ވިޜަން
ދައުލަތަށް ނަގާ އާމްދަނީ ވީހާވެސް ފުރިހަމަގޮތެއްގައި، ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ބަލައިގަތުމުގައި ޙަރަކާތްތެރިވާ، އަދި ޓެކްސް ދައްކާ ފަރާތްތަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ފާހަގަކުރެވުން.
މިޝަން
ޓެކުހުގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިޚްތިޔާރުގައި ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމަށް ހިތްވަރުދޭ އަދި ޓެކްސް ދައްކާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުވައިދޭ، އަދި މި ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރާ، ޤާބިލް މުއައްސަސާއެއް ޤާއިމުކުރުން.
ލޯގޯ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ލޯގޯ އިން ރަމްޒުކޮށްދެނީ، ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލައަށް ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމަށް ހިތްވަރު ދިނުމާއެކު، ފުރިހަމަކަމާ ހަމަހަމަކަމާއެކު ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރުމަށް މި އޮތޯރިޓީން ކުރާ މަސައްކަތެވެ.
5 ލާރީގެ ބައްޓަމުން ނަގާފައިވާ ލޯގޯއިން ރަމްޒުކޮށްދެނީ ދައުލަތަށް ލިބޭ އާމްދަނީއެވެ. ލޯގޯގެ އެތެރޭގައިވާ ދޯނިން ރަމްޒުކޮށްދެނީ އިހު ޒަމާނުގައި ވާރު ނެގުމަށް ބޭނުންކުރެވެމުން އައި ޘަގާފީ ވާރު އޮޑި އެވެ. ލޯގޯގައިވާ އަށް ކަނުން ދައްކައިދެނީ ޤައުމުގެ ހުރިހާ ހިސާބަކަށް ވެސް މީރާގެ ޚިދުމަތްތައް ފޯރުވައިދޭނެކަމެވެ. އަދި މި ބައްޓަމުން ދައުލަތުގެ އެންމެހައި ކަންކަން އޭގެ މައްޗަށް ބިނާވާ އިސްލާމީވަންތަކަން ސިފަކޮށްދެއެވެ.
ވާރު ދޯނީގެ ސިފައިގެ ތެރެއިން ފެންނަ ސަންގުގެ ބައްޓަމުން ރަމްޒުކޮށްދެނީ ޓެކުހުގެ ޤާނޫނުތަކަށް އަމިއްލައަށް ތަބާވުމަށް ގޮވާލާ ގޮވާލުމެވެ. ސަންގަކީ ރާއްޖޭގެ ރަށްރަށުގައި އެ ރަށްރަށުގައި ކުރެވޭ މުހިއްމު ބޮޑެތި ކަންކަމަށް ރައްޔިތުންނަށް ގޮވައިލުމަށް ބޭނުންކުރެވެމުން އައި ވަސީލަތެކެވެ.
އަދި ލޯގޯގައި ބޭނުންކޮށްފައިވާ ކުލައިން ދައްކައިދެނީ މީރާއިން ޚިދުމަތްތައް ފޯރުވައިދިނުމުގައްޔާއި މީރާގެ މަޤްޞަދުތައް ޙާޞިލްކުރުމުގައި ޔަގީންކަމާއި އިތުބާރު އަދި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުން ގެންދާ ގެންދިއުމެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ހަމަތައް
ހަމަހަމަކަން
ހަމަހަމަކަމާއެކު، ދެ މީހެއްގެ ދެމެދުގައި ތަފާތު ކުރުމެއްނެތި ޓެކުހުގެ ގާނޫނުތައް ތަންފީޒުކުރުން
ޕްރޮފެޝަނަލިޒަމް
ޚިދުމަތް ފޯރުވައިދިނުމުގައި ބޭނުންވާ އިލްމާއި ހިލްމު ބޭނުންކޮށް އެކަމުގައި ނަމޫނާ ބަޔަކަށްވުން
ނަޒާހަތްތެރިކަން
ކޮންމެ ހާލަތެއްގައިވެސް، އަޚްލާޤީ އަދި ސުލޫކީ މިންގަޑުތައް ހިފެހެއްޓުން
ވަކި ފަރާތަކަށް ނުޖެހުން
ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް ވަކި ފަރާތަކަށް ނުޖެހި އަދާކުރުން
ޓްރާންސްޕޭރެންސީ
ޓެކްސް ދައްކާ ފަރާތްތަކަށް ހުޅުވައިލެވިފައިވާ، ދެ ފުށް ފެންނަ މުއައްސަސާއަކަށް ވުން
ހަމަހަމަކަން: ހަމަހަމަކަމާއެކު، ދެ މީހެއްގެ ދެމެދުގައި ތަފާތު ކުރުމެއްނެތި ޓެކުހުގެ ގާނޫނުތައް ތަންފީޒުކުރުން
ޕްރޮފެޝަނަލިޒަމް: ޚިދުމަތް ފޯރުވައިދިނުމުގައި ބޭނުންވާ އިލްމާއި ހިލްމު ބޭނުންކޮށް އެކަމުގައި ނަމޫނާ ބަޔަކަށްވުން
ނަޒާހަތްތެރިކަން: ކޮންމެ ހާލަތެއްގައިވެސް، އަޚްލާޤީ އަދި ސުލޫކީ މިންގަޑުތައް ހިފެހެއްޓުން
ވަކި ފަރާތަކަށް ނުޖެހުން: ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް ވަކި ފަރާތަކަށް ނުޖެހި އަދާކުރުން
ޓްރާންސްޕޭރެންސީ: ޓެކްސް ދައްކާ ފަރާތްތަކަށް ހުޅުވައިލެވިފައިވާ، ދެ ފުށް ފެންނަ މުއައްސަސާއަކަށް ވުން