2021/31

    30/12/21

    30/06/22

    +

    71

    އިކޯ ޔޫތް

    MIRA103/2012/60

    16/12/12

    30/06/23

    +

    72

    ގާފަރު ޔޫތު ކްލަބް

    MIRA103/2022/02

    17/01/22

    30/06/23

    +

    73

    ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

    MIRA103/2020/09

    14/07/20

    31/08/21

    +

    74

    މައިސަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން

    MIRA103/2017/13

    29/05/17

    30/11/20

    +

    75

    ކަނޑޫ ސްޕޯޓްސް ކްލަބް

    MIRA103/2021/33

    16/12/21

    30/06/22

    +

    76

    އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯ އަސާސް ވިނަވި އެންޑް އިޔާރ

    MIRA103/2012/50

    08/10/12

    30/06/23

    +

    77

    ޖަމްޢިއްޔަތުއް ނިދާއުލް އިސްލާމް

    MIRA103/2015/11

    11/08/15

    31/08/21

    +

    78

    ޖަމްޢިއްޔަތުލް ޢުލަމާ

    RGS/NGO/2019/31

    31/12/19

    30/11/20

    +

    79

    ޓައިނީ ހަރޓްސް އޮފް މޯލްޑިވްސް

    MIRA103/2012/35

    09/05/12

    31/08/21

    +

    80

    އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމަންޓަލް އެވެއަރނަސް ސޮސައިޓީ

    MIRA103/2014/20

    25/01/15

    30/11/20

    +

    81

    ޕްރޮޖެކްޓް ހޯޕް

    MIRA103/2012/39

    09/05/12

    30/06/23

    +

    82

    ޖަރނީ

    MIRA103/2012/20

    05/04/12

    30/06/22

    +

    83

    ޖަމްއިއްޔަތުލް ސަލަފް

    MIRA103/2012/26

    26/03/12

    30/06/22

    +

    84

    މިޔުޒިކް ހައުސް

    MIRA103/2019/10

    09/07/19

    30/06/22

    +

    85

    ވޯޓަރ ކެއަރ

    RGS/NGO/2019/11

    10/07/19

    30/06/22

    +

    86

    ޓްރާންސްޕޭރަންސީ މޯލްޑިވްސް

    MIRA103/2012/55

    08/10/12

    30/06/23

    +

    87

    އޭޖްޑް ކެއަރ

    MIRA103/2012/13

    05/04/12

    30/06/23

    +

    88

    ސަން ސިޔާމް ކެއަރ

    MIRA103/2012/12

    07/05/12

    30/06/23

    +

    89

    އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން

    MIRA103/2012/04

    05/04/12

    30/11/20

    +

    90

    ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

    MIRA103/2020/14

    22/11/20

    31/08/21

    +

    91

    ހޯޕް ފޮރ ވިމެން

    MIRA103/2016/11

    28/03/16

    30/06/22

    +

    92

    މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

    MIRA103/2021/02

    20/01/21

    30/06/22

    +

    93

    ހީމޮފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް

    MIRA103/2019/17

    14/10/19

    30/11/20

    +

    94

    އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް

    RGS/NGO/2019/30

    31/12/19

    30/06/22

    +

    95

    މަހަލްދީބް ފައުންޑޭޝަން

    MIRA103/2014/15

    24/09/14

    30/06/22

    +

    96

    ޙިރާ ފައުންޑޭޝަން

    MIRA103/2021/22

    31/08/21

    30/06/23

    +

    97

    މޯލްޑިވިއަން ނެޓްވޯރކް ފޮރ އެމްޕަވަރިންގ ވުމެން

    MIRA103/2019/03

    14/02/19

    30/11/20

    +

    98

    އެހީ ޖަމިއްޔާ

    MIRA103/2020/03

    18/02/20

    31/08/21

    +

    99

    ކެންސަރ ސޮސައިޓީ

    MIRA103/2013/15

    14/05/13

    30/06/22

    +

    100

    ކޯސްޓްލައިން ފައުންޑޭޝަން

    MIRA103/2013/18

    20/06/13

    30/11/20

    +

    101

    ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމްޢިއްޔާ

    MIRA103/2021/01

    04/01/21

    30/06/22

    +

    102

    ސޭވް ދަ ބީޗް މޯލްޑިވްސް

    MIRA103/2019/18

    12/11/19

    30/06/22

    +

    103

    ފައުންޑޭޝަން ފޮރ އަ ބެޓަރ ފިއުޗަރ

    MIRA103/2016/02

    17/01/16

    30/06/23

    +

    104

    ވިމެން އޮން ބޯޑްސް

    MIRA103/2015/06

    05/05/15

    30/06/23

    +

    105

    ޖަމްޢިއްޔަތުއް ރަޙްމާ

    MIRA103/2022/01

    04/01/22

    30/06/23

    +

    106

    ކޮމިއުނިޓީ ޑިވެލޮޕްމަންޓް އިނީޝިއޭޓިވްސް

    MIRA103/2016/01

    03/01/16

    30/06/23

    +

    107

    ޕާލޭ މޯލްޑިވްސް

    MIRA103/2015/13

    26/11/15

    30/06/23

    +

    108

    މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)

    MIRA103/2020/13

    04/11/20

    30/06/23

    +

    109

    އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވް (އޭބީއޭ ރޯލީ މޯލްޑިވްސް)

    MIRA103/2021/23

    24/10/21

    30/06/23

    +

    110

    އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން - މޯލްޑިވްސް (އައި.ޕީ.އެން.އެލް.އެފް - މޯލްޑިވްސް)

    MIRA103/2021/03

    20/01/21

    23/06/22

    +

    111

    ކެއަރ ފޯ އަވަރ ޕީޕަލް އެންޑް އެންވާރުމަންޓް (ކޯޕް)

    MIRA103/2020/04

    18/02/20

    30/06/22

    +

    112

    ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި)

    MIRA103/2016/08

    22/03/16

    30/06/23

    +

    113

    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)

    RGS/NGO/2020/06

    25/02/20

    30/06/23

    +

    114

    އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރިނަރސް (އޭލް(

    MIRA103/2019/05

    04/03/19

    30/06/23

    +

    115

    ހުވަދޫ އެސޯސިއޭޝަން ފޮރ ޓޫރިޒަމް (ހެޓް)

    RGS/NGO/2021/17

    26/04/21

    30/06/22

    +

    116

    ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް އައްޑޫ (މޯލްޑިވްސް)

    MIRA103/2019/07

    29/04/19

    30/06/22

    +

    117

    އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް މޯލްޑިވްސް (އ.ރ.އ މޯލްޑިވްސް)

    MIRA103/2021/16

    30/05/21

    30/06/23

    +

    118

    މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)

    MIRA103/2021/15

    25/05/21

    30/06/23

    +

    119

    އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ)

    MIRA103/2021/10

    01/03/21

    30/06/22

    +

    120

    ވިމެން އޮފް ވިލް (ވާއު)

    MIRA103/2021/20

    22/08/21

    30/06/22

    +

    121

    ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

    MIRA103/2016/13

    17/05/16

    30/11/20

    +

    122

    ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީ.އާރް.ސީ(

    MIRA103/2018/08

    03/05/18

    30/06/22

    +

    123

    އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެންވަޔަރަންމަންޓް، ޑިވެލެޕްމަންޓް އެންޑް އޮޕަރޭޝަނަލް ރިސަރޗް (އެންޑެވަރ) - ދިވެހިރާއްޖެ

    MIRA103/2018/06

    07/06/18

    30/06/22

    +

    124

    ނަވަރަންނަ ފައުންޑޭޝަން (ނަވަރަންނަ)

    MIRA103/2019/20

    08/12/19

    30/11/20

    +

    125

    ޕީސް ފައުންޑޭޝަން (ޕީ.އެފް(

    MIRA103/2017/02

    15/02/17

    30/06/22

    +

    126

    ސޮސައިޓީ ފޮރ އެވެއަރނަސް، ފޮސްޓަރިންގ އެންޑް އެންލައިޓަންމަންޓް

    MIRA103/2020/12

    19/10/20

    30/06/23

    +

    127

    ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ

    MIRA103/2019/12

    04/08/19

    31/08/21

    +

    128

    އެލް.އެފް.ސީ ސަޕޯޓަރސް ކްލަބް އޮފް މޯލްޑިވްސް

    MIRA103/2019/02

    05/02/19

    30/06/22

    +

    129

    އެސް.އެމް.އީ އެންޑް އެންޓަރޕްރަނަރސް ފެޑެރޭޝަން އޮފް މޯލްޑިވްސް

    RGS/NGO/2019/06

    24/03/19

    30/06/22

    +

    130

    ވީ.އޭ.އެމް ފައުންޑޭޝަން

    MIRA103/2013/20

    03/09/13

    30/06/22

    +

    131

    އައި.ޔޫ.ސީ.އެން މޯލްޑިވްސް

    MIRA103/2021/02

    07/01/21

    30/06/23

    +



    ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތައް

    ތިރީގައި އެ ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް (ސީ.ޖީ) އަދި މީރާއިން ހުއްދަކުރާ ބޭންކުތަކާއި މާލީ އިދާރާތަކުގެ ލިސްޓެވެ. މި ލިސްޓުގައިވާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ދައްކާ އިންޓްރެސްޓްއަކަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި އިންޓްރެސްޓް އުނިކުރުމުގައި ކަނޑައަޅައިފައިވާ %6 ގެ ކެޕް ރައްދެއްނުވާނެއެވެ. އަދި ހަމަ އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންޓްރެސްޓް ދައްކަނީ މި ލިސްޓުގައިވާ ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް ކަމުގައިވާނަމަ އެ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާކަށްނުޖެހޭނެއެވެ.


    1. އެ ބޭންކެއް އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ލައިސަންސް ދޫކޮށްފައިވާ ބޭންކުތައް.

    2. އެ ވިޔަފާރި އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެ ވިޔަފާރިއެއް ރެގިއުލޭޓްކުރާ ބޮޑީއަކުން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ވިޔަފާރިތަކާއި ލީސިންގ ފައިނޭންސް ވިޔަފާރިތައް.

    3. - އެމް.އެމް.އޭ އިން ލައިސަންސް ދޫކޮށްފައިވާ ޑިވެލޮޕްމަންޓް ފައިނޭންސް ވިޔަފާރިތައް.

    4. އެމް.އެމް.އޭ އިން ލައިސަންސް ދޫކޮށްފައިވާ އިންޝުއަރެންސް ވިޔަފާރިތައް.

    5. އަންނަނިވި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެ އިދާރާތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް.

    ތާރީޚް ނަން
    01 ޖަނަވަރީ 2020 ވަރލްޑް ބޭންކް 1.
    01 ޖަނަވަރީ 2020 އައި.އެމް.އެފް (International Monetary Fund) 2.
    01 ޖަނަވަރީ 2020 އޭ.ޑީ.ބީ (Asian Development Bank) 3.
    01 ޖަނަވަރީ 2020 އައި.ޑީ.ބީ (Islamic Development Bank) 4.
    01 ޖަނަވަރީ 2020 އީ.އައި.ބީ (European Investment Bank) 5.
    01 ޖަނަވަރީ 2020 އީ.ބީ.އާރ.ޑީ (European Bank for Reconstruction and Development) 6.
    01 ޖަނަވަރީ 2020 އެން.އައި.ބީ (Nordic Investment Bank) 7.
    01 ޖަނަވަރީ 2020 އޯ.އެފް.އައި.ޑީ (OPEC Fund for International Development) 8.
    01 ޖަނަވަރީ 2020 ޑީ.އީ.ޖީ (Deutsche Investitions- und Entwicklungsgesellschaft) 9.
    01 ޖަނަވަރީ 2020 އޭ.އެފް.ޑީ (Groupe Agence Française de Développement) 10.
    01 ޖަނަވަރީ 2020 އޭ.އައި.އައި.ބީ (Asian Infrastructure Investment Bank) 11.

    ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓަށް އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއެއް އިތުރުކުރަން ތި ފަރާތުން ބޭނުންވާނަމަ، ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅާށެވެ.

    އިތުރު ތަފުސީލު ހޯދުމަށް ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 7 ވަނަ ބާބު ބަލާށެވެ.


    ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތައް

    ނަން
    1- އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް (IFRS) އަދި އިންޓަރނޭޝަނަލް އެކައުންޓިން ސްޓޭންޑަޑް (IAS)
    2- އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް (IFRS for SMEs)
    3- އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް ސްޓޭންޑަޑްސް (AAOIFI)

    މީރާއިން ހުއްދަ ދީފައިވާ އޮޑިޓަރުން

    މި އޮތޯރިޓީއަށް އިންކަމް ޓެކްސް ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން، އިންކަމް ޓެކްސް ނެގުމުގެ ގަވާއިދު ގެ 104 ވަނަ މާއްދާގެ ދަށުން، ހުށަހަޅާ އޮޑިޓް ރިޕޯޓްގައި ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ މުސްތަޤިއްލު އޮޑިޓަރަކު ސޮއިކުރަންވާނެއެވެ.

    ލިސްޓް ބެލުމަށް

    އިންޑަސްޓްރީ ކޯޑު

    1 ވަނަ ސަފުހާގައިވާ ވިޔަފާރި ޙަރަކާތުގެ އިންޑަސްޓްރީ ކޯޑުތައް

    • ދަނޑުވެރިކަން، ފޮރެސްޓްރީ އަދި މަސްވެރިކަން
    • A1 ދަނޑުގޮވާން ހެއްދުމާއި މިކަމާ ގުޅޭ ޚިދުމަތްތައް (ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިމެނޭ ގޮތުން)
    • A2 ފޮރެސްޓްރީ އަދި ލޮގިންގ
    • A3 ޕޯލްޓްރީ / ޖަނަވާރު އާލާކުރުމާއި ގެންގުޅުމާއި މިނޫންވެސް މިކަމާ ގުޅުންހުރި ކަންކަން
    • A4 މަސްވެރިކަން
    • A5 މަސްމަހާމެހި އާލާކުރުމާއި އޭގެ ވިޔަފާރި (އަކުއިކަލްޗަރ / މެރިކަލްޗަރ)
    • މައިނިންގ އަދި ކުއަރީންގ
    • B1 ވެލި ނެގުން
    • B2 ގުދުރަތީ ގޭސް، ޕެޓްރޯލް އަދި ކަޅު ތެޔޮ (ކޫރުޑް އޮއިލް) ނެގުން
    • B3 ދަގަނޑު މައުދަން ނެގުން
    • B4 އެހެނިހެން ބާވަތުގެ މައިނިންގ އަދި ކުއަރީންގގެ މަސައްކަތް
    • B5 މައިނިންގއާއި ގުޅުންހުރި ސަޕޯޓިންގ ޚިދުމަތް ދިނުން
    • އުފެއްދުންތެރި މަސައްކަތް
    • C1 މަހުގެ ބާވަތްތަތައް އުފެއްދުން
    • C2 ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުން
    • C3 ކާބޯތަކެތީގެ ބާވަތްތައް އުފެއްދުން
    • C4 ބޯ ތަކެތި (ބެވެރަޖެސް) އުފެއްދުން
    • C5 ފޮތި ފޭރާން އުފެއްދުން
    • C6 ދުންފަތުގެ ބާވަތްތައް އުފެއްދުން
    • C7 އަންނައުނު އުފެއްދުން
    • C8 ލެދަރ އަދި އެފަދަ ތަކެތި އުފެއްދުން
    • C9 ފަރުނީޗަރު ނޫން، ލަކުޑި އަދި ލަކުޑިއާއި ފުޅިމަދު ބޭނުންކޮށްގެން މުދާ އުފެއްދުން
    • C10 ކަރުދާސް އަދި ކަރުދާހުގެ ބާވަތްތައް އުފެއްދުން
    • C11 ދެލި (ކޯކު) އަދި ތެޔޮ (ޕެޓްރޯލިއަމް) އުފެއްދުން
    • C12 ކެމިކަލް ނުވަތަ ކެމިކަލްގެ ބާވަތްތައް އުފެއްދުން
    • C13 ޕްރިންޓްކުރުމުގެ ޚިދުމަތާއި ރިކޯޑުކޮށްފައިވާ މީޑިއާގެ ޚިދުމަތް ދިނުން
    • C14 އާދައިގެ ބޭސް އުފައްދާ ނުވަތަ އެފަދަ ބޭސް ތައްޔާރުކޮށް އުފެއްދުން
    • C15 ރަބަރާއި ޕްލާސްޓިކްގެ ބާވަތްތައް އުފެއްދުން
    • C16 މައުދަން ނޫން އެހެނިހެން މިނަރަލްސް އުފެއްދުން
    • C17 އާދައިގެ މައުދަން އުފެއްދުން
    • C18 މެޝިނަރީ އަދި އިކުއިޕްމަންޓް ފިޔަވައި މައުދަނުން ތަކެތި އުފެއްދުން
    • C19 ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އަދި އޮޕްޓިކަލް އެއްޗެހި އުފެއްދުން
    • C20 ކަރަންޓު އިކުއިޕްމަންޓް އުފެއްދުން
    • C21 މެޝިނަރީ އަދި އިކުއިޕްމަންޓް ނޮޓް އެލްސްވެއަރ ކްލާސިފައިޑް
    • C22 އެއްގަމު އުޅަނދު، ޓްރެއިލަރސް އަދި ސެމީ ޓްރެއިލާރސް
    • C23 ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެހެނިހެން އިކުއިޕްމަންޓް އުފެއްދުން
    • C24 ފަރުނީޗަރު އުފެއްދުން
    • C25 އަތްތެރި މަސައްކަތް އަދި ސުވެނިއަރ އުފެއްދުން
    • C26 މެޝިނަރީ އަދި އިކުއިޕްމެންޓް މަރާމާތުކޮށް ހަރުކޮށްދިނުމުގެ (އިންސްޓޯލްކޮށްދިނުމުގެ) ޚިދުމަތް ދިނުން
    • C27 އެހެނިހެން އުފެއްދުންތެރިކަމުގެ މަސައްކަތް
    • ކަރަންޓު، ގޭސް، ސްޓީމް އަދި އެއަރ ކޮންޑިޝަންގެ ޚިދުމަތްތައް
    • D1 ކަރަންޓު، ގޭސް، ސްޓީމް އަދި އެއަރ ކޮންޑިޝަންގެ ޚިދުމަތް
    • ވޯޓަރ ސަޕްލައި، ނަރުދަމާގެ ޚިދުމަތް، ވޭސްޓް މެނޭޖްމަންޓް، ރިމީޑިއޭޝަން މަސައްކަތް
    • E1 ފެން ނެގުމާއި، ޑީސެލިނޭޓްކުރުމާއި، ސާފުކުރުމާއި ސަޕްލައިކުރުން
    • E2 ނަރުދަމާ އެޅުން
    • E3 ކުނި ނެގުމާއި ކުނި ނައްތާލުމުގެ ހަރަކާތްތައް، މެޓީރިއަލް އަނބުރާ ނެގުން
    • E4 ރިމީޑިއޭޝަން ޚިދުމަތްތަކާއި އަދި މިނޫންވެސް ކުނި މެނޭޖުކުރުމާ ގުޅޭ ޚިދުމަތްތައް
    • ކޮންސްޓްރަކްޝަން
    • F1 ބިލްޑިންގތައް އިމާރާތްކުރުން
    • F2 ސިވިލް އިންޖީނިއަރިންގ
    • F3 އިމާރާތްކުރުމުގެ ހާއްސަ ހަރަކާތްތައް
    • ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި؛ އެއްގަމު އުޅަނދު މަރާމާތުކުރުން
    • G1 ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި؛ އެއްގަމު އުޅަނދު މަރާމާތުކުރުން
    • G2 އެއްގަމު އުޅަނދުގެ ވިޔަފާރި ނުހިމެނޭނެ ގޮތުން ހޯލްސޭލް ވިޔަފާރި
    • G3 އެއްގަމު އުޅަނދުގެ ވިޔަފާރި ނުހިމެނޭނެ ގޮތިމް ރީޓެއިލް ވިޔަފާރި
    • G4 ކާބޯތަކެއްޗާއި އެފަދަ ތަކެތީގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި
    • G5 އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ސާމާނުގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި
    • G6 އަންނައުނާއި ފައިވާނުގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި
    • G7 އިމާރާތްކުރުމަށް ބޭނުންކުރާ މެޓީރިއަލްގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި
    • G8 ސުވެނިއަރ އަދި އެފަދަ ތަކެތީގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި
    • ދަތުރުފަތުރުކުރުމާއި ސްޓޯރޭޖުގެ ޚިދުމަތް
    • H1އެއްގަމު ދަތުރުފަތުރު އަދި (ޕައިޕްލައިން) މެދުވެރިކޮށްކުރާ ދަތުރުފަތުރުގެ ޚިދުމަތް
    • H2 ކަނޑު ދަތުރުފަތުރުގެ ޚިދުމަތް
    • H3 ވައިގެ ދަތުރުފަތުރުގެ ޚިދުމަތް
    • H4 ވެއަރހައުސިންގގެ ޚިދުމަތާއި ދަތުރުފަތުރާއި ގުޅޭ އެހެނިހެން ޚިދުމަތްތައް
    • H5 ޕޯސްޓް އަދި ކޫރިއަރގެ ޚިދުމަތް
    • އެކޮމޮޑޭޝަނާއި ކާބޯތަކެތީގެ ޚިދުމަތް
    • I1 ގެސްޓް ހައުސް (ހަމައެކަނި ދިވެހިންނަށް)
    • I2 ކާބޯތަކެތީގެ ޚިދުމަތް
    • I3 އެހެނިހެން އެކޮމޮޑޭޝަންގެ ޚިދުމަތްތައް
    • މަޢުލޫމާތު ފެތުރުމާއި މުވާސަލާތު
    • J1 ޕަބްލިޝްކުރުމުގެ ޚިދުމަތްތައް
    • J2 ފިލްމު އުފެއްދުމާއި، ވީޑިއޯ އަދި ޓެލެވިޜަން ޕްރޮގްރާމްތައް އުފެއްދުމާއި އަޑު ރިކޯޑުކުރުމާއި ލަވަ ޕަބްލިޝްކުރުމުގެ ޚިދުމަތްތައް
    • J3 ޕްރޮގްރާމްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް
    • J4 މުވާސަލާތުގެ ޚިދުމަތް
    • J5 ކޮމްޕިއުޓަރު ޕްރޮގްރާމްކުރުމާއި ކޮންސަލްޓެންސީގެ ޚިދުމަތާއި އެކަމާ ގުޅޭ އެހެނިހެން ޚިދުމަތްތައް
    • J6 މައުލޫމާތު ދިނުމާއި ގުޅޭ އެހެނިހެން ޚިދުމަތްތައް
    • މާލީ އަދި އިންޝުއަރެންސްގެ ޚިދުމަތް
    • K1 އިންޝުއަރެންސް އަދި ޕެންޝަން ފަންޑު ނުހިމެނޭ ގޮތުން ބޭންކިންގއާއި މާލީ ޚިދުމަތްތައް
    • K2 ކޮންޕަލްސަރީ ސޯޝިއަލް ސެކިއުރިޓީ ނުހިމެނޭ ގޮތުން އިންޝުއަރެންސްއާއި ރީއިންޝުއަރެންސްގެ ޚިދުމަތްތައް އަދި ޕެންސަން ފަންޑްގެ ޚިދުމަތް
    • K3 މާލީ ޚިދުމަތާއި އިންޝުއަރެންސްއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް
    • ރިއަލް އެސްޓޭޓް ވިޔަފާރި
    • L1 ރިއަލް އެސްޓޭޓް ވިޔަފާރި
    • ޕްރޮފެޝަނަލް، ސައިންޓިފިކް، އަދި ޓެކްނިކަލް މަސައްކަތް
    • M1 ޤާނޫނީ އަދި އެކައުންޓިންގ ޚިދުމަތްތައް
    • M2 ހެޑް އޮފީސްގެ ޚިދުމަތް؛ މެނޭޖްމެންޓް އަދި ކޮންސަލްޓެންސީ ޚިދުމަތް
    • M3 އާކިޓެކްޗަރ އަދި އިންޖިނިއެރިންގ ޚިދުމަތްތައް؛ ޓެކްނިކަލް ޓެސްޓުތަކާއި އެނަލިސިސް ހެދުމުގެ މަސައްކަތްތައް
    • M4 ސައިންޓިފިކް ރިސަރޗް އަދި ޑިވެލޮޕްމެންޓްގެ މަސައްކަތް
    • M5 އިޝްތިހާރުކުރުމާއި މާކެޓުކުރުމުގެ ޚިދުމަތް
    • M6 އެހެނިހެން ޕްރޮފެޝަނަލް، ސައިންޓިފިކް އަދި ޓެކްނިކަލް ޚިދުމަތް
    • M7 ވެޓެރިނަރީ ޚިދުމަތްތައް
    • އިދާރީ ހިންގުމާއި އެހެނިހެން އެފަދަ ޚިދުމަތްތައް
    • N1 ކުއްޔަށް ދޫކުރުމާއި ލީޒިންގގެ ޚިދުމަތްތައް
    • N2 ވަޒީފާ ދިނުމާއި ގުޅޭ ހަރަކާތްތައް؛ ވަޒީފާއަށް މީހުން ހޯދައިދޭ (ރެކުރޫޓްމެންޓްގެ) ޚިދުމަތް
    • N3 ރިޒަވޭޝަން ޚިދުމަތާއި އެއާ ގުޅުންހުރި ޚިދުމަތްތައް
    • N4 ސެކިއުރިޓީ އަދި އިންވެސްޓިގޭޝަންގެ ޚިދުމަތްތައް
    • N5 އިމާރަތްތަކާއި ލޭންޑްސްކޭޕްތަކަށް ޚިދުމަތް ދިނުމުގެ މަސައްކަތްތައް
    • N6 އޮފީހުގެ އިދާރީ ކަންކަން ހިންގުމާއި، އޮފީސް އަދި ވިޔަފާރި ހިންގުމަށް އެހީވެދޭ ޚިދުމަތްތައް
    • ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޑިފެންސް؛ ކޮމްޕަލްސަރީ ސޯޝަލް ސެކިއުރިޓީޒް
    • O1 ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޑިފެންސް؛ ކޮމްޕަލްސަރީ ސޯޝަލް ސެކިއުރިޓީޒް
    • ތަޢުލީމު ދިނުން
    • P1 ޔުނިވަރސިޓީ، ކޮލެޖު
    • P2 ޕަބްލިކް އަދި ޕްރައިވެޓް ސުކޫލުތައް
    • P3 ޕްރީ-ޕްރައިމަރީ އަދި ޕްރައިމަރީ އެޑިއުކޭޝަން
    • P4 ޘާނަވީ ތަޢުލީމު
    • P5 މަތީ ޘާނަވީ ތަޢުލީމު
    • P6 ކޮމްޕިއުޓަރުގެ ތަމްރީނު ދޭ މުއައްސަސާތައް
    • P7 އާންމު ޓިއުޝަން ކިލާސްތައް
    • P8 ޓިއުޝަންގެ ޚިދުމަތް
    • P9 ޤުރުޢާން ކިލާސްތައް
    • P10 ވޮކޭޝަނަލް އަދި ޓެކްނިކަލް ތަޢުލީމު ދޭ އިންސްޓިޓިއުޝަންތައް
    • P11 ކުޅިވަރާއި ރިކްރިއޭޝަނަލްގެ ތަޢުލީމު
    • P12 އެހެނިހެން ތަޢުލީމު
    • P13 ތަޢުލީމު ސަޕޯޓު ހަރަކާތްތައް
    • ޞިއްޙީ އަދި އިޖުތިމާއީ މަސައްކަތްތައް
    • Q1 ހޮސްޕިޓަލްތަކާއި އެހެނިހެން ޞިއްޙީ ޚިދުމަތް ފޯރުވައިދޭ ތަންތަން
    • Q2 ރެސިޑެންޝިއަލް ކެއަރ ޚިދުމަތްތައް
    • Q3 އެކޮމޮޑޭޝަން ނުހިމެނޭ ގޮތުން ފޯރުވައިދޭ އިޖުތިމާއީ ޚިދުމަތްތަކާއި ހަރަކާތްތައް
    • އާޓްސް، މުނިފޫހިފިލުވުން އަދި ރިކްރިއޭޝަން
    • R1 އުފެއްދުންތެރިކަމާއި، އާޓްސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް
    • R2 ލައިބްރަރީތަކާއި، އަރުޝީފުކުރެވިފައިވާ ލިޔުންތަކާއި، ދާރުލް އާސާރު އަދި އެހެނިހެން ސަގާފީ ހަރަކާތްތައް
    • R3 ކުޅިވަރު ހަރަކާތްތަކާއި އެމިއުޒްމެންޓް އަދި ރިކްރިއޭޝަން ހަރަކާތްތައް
    • ޚިދުމަތް ދިނުމުގެ އެހެނިހެން ޙަރަކާތްތައް
    • S1މެމްބަރޝިޕް އޮގަނައިޒޭޝަންތަކުން ހިންގާ ހަރަކާތްތައް
    • S2 ކޮމްޕިއުޓަރާއި ހިފައި ގެންގުޅޭ ސާމާނު މަރާމާތު ކުރުމުގެ ޚިދުމަތްތައް
    • S3 އެހެނިހެން އަމިއްލަ ޚިދުމަތް ދޭ ހަރަކާތްތައް
    • އަމިއްލަ ބޭނުމަށް ތަކެތި އުފެއްދުމާއި ޚިދުމަތް ދިނުން
    • T1 އަމިއްލަ ބޭނުމަށް ތަކެތި އުފެއްދުމާއި ޚިދުމަތް ދިނުން
    • ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ހިންގާ ހަރަކާތްތައް
    • U1 ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ހިންގާ ހަރަކާތްތައް
    • ޓޫރިޒަމް ދާއިރާ
    • V1 ޓޫރިސްޓް ރިޒޯޓު
    • V2 ޓޫރިސްޓު ހޮޓާ
    • V3 ޓޫރިސްޓް ގެސްޓް ހައުސް
    • V4 ޓޫރިސްޓް އުޅަނދު
    • V5 ޕިކްނިކް އައިލެންޑް
    • V6 ޔޮޓް މެރީނާ
    • V7 އަށް ހުރި ތަންތަނުންކުރެ ތަނެއްގައި ގާއިމުކޮށްފައިވާ ޑައިވިންގ ސްކޫލް V6އިން V1
    • V8 އަށް ހުރި ތަންތަނުންކުރެ ތަނެއްގައި ގާއިމުކޮށްފައިވާ ފިހާރަ V6އިން V1
    • V9 އަށް ހުރި ތަންތަނުންކުރެ ތަނެއްގައި ގާއިމުކޮށްފައިވާ ސްޕާ V6އިން V1
    • V10 އަށް ހުރި ތަންތަނުންކުރެ ތަނެއްގައި ގާއިމުކޮށްފައިވާ ވޯޓަރ ސްޕޯޓްސް ފެސިލިޓީ V6އިން V1
    • V11 އަށް ހުރި ތަންތަނުންކުރެ ތަނެއްގައި ގާއިމުކޮށްފައިވާ އެހެނިހެން ތަންތަން (ސްޓާފުންނަށް ހާއްސަ ފިހާރަ ނުހިމެނޭގޮތުން) V6އިން V1
    • V12 ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ފަރާތްތައް
    • V13 ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރުގެ އޭޖެންޓުން
    • V14 ދިވެހިރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުވައިދޭ ފަރާތްތައް