ޓޫރިޒަމް ލޭންޑް ރެންޓް
ރެވެނިއު ކޯޑު: 125003
އާންމު މަޢުލޫމާތު
ޓޫރިޒަމް ލޭންޑް ރެންޓް ދައްކަނީ ޤާނޫނު ނަންބަރު 20/2010 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުންނެވެ. ރިޒޯޓުތަކުގެ ކުލި ބިނާވެފައި ވަނީ އެ ރަށެއްގެ ނުވަތަ ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ލޭންޑް އޭރިއާއަށް ބަލާފަ އެވެ.
ރަޖިސްޓްރޭޝަން
މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއެކު އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު ޓޫރިސްޓް ޙިދުމަތްދޭ ތަންތަނުގެ ތެރެއިން ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ހުރިހާ ތަނެއް މީރާގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.
ސުންގަޑިތައް
ކޮންމެ ކުއަރޓަރެއްގެ ކުލި، އެ ކުއަރޓަރެއް ފެށުމުގެ ކުރިން ދައްކަންޖެހޭނެ އެވެ. ކުއަރޓަރުތައް ހަމަޖެހިފައިވާ ގޮތަކީ ޖެނުއަރީ އިން މާރޗް އަށް، އެޕްރީލް އިން ޖޫން އަށް، ޖުލައި އިން ސެޕްޓެމްބަރ އަށް އަދި އޮކްޓޯބަރ އިން ޑިސެމްބަރ އަށް، މި ހަތަރު ކުއަރޓަރެވެ.
ޖޫރިމަނާ އަދި އަދަބުތައް
ކުއަރޓަރެއް ފެށުމުގެ ކުރިން ފައިސާ ނުދައްކައިފިނަމަ، ފައިސާ ނުދައްކައި ހިނގާ ކޮންމެ ދުވަހަކަށް، ދައްކަންޖެހޭ ފައިސާގެ %0.5 އިން ޖޫރިމަނާ ކުރެވޭނެ އެވެ. ޓޫރިޒަމް ލޭންޑް ރެންޓާ ގުޅޭ ޖޫރިމަނާތަކުގެ ރެވެނިއު ކޯޑަކީ 126001 (ޤާނޫނާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާ) އެވެ.
ގުޅުންހުރި އެހެނިހެން ޤާނޫނާ ގަވާއިދުތައް
ބޭންކް ޕްރޮފިޓް ޓެކްސް
ރެވެނިއު ކޯޑު: 113005
އާންމު މަޢުލޫމާތު
ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ފައިދާ އިން ޓެކްސް ނަގަނީ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުންނެވެ.
ރަޖިސްޓްރޭޝަން
ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކުތަކަށް ދިނުމާއެކު، ބޭންކް ޕްރޮފިޓް ޓެކުހުގެ ބޭނުމަށް އެ ބޭންކުތައް މީރާގައި ރަޖިސްޓަރީކުރެވޭނެ އެވެ.
ރިޕޯޓްކުރުން
ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރި ބޭންކުތަކުންވެސް، ހިސާބުކުރާ އަހަރު ނިމުމުން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، އެ ބޭންކެއްގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އެއާ އެކުގައިވާ ލިޔެކިޔުންތަކުގެ ކޮޕީ މީރާ އަށް ހުށައަޅަންވާނެ އެވެ.
ފައިސާ ދެއްކުން
ހިސާބުކުރާ އަހަރު ނިމިގެން އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުރިހާ ބޭންކަކުންވެސް އެ ބޭންކަކުން ދައްކަންޖެހޭ ޕްރޮވިޝަނަލް ޓެކްސް ދައްކަންވާނެ އެވެ. ހުރިހާ ވިޔަފާރި ބޭންކަކުންވެސް ޓެކްސް ބިނާކުރެވޭ ފައިދާގެ %25 ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނެ އެވެ. މީރާ އިން އެސެސްކުރުމަށްފަހު، އެ ބޭންކުން އިތުރަށް ޓެކްސް ދައްކަންޖެހޭނަމަ އެ ކަން އެ ބޭންކަކަށް އަންގާނެ އެވެ. މި ގޮތުން އިތުރަށް ޢަދަދެއް ދައްކަން އަންގައިފިނަމަ އެ އެންގުން އަންގާތާ 30 ދުވަހުގެ ތެރޭގައި އެ ޢަދަދެއް ދައްކަންވާނެ އެވެ. މީރާ އިން އެސެސްކުރުމަށްފަހު އެއްވެސް ބޭންކަކަށް ރީފަންޑެއް ދޭންޖެހޭ ކަމަށް ފެނިއްޖެނަމަ، ކުރިޔަށް އޮތް އަހަރުތަކުގައި އެ ބޭންކަކުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދުން އެ ޢަދަދު އުނިކުރެވޭނެ އެވެ.
ސުންގަޑިތައް
އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އެއާ އެކުގައިވާ އެހެނިހެން ލިޔެކިޔުންތައް، ޖެހިގެން އަންނަ އަހަރުގެ 30 ވަނަ ދުވަހުގެ ކުރިން މީރާ އަށް ހުށައަޅަންވާނެ އެވެ. އަދި ޖެހިގެން އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ފަރާތެއްގެ ޕްރޮވިޝަނަލް ޓެކްސް ދައްކަންވާނެ އެވެ.
ޖޫރިމަނާ އަދި އަދަބުތައް
ކަނޑައަޅާފައިވާ ތާރީޙުގައި އެއްވެސް ޓެކުހެއް (ޕްރޮވިޝަނަލް ޓެކްސް ވެސް ހިމެނޭ ގޮތުން) ނުދައްކައިފިނަމަ، ދައްކަންޖެހިފައިވާ ޢަދަދުގެ %2 (ދޭއް އިންސައްތަ) ގެ އިންޓްރެސްޓެއް ކޮންމެ މަހަކު ދައްކަންޖެހޭނެ އެވެ. މި ގޮތުން ކުރެވޭ ޖޫރިމަނާގެ އެންމެ އިތުރު ޢަދަދަކީ ދައްކަންޖެހިފައިވާ ޢަދަދުގެ %50 (ފަންސާސް އިންސައްތަ) އެވެ.
ބޭންކް ޕްރޮފިޓް ޓެކުހާ ގުޅޭ ޖޫރިމަނާތަކުގެ ރެވެނިއު ކޯޑަކީ 126001 (ޤާނޫނާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާ) އެވެ.
ގުޅުންހުރި އެހެނިހެން ޤާނޫނާ ގަވާއިދުތައް
ޑިއުޓީ ފްރީ ރޯޔަލްޓީ
ރެވެނިއު ކޯޑު: 118001
އާންމު މަޢުލޫމާތު
ޑިއުޓީ ފްރީ ރޯޔަލްޓީ ނަގަނީ ޤާނޫނު ނަންބަރު 81/9 (ދިވެހިރާއްޖޭގެ ޑިއުޓީ ފްރީ އޭރިއާތަކާބެހޭ ޤާނޫނު) ގެ ދަށުން ނެގޭ ރޯޔަލްޓީއެކެވެ. ދިވެހިރާއްޖޭ ގައި ހިންގާ ހުރިހާ ޑިއުޓީ ފްރީ ފިހާރައަކުން ކޮންމެ މަހަކު ވެސް އެ މަހެއްގެ އާމްދަނީ އަށް ބިނާކޮށް ރޯޔަލްޓީ ދައްކަން ޖެހޭނެ އެވެ. ރޯޔަލްޓީ ދައްކަންޖެހޭ ރޭޓުތައް، ދިވެހިރާއްޖޭގައި ހިންގާ ޑިއުޓީ ފްރީ ވިޔަފާރިތަކާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާނެ އެވެ.
ރަޖިސްޓްރޭޝަން
ދިވެހިރާއްޖޭގައި ޑިއުޓީ ފްރީ ވިޔަފާރި ހިންގަން ބޭނުންވާ ހުރިހާ ފަރާތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށް، ކޮންމެ ޑިއުޓީ ފްރީ ފިހާރައަކަށް ލައިސަންސެއް ހޯދަން ޖެހޭނެ އެވެ. މިނިސްޓްރީ ގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ކޮންމެ ޑިއުޓީ ފްރީ ފިހާރައެއް، ރޯޔަލްޓީގެ ބޭނުމަށް މީރާ ގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.
ރިޕޯޓުކުރުން
ހުރިހާ ޑިއުޓީ ފްރީ ފިހާރައަކުން ވެސް މީރާ އިން ކަޑައަޅާ ފޯމެޓަކަށް، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެ އެވެ:
1- މަންތުލީ ސޭސްލް ރިޕޯޓް – ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން
2- މަންތުލީ ރޯޔަލްޓީ ސްޓޭޓްމަންޓް – ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން
3- ކުއާޓަރލީ އިންވެންޓްރީ ސްޓޭޓްމަންޓް - ކުއާޓަރ ނިމިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން
4- އޮޑިޓްކޮށްފައިވާ އެނުއަލް ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓުގެ ކޮޕީ - ކޮންމެ މީލާދީ އަހަރެއް ނިމިގެން 90 ދުވަހުގެ ތެރޭގައި
ސުންގަޑި
ކޮންމެ މަހެއްގެ ފައިސާ ދައްކަންޖެހެނީ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
ޖޫރިމަނާ އަދި އަދަބުތައް
ފައިސާ ނުދައްކާ ނުވަތަ ލަހުން ފައިސާ ދައްކާ ފަރާތްތަކަށް ވަކި ޖޫރިމަނާއެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް، ޑިއުޓީ ފްރީ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް 1000 ރުފިޔާ އާއި 100،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ.
ގުޅުންހުރި އެހެނިހެން ޤާނޫނާ ގަވާއިދުތައް
ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީ
ރެވެނިއު ކޯޑު: 118002
އާންމު މަޢުލޫމާތު
ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީ ނެގެނީ ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުންނެވެ. ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ހުރިހާ ވިޔަފާރިތަކަކުން، އެފަރާތާއި މިނިސްޓްރީ އަދި އިންވެސްޓްކުރާ ފަރާތާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ މާއްދާތަކަށް ބިނާކޮށް އަހަރީ ރޯޔަލްޓީއެއް ދައްކަންޖެހެއެވެ.
ރަޖިސްޓްރޭޝަން
ދިވެހިރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެއްވުމާއެކު، ހުއްދަދެވޭ ހުރިހާ ފޮރިން އިންވެސްޓްމަންޓްތައް މީރާގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
ރިޕޯޓުކުރުން
ފޮރިން އިންވެސްޓްމަންޓްތަކުން ރިޕޯޓުކުރަން ލާޒިމުކުރާ ވަކި ޚާއްސަ ރިޕޯޓުކުރުމުގެ ނިޒާމެއް ނުވަތަ އޮނިގަނޑެއްނުވެއެވެ.
ސުންގަޑިތައް
ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީ ދެއްކުމުގެ ސުންގަޑި އެއްބަސްވުމުގައި ކަނޑައެޅިފައިވާނެއެވެ.
ޖޫރިމަނާ އަދި އަދަބުތައް
ރޯޔަލްޓީ ދައްކަންޖެހި ނުދެއްކުމާއި ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ރޯޔަލްޓީ ދެއްކުމުން ކުރެވޭ ޖޫރިމަނާއާއި އަދަބުތައް ބިނާވެގެންވަނީ އެއްބަސްވުމުގެ މާއްދާތަކަށެވެ. ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީއާ ގުޅޭ ޖޫރިމަނާއެކެވެ. ރެވެނިއު ކޯޑަކީ 126003 އެވެ. (ޖޫރިމަނާ – އެއްބަސްވުމާއި ޚިލާފުވުން)
ގުޅުންހުރި އެހެނިހެން ޤާނޫނާ ގަވާއިދުތައް
ތެޔޮ ރީއެކްސްޕޯޓްކުރުމުގެ ރޯޔަލްޓީ
ރެވެނިއު ކޯޑު: 118007
އާންމު މަޢުލޫމާތު
ތެޔޮ ރީއެކްސްޕޯޓްކުރުމަށް ރޯޔަލްޓީ ނެގެނީ ޤާނޫނު ނަންބަރު 31/79 (އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ ދަށުންނެވެ.
ރަޖިސްޓްރޭޝަން
ތެޔޮ ރީއެސްޕޯޓްކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދެއްވުމާއެކު، ހުއްދަދެވޭ ހުރިހާ ފަރާތްތައް މީރާގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
ރިޕޯޓުކުރުން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ތެޔޮ ރީއެކްސްޕޯޓްކުރަން ހުއްދަދެވޭ ފަރާތާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ސުންގަޑީގެ ނިޔަލަށް އެފަރާތުން މީރާއަށް ކޮންމެ މަހަކު ރޯޔަލްޓީ ސްޓޭޓްމަންޓެއް ހުށަހަޅަންވާނެއެވެ.
ސުންގަޑިތައް
ތެޔޮ ރީއެކްސްޕޯޓްކުރުމުގެ ރޯޔަލްޓީ ދެއްކުމުގެ ސުންގަޑި މަތީގައި ބަޔާންކުރެވިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާނެއެވެ.
ޖޫރިމަނާ އަދި އަދަބުތައް
ދައްކަންޖެހިފައިވާ ރޯޔަލްޓީ ސުންގަޑީގެ ނިޔަލަށް ދައްކާފައިނުވާނަމަ ނުވަތަ ބޭންކް ގެރެންޓީއެއް ހުށަހަޅާފައިނުވާނަމަ، ދައްކަންޖެހިފައިވާ އަދަދުގެ %0.5 ގެ ޖޫރިމަނާއާއެކު އެފައިސާ ދައްކައި ޚަލާސްކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެވޭނެއެވެ. 10 ދުވަހުގެ މުއްދަތު ހަމަވާއިރުވެސް ދައްކަންޖެހިފައިވާ ރޯޔަލްޓީއާޢި ޖޫރިމަނާ ނުދައްކާވާނަމަ، އެއްބަސްވުމުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.
ގުޅުންހުރި އެހެނިހެން ޤާނޫނާ ގަވާއިދުތައް
ރީ-އެކްސްޕޯޓްކުރުމުގެ ރޯޔަލްޓީ
ރެވެނިއު ކޯޑު: 118008
އާންމު މަޢުލޫމާތު
ރީއެކްސްޕޯޓްކުރުމަށް ރޯޔަލްޓީ ނެގެނީ ޤާނޫނު ނަންބަރު 31/79 (އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ ދަށުންނެވެ. ރޯޔަލްޓީ ބިނާކުރެވެނީ އެކްސްޕޯޓްކުރެވޭ މުދަލުގެ އެފް.އޯ.ބީ އަގުންނެވެ.
ރަޖިސްޓްރޭޝަން
ރީއެސްޕޯޓްކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދެއްވުމާއެކު، ހުއްދަދެވޭ ހުރިހާ ފަރާތްތައް މީރާގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
ރިޕޯޓުކުރުން
ކޮންމެ މަހަކު ރޯޔަލްޓީ ސްޓޭޓްމަންޓް ހުށަހަޅުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ ފޯމެޓުގައި މީރާއަށް ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންވާނެއެވެ. މި ސްޓޭޓްމަންޓް ހުށަހަޅަންވާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޤަބޫލުކޮށްފައިވާ އިންވޮއިސްތަކާއެކުގައެވެ. އަދި މި އިންވޮއިސްތައް ހުންނަންވާނީ ނަންބަރު ތަރުތީބުންނެވެ.
ސުންގަޑިތައް
ކޮންމެ މަހަކު ދައްކަންޖެހޭ ރޯޔަލްޓީ ފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންވާނެއެވެ. ރީއެކްސްޕޯޓްކުރުމުގެ ހުއްދަދެވިފައިވާ ފަރާތުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދެއްކޭނަމަ، ދައްކަންޖެހި ނުދައްކާވާ ރީއެކްސްޕޯޓް ރޯޔަލްޓީއާ ގުޅޭ ހުރިހާ ޖޫރިމަނާއެއް ސަރުކާރަށް ދައްކާނެކަމުގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
ޖޫރިމަނާ އަދި އަދަބުތައް
ދައްކަންޖެހިފައިވާ ރޯޔަލްޓީ ސުންގަޑީގެ ނިޔަލަށް ދައްކާފައިނުވާނަމަ ނުވަތަ ބޭންކް ގެރެންޓީއެއް ހުށަހަޅާފައިނުވާނަމަ، ދައްކަންޖެހިފައިވާ އަދަދުގެ %0.5 ގެ ޖޫރިމަނާއާއެކު އެފައިސާ ދައްކައި ޚަލާސްކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެވޭނެއެވެ. 10 ދުވަހުގެ މުއްދަތު ހަމަވާއިރުވެސް ދައްކަންޖެހިފައިވާ ރޯޔަލްޓީއާޢި ޖޫރިމަނާ ނުދައްކާވާނަމަ، އެއްބަސްވުމުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.
ގުޅުންހުރި އެހެނިހެން ޤާނޫނާ ގަވާއިދުތައް
ކުންފުނި އަހަރީ ފީ
ރެވެނިއު ކޯޑު: 121001
އާންމު މަޢުލޫމާތު
ކުންފުނި އަހަރީ ފީ އަކީ ގާނޫނު ނަންބަރ 10/96(ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ޕްރައިވެޓް ކުންފުނިތަކުންނާއި ޕަބްލިކް ކުންފުނި ތަކުން އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފީ އެކެވެ.
ފައިސާ ދެއްކުން
ކުންފުނި އަލަށް ރަޖިސްޓަރީ ކުރާ އަހަރުގެ އަހަރީ ފީ ދައްކާނީ ކުންފުނި ރަޖިސްޓަރީ ކުރާއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށެވެ. އެއަށްފަހު ފީ ދައްކާނީ މީރާއަށެވެ.
އަހަރީ ފީ ގެ ގޮތުގައި ދައްކަންޖެހޭނީ ޕްރައިވެޓް ކުންފުންޏެއް ނަމަ -/2،000ރ.، ޕަބްލިކް ކުންފުންޏެއްނަމަ -/10،000ރ އެވެ.
ފައިސާ ދެއްކުމުގެ ސުންގަޑި
ކޮންމެ އަހަރެއްގެ އަހަރީފީވެސް އެ އަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން ދައްކަން ޖެހޭނެއެވެ.
ފައިސާ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު
ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ނުވަތަ ކުންފުނީގެ ނަން، ރަޖިސްޓްރޭޝަން ނަމްބަރ ނުވަތަ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަމްބަރ (TIN) ބޭނުންވާނެއެވެ.
ޖޫރިމަނާ އަދި އަދަބުތައް
މާރޗް މަސް ހުސްވުމުން އޭޕްރިލް މަސްތެރޭގައި ފައިސާ ބަލައިގަނެވޭނީ -/1000ރ ގެ ޖޫރިމަނާއަކާ އެކުގައެވެ. އޭޕްރިލް މަސް ހުސްވުމުން މެއި މަސްތެރޭގައި އަދި އޭގެ ފަހުން ފައިސާ ބަލައިގަނެވޭނީ -/2500ރ ގެ ޖޫރިމަނާއަކާ އެކުއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ފީ
ރެވެނިއު ކޯޑު: 123014
އާންމު މަޢުލޫމާތު
އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެތީގެ ފީ އަކީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް ދައްކަންޖެހޭ ފީ އެކެވެ. މި ފީ އަކީ އެ އުޅަނދެއްގެ އިންޖީނު ކެޕޭސިޓީ ނުވަތަ ޓަނޭޖްއަށް ބިނާކޮށް ނެގޭ އަހަރީ ފީ އެކެވެ.
ފީގެ އަދަދު ކަނޑައެޅިފައިވާ އުސޫލް
މޮޓޯ ސައިކަލް، ސްކޫޓަރ |
50 ސިސީ އަށް ވުރެ ދަށް |
-/180 ރުފިޔާ |
މޮޓޯ ސައިކަލް، ސްކޫޓަރ |
50 ސީސީ ހަމަވެފައި 100 ސީސީ ހަމަނުވާ އުޅަނދު |
-/360 ރުފިޔާ |
މޮޓޯ ސައިކަލް، ސްކޫޓަރ |
100 ސީސީ ހަމަވެފައި 150 ސީސީ ހަމަނުވާ އުޅަނދު |
-/648 ރުފިޔާ |
މޮޓޯ ސައިކަލް، ސްކޫޓަރ |
150 ސީސީ ހަމަވެފައި 200 ސީސީ ހަމަނުވާ އުޅަނދު |
-/1152 ރުފިޔާ |
މޮޓޯ ސައިކަލް، ސްކޫޓަރ |
200 ސީސީ ހަމަވެފައި 400 ސީސީ ހަމަނުވާ އުޅަނދު |
-/3240 ރުފިޔާ |
މޮޓޯ ސައިކަލް، ސްކޫޓަރ |
400 ސީސީ އަށް ވުރެ މަތި |
-/4320 ރުފިޔާ |
ކާރު، ވޭން، ޖީޕް (އެހެނިހެން) |
1000 ސީސީ އަށް ވުރެ ދަށް |
-/2160 ރުފިޔާ |
ކާރު، ވޭން، ޖީޕް (އެހެނިހެން) |
1000 ސީސީ ހަމަވެފައި 1500 ސީސީ ހަމަނުވާ އުޅަނދު |
-/2808 ރުފިޔާ |
ކާރު، ވޭން، ޖީޕް (އެހެނިހެން) |
1500 ސީސީ ހަމަވެފައި 2000 ސީސީ ހަމަނުވާ އުޅަނދު |
-/3672 ރުފިޔާ |
ކާރު، ވޭން، ޖީޕް (އެހެނިހެން) |
2000 ސީސީ އަށް ވުރެ މަތި |
-/5670 ރުފިޔާ |
ލޮރީ، ޓްރެކްޓަރ، ޕިކަޕް، ފޯކްލިފްޓް، ކްރޭން (އެހެނިހެން) |
2 ޓަން ހަމަނުވާ އުޅަނދު |
-/1800 ރުފިޔާ |
ލޮރީ، ޓްރެކްޓަރ، ޕިކަޕް، ފޯކްލިފްޓް، ކްރޭން (އެހެނިހެން) |
2 ޓަން ހަމަވެފައި 5 ޓަން ހަމަނުވާ އުޅަނދު |
-/5000 ރުފިޔާ |
ލޮރީ، ޓްރެކްޓަރ، ޕިކަޕް، ފޯކްލިފްޓް، ކްރޭން (އެހެނިހެން) |
5 ޓަނަށްވުރެ މަތި |
-/7500 ރުފިޔާ |
ޖޫރިމަނާ އަދި އަދަބު
އަހަރީ ފީ ދައްކަންޖެހޭ އެއްގަމު އުޅަނދަކަށް އަހަރީ ފީ ދައްކަން ޖެހޭނީ އެ އުޅަނދެއް ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިންނެވެ. ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ފަހުން ފީ ނުދައްކާތާ 6 (ހައެއް) މަސް ދުވަސް ފާއިތުވެއްޖެނަމަ 750/- ރުފިޔާއިން ޖޫރިމަނާ ވާނެއެވެ. އެއްގަމުގައި ދުއްވާ އުޅަނދެއްގެ އަހަރީ ފީ ބަލައިގަނެވޭނީ އެ އުޅަނދަކާއި އުޅަނދުގެ ވެރިފަރާތް، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ ދަށުން، ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއްވާނަމަ އެ ފައިސާ ދައްކާ ހަލާސްކުރުމުންނެވެ.
ފައިސާ ދެއްކުން
އުޅަނދެއް އަލަށް ރަޖިސްޓަރީ ކުރާ އިރު ރަޖިސްޓަރީ ކުރާ މަސް ނިމުގެ ކުރިން ފީ ދައްކަން ޖެހޭނެއެވެ. މި ގޮތަށް ފީ ބަލައިގަނެވޭނީ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ މަހުން ފެށިގެން ކުރިއަށް 1 އަހަރަށްވާ ފައިސާ، އެއްފަހަރާއެވެ. އުޅަނދު ރަޖިސްޓަރީ ކުރެވިފައިވަނީ މަހުގެ ކޮންމެ ތާރީޚެއްގައި ކަމުގައިވިޔަސް ފައިސާ ދައްކަންޖެހެނީ އެމަސް ހިމަނައިގެންނެވެ. އެއް އަހަރަށްވުރެ ގިނައިންވެސް ފީ ދެއްކިދާނެއެވެ. މީރާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްގެ އިދާރާތަކަށް ފީ ދެއްކޭނެއެވެ.
ފައިސާ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު
އެންމެފަހުން ފައިސާ ދެއްކި ރަސީދު ނުވަތަ ރަޖިސްޓަރީ ނުވަތަ ވެރިފަރާތުގެ ނަމާއި އުޅަނދުގެ ރަޖިސްޓަރީ ނަމްބަރު ނުވަތަ ޓެކްސް އައިޑެންޓިފިކޭޝަން ނަމްބަރު (TIN)ބޭނުންވާނެއެވެ.
އަހަރީ ފީ ސްޓިކަރ
އެއްގަމުގައި ދުއްވާ އުޅަނދުތަކަށް އަހަރީ ފީ ދެއްކުމުން އަހަރީ ފީ ސްޓިކަރ އެއް ދޫކުރެވޭނެއެވެ. މިސްޓިކަރގައި ދެން ފައިސާ ދައްކަންޖެހޭ އެންމެ ފަހު މުއްދަތު އެނގެން އޮންނާނެއެވެ.
އަހަރީ ފީ ސްޓިކަރ ގެއްލިއްޖެ ނަމަ އުޅަނދުގެ ރަޖިސްޓަރީ ގެނައުމުން -/20 ރުފިޔާގެ ޖޫރިމާނާ އަކާއި އެކު އައު ސްޓިކަރއެއް ދޫކުރެވޭނެއެވެ.
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ
އާންމު މަޢުލޫމާތު
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ އަކީ ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2016/R-6) ގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކަށް ދައްކަންޖެހޭ ފީ އެކެވެ. އަހަރީގެ ފީ ގެ އަދަދު ކަނޑައަޅަނީ އެ އުޅަނދެއްގެ ދިގުމިނަށާއި އުޅަނދުގެ ބާވަތަށް ބަލައިގެންނެވެ.
އުޅަނދުފަހަރުގެ ބާވަތްތައް
1 ޖަނަވަރީ 2016 އިން ފެށިގެން ކަނޑުގައި ދުއްވާ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ބަހާލެވޭ ބައިތަކަށްވަނީ ގަވާއިދު ނަންބަރު: 2016/R-6 (ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީކުރުމުގެ ގަވާއިދު) ގެ ދަށުން ތިރީގައިވާ ގޮތަށް ބަދަލުގެނެވިފައެވެ.
ކޯޑު 1 : |
މަސްވެރިކަންކުރާ އުޅަނދުފަހަރު |
ކޯޑު 2 : |
ޕަސިންޖަރުން އުފުލާ އުޅަނދުފަހަރު |
ކޯޑު 3 : |
މުދާ އުފުލާ އުޅަނދުފަހަރު |
ކޯޑު 4 : |
ޕަސިންޖަރުންނާއި މުދާ އުފުލާ އުޅަނދުފަހަރު |
ކޯޑު 5 : |
މޫދު ކުޅިވަރުގައި ބޭނުންކުރާ އުޅަނދުފަހަރު |
ކޯޑު 6 : |
އަމިއްލަ އުފަލަށް ބޭނުންކުރާ އުޅަނދުފަހަރު |
ކޯޑު 7 : |
އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރު |
ކޯޑު 8 : |
ތެޔޮ އުފުލާ އުޅަނދުފަހަރު |
ކޯޑު 9 : |
ހައުސް ބޯޓު، ފްލޯޓިންގ ރެސްޓޯރަންޓް (1 ން ފެށިގެން 50 ކޮޓަރިއާ ހަމައަށް ކޮޓަރި ހުންނަ ފްލޯޓިންގ އުޅަނދުފަހަރު ބަލާނީ ފްލޯޓިންގ ރެސްޓޯރަންޓުގެ ގޮތުގައި) |
ކޯޑު 10 : |
ސަފާރީކަންކުރުމަށް ބޭނުންކުރާ އުޅަނދުފަހަރު |
ކޯޑު 11 : |
ޓަގު ބޯޓުފަހަރު |
ކޯޑު 12 : |
ލަގްޒަރީ އުޅަނދުފަހަރު |
ކޯޑު 13 : |
ބެއާބޯޓު |
ކޯޑު 14 : |
ސަބްމެރީން |
ކޯޑު 15 : |
ފްލޯޓިންގ ހޮޓެލްސް (51 ކޮޓަރިއަށްވުރެ ގިނަ އުޅަނދުފަހަރު ބަލާނީ ފްލޯޓިންގ ހޮޓެލްގެ ގޮތުގައި) |
ކޯޑު 16 : |
ކޮޅުވެއްޓި |
ކޯޑު 17 : |
ޕޮންޓޫން (ބާޖު) |
ފީގެ އަދަދު ކަނޑައެޅިފައިވާ އުސޫލް
ތިރީގައިމިވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުތަކުގެ ބައިތަކާއި ކަނޑައަޅައިފައިވާ އަހަރީ ފީއެވެ.
ކޯޑު 1، 2، 3، 4 އަދި 5 –
އުޅަނދުފަހަރުގެ ދިގުމިން |
ފީ |
3 މީޓަރު ހަމަ ނުވާ އުޅަނދު |
-/500 ރުފިޔާ |
3 މީޓަރު ހަމަވެފައި 6 މީޓަރު ހަމަނުވާ އުޅަނދު |
-/1000 ރުފިޔާ |
6 މީޓަރު ހަމަވެފައި 9 މީޓަރު ހަމަނުވާ އުޅަނދު |
-/1500 ރުފިޔާ |
9 މީޓަރު ހަމަވެފައި 12 މީޓަރު ހަމަނުވާ އުޅަނދު |
-/3000 ރުފިޔާ |
12 މީޓަރު ހަމަވެފައި 15 މީޓަރު ހަމަނުވާ އުޅަނދު |
-/3500 ރުފިޔާ |
15 މީޓަރު ހަމަވެފައި 20 މީޓަރު ހަމަނުވާ އުޅަނދު |
-/4500 ރުފިޔާ |
20 މީޓަރު ހަމަވެފައި 30 މީޓަރު ހަމަނުވާ އުޅަނދު |
-/7000 ރުފިޔާ |
30 މީޓަރު ހަމަވެފައި 40 މީޓަރު ހަމަނުވާ އުޅަނދު |
-/10000 ރުފިޔާ |
40 މީޓަރު ހަމަވާ އުޅަނދު |
-/10000 ރުފިޔާ |
40 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް |
-/100 ރުފިޔާ |
ކޯޑު 6، 7 އަދި 17 –
އުޅަނދުފަހަރުގެ ދިގުމިން |
ފީ |
12 މީޓަރު ހަމަނުވާ އުޅަނދު |
-/6500 ރުފިޔާ |
12 މީޓަރު ހަމަވާ އުޅަނދު |
-/6500 ރުފިޔާ |
12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް |
-/150 ރުފިޔާ |
ކޯޑު 8 އަދި 16 –
އުޅަނދުފަހަރުގެ ދިގުމިން |
ފީ |
12 މީޓަރު ހަމަނުވާ އުޅަނދު |
-/10000 ރުފިޔާ |
12 މީޓަރު ހަމަވާ އުޅަނދު |
-/10000 ރުފިޔާ |
12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް |
-/200 ރުފިޔާ |
ކޯޑު 9 –
އުޅަނދުފަހަރުގެ ދިގުމިން |
ފީ |
12 މީޓަރު ހަމަނުވާ އުޅަނދު |
-/15000 ރުފިޔާ |
12 މީޓަރު ހަމަވާ އުޅަނދު |
-/15000 ރުފިޔާ |
12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް |
-/200 ރުފިޔާ |
ކޯޑު 10، 11 އަދި 14 –
އުޅަނދުފަހަރުގެ ދިގުމިން |
ފީ |
12 މީޓަރު ހަމަނުވާ އުޅަނދު |
-/15000 ރުފިޔާ |
12 މީޓަރު ހަމަވާ އުޅަނދު |
-/15000 ރުފިޔާ |
12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް |
-/250 ރުފިޔާ |
ކޯޑު 12 –
އުޅަނދުފަހަރުގެ ދިގުމިން |
ފީ |
24 މީޓަރު ހަމަނުވާ އުޅަނދު |
-/3500 އެމެރިކާ ޑޮލަރު |
24 މީޓަރު ހަމަވާ އުޅަނދު |
-/5000 އެމެރިކާ ޑޮލަރު |
24 މީޓަރަށްވުރެ އިތުރުވާ އުޅަނދު |
-/5000 އެމެރިކާ ޑޮލަރު |
ފައިސާ ދެއްކުން
ކަނޑުގައި ދުއްވާ އުޅަނދުތަކަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ އުސޫލަކީ އެ އުޅަނދެއް ރަޖިސްޓަރީކޮށްފައިވާ މަހުން ފެށިގެން ކުރިއަށް އެއް އަހަރަށެވެ. މީރާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްގެ އިދާރާތަކަށް ފީ ދެއްކޭނެއެވެ.
ފައިސާ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު
އުޅަނދުގެ ރަޖިސްޓަރީ ނުވަތަ ވެރިފަރާތުގެ ނަމާއި އުޅަނދުގެ ރަޖިސްޓަރީ ނަމްބަރު ނުވަތަ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަމްބަރު (TIN) އެވެ. ފައިސާ ދައްކާއިރު މިރާ 404 ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ.
ޖޫރިމަނާ އަދި އަދަބު
ކޮންމެ އުޅަނދަކަށް ވެސް ފީ ދައްކަން ޖެހެނީ އެ އުޅަނދެއް ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިންނެވެ. ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިން ފީ ނުދައްކާ 6 މަސް ދުވަސް ފާއިތުވެއްޖެނަމަ 1,500/- ރުފިޔާއިން ޖޫރިމަނާ ވާނެއެވެ. މިފަދަ އުޅަނދަކާ ގުޅޭ އެއްވެސް ޚިދުމަތެއް ދޭންޖެހޭނީ ޖޫރިމަނާއާއި އުޅަނދަށް ދައްކަންޖެހޭ އަހަރީ ފީ ތައް ދެއްކުމަށްފަހުއެވެ.
ފަޅު ރަށްރަށުގެ ވަރުވާ
ރެވެނިއު ކޯޑު: 125001
އާންމު މަޢުލޫމާތު
ފަޅުރަށްރަށުގެ ވަރުވާއަކީ ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު) ގެ ދަށުން، އެރަށްތައް ލިޔެދެއްވާފައިވާ ފަރާތްތަކުން އަހަރަކު އެއްފަހަރު ސަރުކާރަށް ދައްކަންޖެހޭ ކުއްޔެކެވެ. ފަޅުރަށްތައް ލިޔެދެއްވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންނެވެ.
ފައިސާ ދެއްކުން
ވަރުވާގެ ގޮތުގައި ދައްކަންޖެހެނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވަރުވާ ގެ ގޮތުގައި ކަނޑައަޅުއްވާ ޢަދަދެކެވެ. މީރާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްގެ އިދާރާތަކަށް ވަރުވާ ދެއްކޭނެއެވެ.
ފައިސާ ދެއްކުމުގެ ސުންގަޑި
ފަޅުރަށްރަށުގެ ވަރުވާ ދައްކަންޖެހެނީ ކުރިއަށް އޮތް އަހަރުގެ ވަރުވާ، އެހިނގާ އަހަރު ހުސްވުމުގެ ކުރިންނެވެ. ކުރިއަށް ފަސް އަހަރަށް ވަރުވާ ދެއްކިދާނެއެވެ.
ފައިސާ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު
އެންމެފަހުން ފައިސާ ދެއްކި ރަސީދު ނުވަތަ ނުވަތަ ރަށުގެ ނަމާއި ވެރިފަރާތުގެ ފުރިހަމަ މައުލޫމާތު ނުވަތަ ޓެކްސް ޕޭޔަރ އައިޑެންޓިފިކޭޝަން ނަމްބަރ (TIN) ބޭނުންވާނެއެވެ.
ޖޫރިމަނާ އަދި އަދަބުތައް
ކޮންމެ އުޅަނދަކަށް ވެސް ފީ ދައްކަން ޖެހެނީ އެ އުޅަނދެއް ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިންނެވެ. ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިން ފީ ނުދައްކާ 6 މަސް ދުވަސް ފާއިތުވެއްޖެނަމަ 1,500/-ރުފިޔާއިން ޖޫރިމަނާ ވާނެއެވެ. މިފަދަ އުޅަނދަކާ ގުޅޭ އެއްވެސް ޚިދުމަތެއް ދޭންޖެހޭނީ ޖޫރިމަނާއާއި އުޅަނދަށް ދައްކަންޖެހޭ އަހަރީ ފީ ތައް ދެއްކުމަށްފަހުއެވެ..