އެޑްވާންސް ޕްރައިޒިންގް އެގްރިމެންޓް

ތައާރަފް

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓަކީ ޓެކްސް ދައްކާ ފަރާތުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ގަސްތުކުރާ މުޢާމަލާތެއް ޓްރާންސްފަރ ޕްރައިޒިންގ މެތޮޑޮލޮޖީގެ ދަށުން ކަނޑައަޅާ ވަކި އަގެއްގައި ވަކި މުއްދަތަކަށް ކުރުމަށް މީރާއާއި ޓެކްސް ދައްކާ ފަރާތާއި އަދި ބައެއް ހާލަތުގައި ޓެކްސް ދައްކާ ފަރާތާއި ގުޅުންހުރި ފަރާތްތަކާއެކު އެއްބަސްވުމެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ޓްރާންސްފަރ ޕްރައިޒިންގ އާ ގުޅޭ މައްސަލަތައް މަދުކުރުމަށް މަގުފަހިވެއެވެ.

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓެއްގެ ދަށުން މުޢާމަލާތެއް ކުރުމަށް އެއްބަސްވެފައިވާ ގޮތަކީ، ޓެކުހާއި ގުޅޭ ގާނޫނެއްގައި ނުވަތަ އުސޫލެއްގައި އެމުޢާމަލާތެއް އެހެންގޮތަކަށް ކުރަން ބަޔާންކޮށްފައިވާ މުޢާމަލާތަކަށްވީ ނަމަވެސް އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްގެ ދަށުން އެއްބަސްވާ އެބަސްވުމަށް އިސްކަންދެވޭނެއެވެ.  އަދި އެފަދަ އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ އަގަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެ މުޢާމަލާތަކަށް ކަނޑައަޅާފައިވާ އަގުކަމުގައި ބެލޭނެއެވެ.

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓަށް ހުށަހެޅުން

އަންނަނިވި ފަރާތްތަކަށް އެޑްވާންސް ޕްރައިސިންގ އެބަސްވުމެއް ޤާއިމުކުރުމަށް އެދި ހުށަހެޅިދާނެއެވެ.

  • ޤާނޫނު ނަމްބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމިގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ރައްދުވާ ބައިނަލްއަޤްވާމީ މުޢާމަލާތެއް ކޮށްފައިވާ ނުވަތަ ކުރާން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭއި ވަޒާންވެރިވެފައިވާ ފަރާތްތައް
  • ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ރައްދުވާ ބައިނަލްއަޤްވާމީ މުޢާމަލާތެއް ކޮށްފައިވާ ނުވަތަ ކުރާން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތައް

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓަކަށް ދިޔުމުގެ ފައިދާތައް

  • މުޢާމަލާތްތައް އަގުކުރުމަށް ބޭނުންކޮށްފައިވާ އަސާސްތައް ކަނޑައަޅާފައި އޮތުމުން ޓްރާންސްފރ ޕްރައިޒިންގ މެތަޑްއާ މެދު އިތުބާރާއި ޔަޤީންކަން އޮތުން 
  • މުޢާމަލާތްތައް އަގުކުރުމަށް އެންމެ އެކަށީގެންވާ މެތަޑް ބޭނުންކުރުމުގެ އިޙްރިޔާރުއޮތުން 
  • ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށްވެސް ޓްރާންސްފަރ ޕްރައިޒިންގ މައްސަލަތަކާ ގުޅޭ ޙަރަދު ކުޑަވެ އެފަދަ މައްސަލަތައް ބެލުމަށް ހޭދަވާ ވަގުތު ސަލާމަތްވުން

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ކުރިއަށް ދާނެގޮތް

އެޑްވާންސް ޕްރައިސިންގ  އެރޭންޖްމަންޓް ކުރިއަށް ދާނެގޮތާއި އިތުރު މަޢުލޫމާތު އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވާއިދު އަދި ގައިޑުގައި އިތުރަށް ތަފްސީލުކުރެވިފައިވާނެއެވެ. 

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް އެޕްލިކޭޝަން

އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރަން އެދޭ ފަރާތްތަކުން، ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދި "ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދުން" (MIRA 923) ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމުގައި ކަނޑައަޅާފައިވާ މަޢުލޫމާތާއި ލިޔެކިޔުންތައް މީރާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ސެކްޝަންގެ އީމެއިލް ([email protected]) އަށް އީމޭއިލް  ކުރައްވާށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ