އާންމު ޚިޔާލު

ޓެކްސްއާ ބެހޭ ގަވާއިދުތަކާއި ރޫލިންގތައް ޝާޢިއުކުރުމުގެ ކުރިން، އަޅުގަނޑުމެން އެ ލިޔެކިޔުންތައް ވަރަށް ފުޅާ ދާއިރާއެއްގައި އާންމު ޚިޔާލަށް ހުޅުވާލަމެވެ. އަޅުގަނޑުމެން އާންމު ޚިޔާލަށް ހުޅުވާލާ ލިޔެކިޔުންތަކަށް ފަންނީގޮތުން އަދި ވިޔަފާރީގެ ދާއިރާއިންވެސް ޚިޔާލު ފާޅުކުރެވިދާނެއެވެ.

އަޅުގަނޑުމެން އެކުލަވާލާ ޑްރާފްޓްތަކަކީ ފަންނީގޮތުން ޞައްޙަ އަދި ޓެކްސޭޝަންގެ ޤާނޫނީ އޮނިގަނޑު ފުރިހަމައަށް ރަމްޒުކޮށްދޭ ލިޔެކިޔުންތަކެއްތޯ އަދި އެ ޑްރާފްޓްތަކުގައިވާ މާއްދާތަކަކީ ޢަމަލީގޮތުން ތަންފީޒުކުރެވޭނެ ފަދަ އުސޫލަކުން އެކުލަވާލެވިފައިވާ މާއްދާތަކެއްތޯ އާންމު ޚިޔާލަށް ހުޅުވާލެވިފައިވާ ޑްރާފްޓްތައް ޚިޔާލަށް ހުޅުވާލެވިފައިވާ ސުންގަޑިއާ ޖެހެންދެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި އެއަށްފަހު، އަރުޝީފުކުރެވޭނެއެވެ. އައު ޑްރާފްޓްތައް އެކުލަވާލެވުމުން ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޑްރާފްޓް

އަރުޝީފުކުރެވިފައިވާ ލިޔެކިޔުންތައް

-ޓެކްސް އޭޖެންޓުންގެ ގަވާއިދަށް ގެންނަ 2 ވަނަ އިޞްލާޙުގެ ޑްރާފްޓްގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 28 ފެބުރުވަރީ 2022 އިން 10 މާރިޗު 2022 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

-އިންކަމް ޓެކްސް ގަވާއިދަށް ގެންނަ 4 ވަނަ އިޞްލާޙުގެ ޑްރާފްޓްގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 20 ޖަނަވަރީ 2022 އިން 3 ފެބުރުވަރީ 2022 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

-ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދަށް ގެންނަ 1 ވަނަ އިޞްލާޙުގެ ޑްރާފްޓްގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 29 އޮގަސްޓު 2021 އިން 9 ސެޕްޓެންބަރު 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

-އިންކަމް ޓެކްސް ގަވާއިދަށް ގެންނަ 3 ވަނަ އިޞްލާޙުގެ ޑްރާފްޓްގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 2ސެޕްޓެންބަރު 2021 އިން 16 ސެޕްޓެންބަރު 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ޓެޓްރާންސްފަރ ޕްރައިސިންގ: ޑޮކިއުމެންޓޭޝަން ގައިޑްލައިންސް (ޑްރާފްޓް)

- ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް ގެންނަ 4 ވަނަ އިޞްލާޙުގެ ޑްރާފްޓްގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 01 މާރިޗު 2021 އިން 10 މާރިޗު 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "އިންކަމް ޓެކްސް ގަވާއިދަށް ދެވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 1 ފެބުރުވަރީ 2021 އިން 14 ފެބުރުވަރީ 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ".

- ޑްރާފްޓް ފޯމު MIRA 604 - އިންކަމް ޓެކްސް ބަޔާނުގެ ފުރަތަމަ ދެލިކޮޕީ އާންމު ޚިޔާލަށް 19 ނޮވެންބަރު 2020 އިން 30 ނޮވެންބަރު 2020 ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް ގެންނަ އިޞްލާޙުގެ ޑްރާފްޓްގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 2 ނޮވެންބަރު 2020 އިން 9 ނޮވެންބަރު 2020 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ޑްރާފްޓް ފޯމު MIRA 603 - އިންޓެރިމް ބަޔާނުގެ ފުރަތަމަ ދެލިކޮޕީ އާންމު ޚިޔާލަށް 28 ޖޫން 2020 އިން 01 ޖުލައި 2020 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- އިންކަމް ޓެކްސް ގައިޑް: އެމްޕްލޯއީ އޮރ އިންޑިޕެންޑެންޓް ކޮންޓްރެކްޓަރ؟ (ޑްރާފްޓް) ގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 25 އެޕްރީލް 2020 އިން 11 މޭ 2020 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ނޮންރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް ގައިޑުގެ ދެލިކޮޕީ އާންމުންގެ ކޮމެންޓަށާއި މުރާޖަޢާކުރުމަށް 1 އެޕްރީލް 2020 އިން 16 އެޕްރީލް 2020 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ޑްރާފްޓް ފޯމު MIRA 602 - ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް ރިޓަރންގެ ފުރަތަމަ ދެލިކޮޕީ އާންމު ޚިޔާލަށް 25 ޑިސެންބަރު 2019 އިން 31 ޑިސެންބަރު 2019 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދު" ގެ ފުރަތަމަ ދެލިކޮޕީ އާންމު ޚިޔާލަށް 19 ޑިސެންބަރު 2019 އިން 24 ޑިސެންބަރު 2019 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "އިންކަމް ޓެކްސް ގަވާއިދު" ގެ ފުރަތަމަ ދެލިކޮޕީ އާންމު ޚިޔާލަށް 19 ޑިސެންބަރު 2019 އިން 24 ޑިސެންބަރު 2019 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ރެމިޓަންސް ޓެކްސް" ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 8 ސެޕްޓެމްބަރު 2016 އިން 19 ސެޕްޓެމްބަރު 2016 ނިޔަލަށް ހުޅުވާލެވިފައިވެއެވެ"

- "މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ބިނާކޮށްފައިވާ ނުއުފުލޭ މުދާ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 21 މެއި 2012 އިން 28 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ"

- "ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތަކާއި ބީޕީޓީ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 10 މެއި 2012 އިން 19 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތަކާއި ޖީއެސްޓީ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 10 މެއި 2012 އިން 19 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ވިތްހޯލްޑިންގ ޓެކްސް އާއި ދާއިމީ މަރުކަޒުގެ އާމްދަނީ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 2 މެއި 2012 އިން 16 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ބީޕީޓީ ބަޔާނުގެ (MIRA 304) ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 6 މާރޗް 2012 އިން 17 މާރޗް 2012ގެ ނިޔަލަށް ހުޅުވިފައިވެއެވެ.

- "ރީއިމްބަރސްމަންޓް އަދި ޑިސްބަރސްމަންޓްތަކުން ޖީ.އެސް.ޓީ ނެގުން" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 9 ފެބްރުއަރީ 2012 އިން 23 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "މީރާއިން ޤަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތައް" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 2 ފެބްރުއަރީ 2012 އިން 16 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 އަދި 47 ވަނަ މާއްދާ އިޞްލާޙުކުރުން" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 2 ފެބްރުއަރީ 2012 އިން 16 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ޓެކްސް ރޫލިންގ (T-GST 3)ގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 29 މާރޗް 2011 އިން 16 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ވިޔަފާރީގެ ފައިދާއިން ޓެކްސްނެގުމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ޢާންމުންގެ ޚިޔާލަށް 6 ޖޫން 2011 އިން 30 ޖޫން 2011 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ޢާންމުންގެ ޚިޔާލަށް 24 ސެޕްޓެމްބަރު 2011 އިން 30 ސެޕްޓެމްބަރު 2011 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "1 ޖެނުއަރީ 2012 ގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ރޭޓް ބަދަލުވުން" އާއި ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް 30 ނޮވެމްބަރު 2011 އިން 10 ޑިސެމްބަރު 2011ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

-"ޑައިރެކްޓްލީ އެޓްރިބިއުޓަބްލް ޚަރަދުތައް" އާއި ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް 30 ނޮވެމްބަރު 2011 އިން ޑިސެމްބަރު 2011ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.