އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓަކީ ޓެކްސް ދައްކާ ފަރާތުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ގަސްތުކުރާ މުޢާމަލާތެއް ޓްރާންސްފަރ ޕްރައިޒިންގ މެތޮޑޮލޮޖީގެ ދަށުން ކަނޑައަޅާ ވަކި އަގެއްގައި ވަކި މުއްދަތަކަށް ކުރުމަށް މީރާއާއި ޓެކްސް ދައްކާ ފަރާތާއި އަދި ބައެއް ހާލަތުގައި ޓެކްސް ދައްކާ ފަރާތާއި ގުޅުންހުރި ފަރާތްތަކާއެކު އެއްބަސްވުމެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ޓްރާންސްފަރ ޕްރައިޒިންގ އާ ގުޅޭ މައްސަލަތައް މަދުކުރުމަށް މަގުފަހިވެއެވެ.
އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓެއްގެ ދަށުން މުޢާމަލާތެއް ކުރުމަށް އެއްބަސްވެފައިވާ ގޮތަކީ، ޓެކުހާއި ގުޅޭ ގާނޫނެއްގައި ނުވަތަ އުސޫލެއްގައި އެމުޢާމަލާތެއް އެހެންގޮތަކަށް ކުރަން ބަޔާންކޮށްފައިވާ މުޢާމަލާތަކަށްވީ ނަމަވެސް އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްގެ ދަށުން އެއްބަސްވާ އެބަސްވުމަށް އިސްކަންދެވޭނެއެވެ. އަދި އެފަދަ އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ އަގަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެ މުޢާމަލާތަކަށް ކަނޑައަޅާފައިވާ އަގުކަމުގައި ބެލޭނެއެވެ.
އަންނަނިވި ފަރާތްތަކަށް އެޑްވާންސް ޕްރައިސިންގ އެބަސްވުމެއް ޤާއިމުކުރުމަށް އެދި ހުށަހެޅިދާނެއެވެ.
އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ކުރިއަށް ދާނެގޮތާއި އިތުރު މަޢުލޫމާތު އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވާއިދު އަދި ގައިޑުގައި އިތުރަށް ތަފްސީލުކުރެވިފައިވާނެއެވެ.
އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރަން އެދޭ ފަރާތްތަކުން، ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދި "ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދުން" (MIRA 923) ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމުގައި ކަނޑައަޅާފައިވާ މަޢުލޫމާތާއި ލިޔެކިޔުންތައް މީރާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ސެކްޝަންގެ އީމެއިލް ([email protected]) އަށް އީމޭއިލް ކުރައްވާށެވެ.