މިއީ ވޭތުވެދިޔަ އަހަރުތަކުގައި މީރާއަށް އެކި ގޮތްގޮތުން ލިބިފައިވާ ވަނަތަކާއި، މީރާ ތަމްސީލުކުރި އެކި މުބާރާތްތަކުން ލިބިފައިވާ ކާމިޔާބީތައް ދައްކުވައިދޭ ޕޭޖްއެވެ.
| އިންޓަރނޭޝަނަލް ޓެކްސް ރިވިއުގެ 'އޭޝިއާ ޓެކްސް ކޮމިޝަަނަރ އޮފް ދަ ޔަރ 2017' އެވޯޑް ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުޙައްމަދު އަށް ވަނީ ލިބިފައެވެ. މި އެވޯޑަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަ ޓެކްސް ނިޒާމެއް ގާއިމްކޮށްދިނުމުގެ އިތުރުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅޭނެ ނިޒާމެއް ބިނާކުރުމުގައި އެ މަނިކުފާނުގެ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިބިފައިވާ އެވޯޑެކެވެ. |
| މި އެވޯޑަކީ، މީރާގެ ލިޔެކިޔުންތަކާއި ރެކޯޑުތަކާއި ޕްރޮސެސްތަކަކީ ސުމޭކު (ޑިޖިޓަލް) ކުރެވިފައިވާ ލިޔެކިޔުން، ރެކޯޑު އަދި ޕްރޮސެސްތަކެއްކަން ކަނޑައަޅައި އެކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން 2 އޮގަސްޓު 2017 ގައި ދީފައިވާ އެވޯޑެކެވެ. މީރާއަކީ ޤައުމީ އަރުޝީފުން މި އެވޯޑު އަރުވާފައިވާ ފުރަތަމަ މުއައްސަސާއެވެ. |
| މީރާއަކީ 5 ޑިސެންބަރު 2010 އިން ފެށިގެން އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް ނުވަތަ އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ އެކެވެ. މީރާއަށް ޕްލެޓިނަމް ސްޓޭޓަސް ލިބިފައިވަނީ އޭ.ސީ.ސީ.އޭ ކިޔަވަމުންދާ ފަރާތްތަކާއި، އޭ.ސީ.ސީ.އޭ އެފިލިއޭޓުންނާއި މެންބަރުންގެ ހުނަރާއި މައުލޫމާތު ތަރައްޤީކޮށް ދެމެހެއްޓުމަށްޓަކައި މީރާއިން ކުރާ މަސައްކަތް ފާހަގަކޮށް ދީފައިވާ ސްޓޭޓަސްއެކެވެ. |
| މިއީ، ކުރުމުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭފަދަ ޒަމާނީ ޓެކްސް ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމްކޮށް ނަމޫނާ މުއައްސަސާއަކަށް މީރާ ހައްދަވައިދެއްވުމުގައި އެ މަނިކުފާނު އަދާކުރައްވާފައިވާ އަގުހުރި ދައުރު ފާހަގަކޮށް ކޮމަންވެލްތު ޔުނިވަރސިޓީން އެ މަނިކުފާނަށް އަރުވާފައިވާ ޝަރަފް އެކެވެ. |
|
2015 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ބޭއްވި 3 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތުގައި މީރާއިން 'ޝިފާ' ޑްރާމާއެކު ބައިވެރިވެ ހާސިލުކޮށްފައިވާ ވަނަތައް: އެންމެ މޮޅު ޑްރާމާ – ޝިފާ އެންމެ މޮޅު އަންހެން އާޓީސްޓް – އައިޝަތު ސުހާ އެންމެ މޮޅު ފިރިހެން އާޓިސްޓް – މަދީހް އަޙްމަދު އެންމެ މޮޅު ސްކްރިޕްޓް – މީރާގެ ޓީމުން ހުށަހެޅި ސްކްރިޕްޓް އެންމެ މޮޅު ޕްރޮޑިއުސަރ – އަސްމާ ޝަފީޢު 2017 ވަނަ އަހަރު ބޭއްވި 5 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު" ގައި މީރާއިން 'ކިހިނެތް ކުރާނީ މައާފު' ޑްރާމާއެކު ބައިވެރިވެ ހާސިލުކޮށްފައިވާ ވަނަތައް: އެންމެ މޮޅު ޑްރާމާ – ކިހިނެއް ކުރާނީ މައާފު އެންމެ މޮޅު ސްކްރިޕްޓް – އައިޝަތު ސުހާ އެންމެ މޮޅު އަންހެން އާޓީސްޓް – އައިޝަތު ސުހާ 2018 ވަނަ އަހަރު ބޭއްވި 6 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު" ގައި މީރާއިން ބައިވެރިކޮށްފައިވާ ޑްރާމާ "ފުރުސަތު" އަދި "މިއީ މަގޭ ނަސީބު" ހާސިލުކޮށްފައިވާ ވަނަތައް: ފުރުސަތު: 2 ވަނަ އަށް އެންމެ މޮޅު ޑްރާމާ – ފުރުސަތު އެންމެ މޮޅު އަންހެން އާޓީސްޓް – އައިޝަތު ސުހާ އެންމެ މޮޅު ފިރިހެން އާޓީސްޓް – މަދީހު އަބޫބަކުރު މިއީ މަގޭ ނަސީބު: އެންމެ މޮޅު ސަޕޯޓިންގ އަންހެން އާޓީސްޓް – މަރިޔަމް ނަހުލާ އަބްދުލް ޤައްޔޫމް |