ޝެޑިއުލް ކުރެފައިވާ ޓްރޭނިންގ ސެޝަންތައް

ތާރީޚްވަގުތުސުރުހީތަންހުސް ގޮޑިބަސްއޯޑިއަންސްސްޓޭޓަސް
01-11-202010:30 -12:00އާމްދަނީން ނަގާ ޓެކުހާގުޅޭ މައުލޫމާތުދިނުމުގެ ސެޝަންއޮންލައިން https://bit.ly/37LlzPd50ދިވެހިޓެކްސް ދައްކާ ފަރާތްތައް / އާންމުން ރެޖިސްޓަރ ކުރައްވާ
02-11-202010:30 -12:00މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)އާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންއޮންލައިން https://bit.ly/35AAGsh50ދިވެހިޓެކްސް ދައްކާ ފަރާތްތައް ރެޖިސްޓަރ ކުރައްވާ
04-11-202010:30 -12:00މީރާ ކަނެކްޓް މެދުވެރިކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހެޅުންއޮންލައިން https://bit.ly/3mqNCb450ދިވެހިޓެކްސް ދައްކާ ފަރާތްތައް ރެޖިސްޓަރ ކުރައްވާ


މިރާއިން ދޭ ޓްރޭނިންގތައް

ދިވެހިރާއްޖޭގައި ނެގޭ ޓެކްސްތައް

މިސެޝަންތަކަކީ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ޓެކުހުގެ ނިޒާމާއި، މިހާރު ރާއްޖޭގައި ތަންފީޒުކުރެވޭ ޓެކްސްތަކުގެ އާންމު މަޢުލޫމާތު ދެވޭ ސެޝަންތަކެކެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖެނެރަލް- ޖީ.އެސް.ޓީ)

ޖެނެރަލް ޖީ.އެސް.ޓީ ސެޝަންތަކަކީ ޓޫރިޒަމް ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ސެޝަންތަކެކެވެ. މިސެޝަންތަކުގައި ރަޖިސްޓްރޭޝަނަށާއި، ޖީ.އެސް.ޓީ ހިސާބު ކުރާނެ ގޮތާއި، ޖީ.އެސް.ޓީ ދެއްކުމުގެ ސުންގަޑިތަކުގެ އިތުރުން ޓެކްސް ރޫލިންގތައް މެދުވެރިކޮށް ޖީ.އެސް.ޓީ ޤަވާއިދަށް ގެނެވިފައިވާ ބަދަލުތަކުގެ މަޢުލޫމާތު ދެވޭނެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓޫރިޒަމް- ޖީ.އެސް.ޓީ)

ޓޫރިޒަމް ޖީ.އެސް.ޓީ ސެޝަންތަކަކީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ސެޝަންތަކެކެވެ. މިސެޝަންތަކުގައި ރަޖިސްޓްރޭޝަނަށާއި، ޖީ.އެސް.ޓީ ހިސާބު ކުރާނެ ގޮތާއި، ޖީ.އެސް.ޓީ ދެއްކުމުގެ ސުންގަޑިތަކުގެ އިތުރުން ޓެކްސް ރޫލިންގތައް މެދުވެރިކޮށް ޖީ.އެސް.ޓީ ޤަވާއިދަށް ގެނެވިފައިވާ ބަދަލުތަކުގެ މަޢުލޫމާތު ދެވޭނެއެވެ.

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)

މިސެޝަންތަކުގައި ބީ.ޕީ.ޓީ ރަޖިސްޓްރޭޝަނަށާއި، ބީ.ޕީ.ޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބު ކުރާނެ ގޮތާއި، ބީ.ޕީ.ޓީ ދެއްކުމުގެ ސުންގަޑިތަކުގެ އިތުރުން ޓެކްސް ރޫލިންގތައް މެދުވެރިކޮށް ބީ.ޕީ.ޓީ ޤަވާއިދަށް ގެނެވިފައިވާ ބަދަލުތަކުގެ މަޢުލޫމާތު ދެވޭނެއެވެ.

ވިތުހޯލްޑިންގ ޓެކްސް

މިސެޝަންތަކުގައި ވިތުހޯލްޑިންގ ޓެކްސްދައްކަންޖެހޭ މުޢާމަލާތްތަކާއި ބެހޭ މަޢުލޫމާތު ދެވޭނެއެވެ.

ޖީ.އެސް.ޓީ ބަޔާން ވޯރކްޝޮޕް

މިސެޝަންތަކުގައި ޓެކްސްދައްކާ ފަރާތްތަކަށް ޖީ.އެސް.ޓީ ޓޫރިޒަމް ދާއިރާއާއި އެނޫން ދާއިރާގެ ޖީ.އެސް.ޓީ ބަޔާން ފުރިހަމަ ކުރާނެ ގޮތުގެ މަޢުލޫމާތު ދެވެއެވެ.

ބީ.ޕީ.ޓީ ބަޔާން ފުރިހަމަކުރުން

މިސެޝަންތަކުގައި ބީ.ޕީ.ޓީ ބަޔާން ފުރިހަމަ ކުރާނެ ގޮތުގެ މަޢުލޫމާތު ދެވޭނެއެވެ.

ކުށާއި އަދަބު

މިސެޝަންތަކުގައި ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ފައިސާ ނުދެއްކުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާތަކާއި އެފަދަ ފަރާތްތަކާއި މެދު އަމަލުކުރެވޭ އުސޫލުތަކާއި ބެހޭ މަޢުލޫމާތު ދެވޭނެއެވެ.

ކަސްޓަމައިޒް ކުރެވިފައިވާ މަޢުލޫމާތު ސެޝަންތައް

ބޭނުންވާ ސެޝަން:
ނަން  
އެޑްރެސް:  
ގުޅަންވީ ފަރާތް    
މަގާމް  
މޮބައިލް ނަންބަރު      
އީމެއިލް      
ބޭނުންވާ ތާރީޚް:    
ބޭނުންވާ ގަޑި:    
ތަން  
ބައިވެރިންގެ އަދަދު  
ބަސް
ބައިވެރިން
ކޮމެންޓް  
ވެލިޑޭޝަން ކޯޑް



ފީޑްބެކް

ޕްރެޒެންޓޭޝަންއާ ބެހޭ ފީޑްބެކް ފޯމް



މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޚިޔާލު ބޭނުންވެއެވެ. މިގޮތަށް މި ފޯމް ފުރިހަމަކުރެއްވުމަށް ވަގުތުކޮޅެއް ދެއްވުން އެދެމެވެ

1. ތިރީގައިވާ ކަންތައްތަކާއިމެދު ތިޔަ ފަރާތުގެ ޚިޔާލު

މިންގަނޑުތައް ވަރަށް ރަންގަޅު ރަގަޅު މެދުމިން ވަރަށް ރަނގަޅުކުރަންޖެހޭ ވަރަށް ބޮޑަށް ރަނގަޅުކުރަންޖެހޭ
ހ) މި ޕްރެޒެންޓޭޝަންގެ މަޤްސަދު ޚާޞިލުވި މިންވަރު
ށ( ކުރެވުނު ސުވާލުތަކަށް ޖަވާބުތައް ފޯރުވައިދެވުނު މިންވަރު
ނ) ފޯރުވައިދެވުނު މަޢުލޫމާތު ބޭނުންތެރިވި މިންވަރު
ރ) ފޯރުވައިދެވުނު ލިޔެކިޔުންތައް ބޭނުންތެރިވި މިންވަރު
ބ) މަޢުލޫމާތު ފޯރުކޮށްދިން ފަރާތް މިކަމަށް ތައްޔާރުވެފައިވާ މިންވަރު


2. އަޅުގަނޑުމެންގެ ފޯރުކޮށްދޭ ޚިދުމަޓް ރަނގަޅުކުރުމަށްޓަކައި އިތުރު ޚިޔާލުތައް

ވެނިޔުތާރީޚް





ފޯމު ފުރިހަމަކުރެއްވުމަށް ހޭދަކުރެއްވި ވަގުތަށާއި ދެއްވި ޚިޔާލަށް ޝުކުރު ދަންނަވަމެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ 20379، ދިވެހިރާއްޖެ، ހޮޓްލައިން 1415، ފޯން 2261 332 (960)، ފެކްސް 6577 331 (960)، އީ-މެއިލް [email protected]، ވެބްސައިޓް: www.mira.gov.mv