/ ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 1،000،000ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި
News Image

ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 1،000،000ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

10 ނޮވެމްބަރު 2026

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާންމުދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި 1،000،000ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތް 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގައިފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/extended/NonCompliers 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ