"ރެމިޓެންސް ޓެކްސް" އަކީ ކޮބާ؟

ރެމިޓެންސް ޓެކުހަކީ "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން %3 ގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، 25 އޮގަސްޓު 2016 ގައި ރައީސުލްޖުމުހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، 1 އޮކްޓޫބަރު 2016 އިން ފެށިގެން މި ޓެކްސް ނަގަން ފެށުނެވެ. ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ދޫކުރާ ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި އެ ފަދަ ވީޒާއެއް ލިބިފައި ނެތްކަމުގައިވިއަސް ނުވަތަ އެ ފަދަ ވީޒާގެ މުއްދަތު ހަމަވެފައިވީކަމުގައިވިއަސް ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީން މި ޓެކުހުގެ ބޭނުމަށް "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" ކަމުގައި ބެލެވޭނެއެވެ.

ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ވަގުތު، ރެމިޓެންސް ޓެކްސް ބިދޭސީން އަތުން ނެގުމަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެކެވެ. ބޭންކުތަކާއި ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތްތަކުން، ކޮންމެ މަހެއްގެ ވެސް ރެމިޓެންސް ޓެކްސް ބަޔާން ވިދިގެން އަންނަ މަހުގެ 15 ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ ތާރީޚުގެ ނިޔަލަށް މީރާއަށް ދައްކަންވާނެއެވެ.

ރެމިޓެންސް ޓެކްސް ޖޫރިމަނާ ހިސާބުކުރުން

ޓެކްސަނެގޭ މުއްދަތު
ފެށޭ ތާރީހް
ނިމޭ ތާރީހް
މުއްދަތު ހަމަވާ ދުވަސް
ގްރީން ޓެކްސް އަދަދު
 
ބަޔާން ހުށަހަޅަންޖެހޭ ތާރީހް
ފައިސާ ދައްކާ ދުވަސް
ބަޔާން ހުށަނާޅާ ފާއިތުވި ދުވަސް
ފައިސާ ނުދައްކަވާ ފާއިތުވި ދުވަސް
ލަހުން ބަޔާން ހުށަހެޅުމުން ކުރުމުން ޖޫރިމަނާ (TAA 65(b)1)
ލަހުން ފައިލް ކުރުމުން ޖޫރިމަނާ (TAA 65(b)2)
ލަހުން ފައިސާ ދެއްކުމުން އަރާ ޖޫރިމަނާ (TAA 66 (b))
ޖުމްލަ ޖޫރިމަނާ

ޓެކްސްގެ އަދަދު
ޖޫރިމަނާގެ އަދަދު
ޖުމްލަ އަދަދު

އާންމު ސުވާލު

1 - "ރެމިޓެންސް ޓެކްސް" އަކީ ކޮބާ؟

ރެމިޓެންސް ޓެކުހަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކުހެއް. މި ޓެކްސް ނެގެނީ، 25 އޮގަސްޓު 2016 ގައި ރައީސުލްޖުމުހޫރިއްޔާ ތަޞްދީޤުކުރެއްވި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން.

2 - ރެމިޓެންސް ޓެކްސް ނެގޭ ރޭޓަކީ ކޮބާ؟ އަދި އެ ޓެކްސް ހިސާބުކުރެވެނީ ކިހިނެއް؟

ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގެނީ ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދުގެ %3. މިސާލަކަށް، ބޭންކު ޗާރޖްތައް ކެނޑުމަށްފަހު، ދިވެހިރާއްޖެއިން ބޭރަށް ފޮނުވަނީ 500 އެމެރިކާ ޑޮލަރުކަމުގައި ވާނަމަ ރެމިޓެންސް ޓެކްސްގެ ގޮތުގައި 15 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ.

3 - ރެމިޓެންސް ޓެކްސް ނަގަން ފެށުނީ ކޮންއިރަކު؟

ރެމިޓެންސް ޓެކްސް ނަގަން ފެށުނީ 1 އޮކްޓޫބަރު 2016 ގައި.

4 - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަކީ ކާކުގެ ޒިންމާއެއް؟

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެއް.

5 - "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" އަކީ ކޮބާ؟

ރެމިޓެންސް ޓެކުހުގެ ބޭނުމަށް "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" އަކީ ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ދޫކުރާ ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި އެ ފަދަ ވީޒާއެއް ލިބިފައި ނެތްކަމުގައިވިއަސް ނުވަތަ އެފަދަ ވީޒާގެ މުއްދަތު ހަމަވެފައިވީކަމުގައިވިއަސް ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީން. އެހެންކަމުން، ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނީ ވާކް ވީޒާ ކެޓަގަރީއަށް ފެތޭ ބިދޭސީން އެކަނި.

6 - ދިވެހި ރައްޔިތުންގެ އަތުން ރެމިޓެންސް ނެގޭނެތަ؟

ނޫން. ދިވެހި ރައްޔިތުންގެ އަތުން ރެމިޓެންސް ނުނަގާނެ.

7 - އެހެނިހެން ކެޓަގަރީތަކުގެ ވީޒާ (މިސާލަކަށް، ޑިޕްލޮމެޓިކް ވީޒާ، ބިޒްނަސް ވީޒާ، ޑިޕެންޑެންޓް ވީޒާ، ރެސިޑެންޓް ވީޒާ ފަދަ ވީޒާއެއް) އޮންނަ ފަރާތްތަކުން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

ނޫން. ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނީ ވާކް ވީޒާ އޮންނަ ނުވަތަ އޮންނަން ޖެހޭ ފަރާތްތަކުން އެކަނި.

8 - "ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން" ކަމުގައި ބެލެވެނީ ކޮން ކަންތައްތަކެއް؟

"ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން" ކަމުގައި ބެލެވެނީ ބޭންކެއް ނުވަތަ ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން އަދި ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނެގުން.

9 - އަހަރެން ޑެބިޓް ކާޑް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ ދިވެހިރާއްޖެއިން ބޭރުން ނަގައިފިނަމަ، އެ މުއާމަލާތަށް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

މި ފަދަ މުއާމަލާތްތަކުން ރެމިޓެންސް ޓެކްސް ނަގާނެ

10 - އަހަރެން ޑެބިޓް ކާޑް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ގަންނަ މުދަލަށް ނުވަތަ ހޯދާ ޚިދުމަތަށް ފައިސާ ދައްކައިފިނަމަ އެ މުއާމަލާތަށް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

ނޫން. އެފަދަ މުއާމަލާތަކަށް ރެމިޓެންސް ޓެކްސް ދައްކަން ނުޖެހޭނެ.

11 - އަހަރެން ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންދާއިރު ގެންދާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

ނޫން. ފުރައިގެންދާއިރު ގެންދާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ނުޖެހޭނެ.

12 - އަހަރެން ބޭންކަށް ނުވަތަ ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެމެރިކާ ޑޮލަރުން ދެއްކުމަށް، އެ ފަދަ ފަރާތަކުން މަޖުބޫރު ކުރެވިދާނެތަ؟

ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތްތަކުން ބޭންކުތަކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ދިވެހި ރުފިޔާ ނޫން އެހެން ފައިސާއަކުން ދެއްކުމަށް އެ ތަންތަނުން މަޖުބޫރުކޮށްގެން ނުވާނެ.