މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރ

ތަޢާރަފް

މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރ މާއްދާގެ ދަށުން މައްސަލަ ހައްލުކުރުމަށް ހަދާފައިވާ އުސޫލެކެވެ. މި އުސޫލުގެ ދަށުން ދިވެހިރާއްޖެއާއި ބޭރުޤައުމަކާއި އެކު ސޮއިކޮށްފައިވާ ޓެކްސް މުއާހަދާއެއްގެ މަންފާ ލިބޭ ފަރާތެއް، އެއްބަސްވުމާ ޙިލާފަށް ޓެކްސް ކުރާނަމަ ނުވަތަ ޓެކްސް ކުރެވިދާނެކަމަށް ބެލެވޭނަމަ، އެކަން ޓެކްސް އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، މައްސަލައަށް ހައްލު ހޯދުމަށް، ޓެކްސް ދައްކާ ފަރާތްތަކުން ފަސޭހަކަމާއެކު ޓެކްސް އިދާރާތަކާއި މުޢާމަލާތްކުރުމަށް އެކުލަވާލަފައިވާ އުސޫލެކެވެ.

މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރ އަށް ހުށަހެޅުމަށް ބޭނުންވާ ޝަރުތު

މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރގެ ދަށުން ހުށަހަޅާ މައްސަލަތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އަންނަނިވި ކަންކަން މީރާއިން ބަލާނެއެވެ.

  • ހުށަހަޅާފައިވާ މައްސަލާގައި ހިމެނޭ އަނެއް ގައުމާއެކު ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ އެގްރިމަންޓްގައި މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރ މާއްދާ ހިމަނާފައިވުން
  • ހުށަހަޅާ މައްސަލައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 51-1 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ އާއި ބޭރު ޤައުމަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގައި ކަނޑައަޅާފައި ގޮތް ނޫން އެހެންގޮތަކަށް، ދިވެހިރާއްޖޭގައި ނުވަތަ އެއްބަސްވުމުގައި ބައިވެރިވާ އަނެއް ޤައުމުގައި، އެ ފަރާތް ޓެކްސް ކުރެވިގެން ނުވަތަ ކުރެވިދާނެކަމަށް ޤަބޫލުކުރެވިގެން ހުށަހަޅަފައިވާ މައްސަލައަކަށްވުން؛
  • މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރ މާއްދާގެ ދަށުން އެފަދަ މައްސަލައެއް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިނުވުން.

މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖާގެ ދަށުން ހުށަހެޅޭނެ މައްސަލަތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 64-2 ވަނަ މާއްދާގެ ދަށުން މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިޔުމަށް އެދެވިދާނެ ކަންކަމުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  • ޓްރާންސްފަރ ޕްރައިޒިންގއާ ގުޅޭ މައްސަލަތައް
  • ޖުރިޑިކަލް ނުވަތަ އިކޮނޮމިކް ޑަބަލް ޓެކްސޭޝަންއާ ގުޅޭ މައްސަލަތައް
  • ވަޒަންވެރިވެފައިވާ ޤައުމު ކަނޑައެޅުމާ ގުޅޭ މައްސަލަތައް
  •  ދާއިމީ މަރުކަޒަށް ނިސްބަތްވާ ފައިދާގެ މިންވަރު ކަނޑައެޅުމާ ގުޅޭ މައްސަލަތައް

މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖާރގެ ދަށުން މައްސަލަ ހުށަހެޅުން

މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖާރގެ ދަށުން މައްސަލަ ހުށަހެޅުމަށްޓަކައި "މިއުޗުއަލް އެގްރިމަންޓް ޕްރޮސީޖަރ ކުރިޔަށް ގެންދިއުމަށް އެދުން" (MIRA 921) ފޯމުގައި ކަނޑައަޅާފައިވާ މަޢުލޫމާތާއި ލިޔެކިޔުންތައް މީރާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ސެކްޝަންގެ އީމެއިލް ([email protected]) އަށް އީމޭއިލް  ކުރައްވާށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ