ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް

ތައާރަފު

ކޮމަން ރިޕޯޓިންގ ސްޓޭންޑާޑް (ސީ.އާރ.އެސް) އަކީ އޯގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ)އިން ޝާއިރުކޮށްފައިވާ، "ސްޓޭންޑަޑް ފޮރ އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން އިން ޓެކްސް މެޓަރސް (ސެކަންޑް އެޑިޝަން)" ގެ ބާބު B ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑާޑްއެވެ.

ސީ.އާރ.އެސްގެ ދަށުން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން، މީރާއަށް ރިޕޯޓުކުރުމަށް މިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގައި ލާޒިމްކޮށްފައެވެ. ސީ.އާރ.އެސްގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، މަޢުލޫމާތު ހުށަހެޅުމާއި، ރިކޯޑު ބެލެހެއްޓުމާއި، ޑިއުޑިލިޖެންސް ކުރިޔަށް ގެންދިއުމަކީ، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ޒިންމާއެކެވެ.

ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަން އޭ މާނަ ކުރެވިފައި މިވަނީ:

  • ކަސްޓޯޑިއަލް އިންސްޓިޓިއުޝަން
  • ޑިޕޮޒިޓަރ އިންސްޓިޓިއުޝަން
  • އިންވެސްޓްމަންޓް އެންޓިޓީ
  • ސްޕެސިފައިޑް އިންޝުއަރެންސް ކުންފުނި

އެއްވެސް ފައިނޭންޝަލް އިންސްޓިޓިއުޝަންއަކީ މަތީގައި ބަޔާނަކުރެވިފައިވާ ފަދަ އިންސްޓިޓިއުޝަންއަކަށް ވާނަމަ، މި މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރ ކުރުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 4 ވަނަ އިސްލާހަށް ޢަމަލަކުރަން ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަށް ބެހިގެންވާ ބައިތަކާއިބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބިވަޑައިންނަވާނެއެވެ.

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑުގައި ހިމެނޭ ބައިތައް

މައިގަނޑު ގޮތެއްގައި ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑުގައި ހިމެނޭ ބައިތަކަކީ:

  • ރިޕޯޓު ކުރަންޖެހޭ މާލީ މައުލޫމާތު
  • ރިޕޯޓު ކުރަންޖެހޭ ފައިނޭންޝަލް އިންސްޓިޓިއުޝަންތައް
  • ސްޓޭންޑަރޑްގައި ހިމެނޭ އެކައުންޓުތަކާއި ޓެކްސްދައްކަންޖެހޭ ފަރާތްތައް
  • ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުކޮށް ކުރަންޖެހޭ ޑިއު ޑިލިޖަންސް މަސައްކަތްތައް

އޯ.އީ.ސީ.ޑީއިން ތައްޔާރުކޮށް ނެރިފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް މި ލިންކުން ލިބިވަޑައިންނަވާނެއެވެ.

ޑިއު ޑިލިޖަންސް މަސައްކަތްތައް

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން ރިޕޯޓުކުރަންޖެހޭ އެކައުންޓުތަށް ހޯދާ ދެނެގަތުމަށް، ރިޕޯޓަބަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން  ޑިއު ޑިލިޖަންސް މަސައްކަތްތައް ކުރިޔަށްގެންދަންޖެހޭނެއެވެ. މި މަސައްކަތްތައް ކުރިޔަށް ގެންދާނީ ރިޕޯޓު ކުރަންޖެހޭ ކަލަންޑަރު އަހަރުގެ ފަހުކޮޅެވެ. އިންޑިވިޑުއަލް އެކައުންޓުތަކާއި އެންޓިޓީ އެކްއުންޓުތަކުގެ ޑިއު ޑިލިޖަންސް ކުރިއަށްގެންދަންޖެހޭ ގޮތާއި އިތުރު މައުލޫމާތު ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑުގައި ވަނީ ޝާއިރުކޮށްފަވެއެވެ.

ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްއާ އެއްގޮތްވާ ގޮތުގެ މަތިން ޕްރީ އެގްޒިސްޓިންގ އެކައުންޓުތަކަށް އަދި އެންޓިޓީ އެކްއުންޓުތަކަށް ޑިއު ޑިލިޖަންސް ހެދުމަށްވެސްވަނީ ލާޒިމްކުރެވިފައެވެ. މިގޮތުން ޕްރީއެގްޒިސްޓިންގ އެކައުންޓުތަކަކީ 31 ޑިސެންބަރު 2020 ގެ ނިޔަލަށް ހުޅުވާފައިވާ އެކައުންޓުތަކެވެ. އަދި 1 ޖަނަވަރީ 2021 ވަނަ ދުވަހުގައި ނުވަތަ އެއަށް ފަހު ހުޅުވާފައިވާ އެކައުންޓުތަކަކީ "ނިއު" ނުވަތަ އައު އެކައުންޓުތަކެވެ.

2021 ވަނަ އަހަރުގެ ޕްރީ އެގްޒިސްޓިންގ އަދި އެންޓިޓީ އެކައުންޓުތަކުގެ ރިވިއު، 31 ޑިސެންބަރު 2021 ގެ ނިޔަލަށް ހުރިހާ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަކުން ފުރިހަމަ ކުރަން ޖެހޭނެއެވެ

ކޮމަން ރިޕޯޓިންގ ސްޓޭންޑްރޑް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުން

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް ގެ ދަށުން މައުލޫމާތު ހުށަހަޅަންޖެހޭ ފުރަތަމަ ކަލަންޑަރު އަހަރަކީ 2021 ވަނަ އަހަރެވެ.

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް ރިޕޯޓު ހުށަހަޅަން ފެށުން

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް ގެ ދަށުން މައުލޫމާތު ހުށަހަޅަންޖެހޭ ފުރަތަމަ ކަލަންޑަރު އަހަރަކީ 2021 ވަނަ އަހަރެވެ.

މައުލޫމާތު ހުށަނޭޅުމުގެ އަދަބުތައް

ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑާ އެއްގޮތަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3-51 ވަނަ މާއްދާގެ ދަށުން ހުށަހަޅާންޖެހޭ މަޢުލޫމާތު ހުށަނޭޅުމުގެ އަދަބު ކަނޑައަޅާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ