ސަރޓިފިކެޓް 1 އިން ޓެކްސޭޝަން އިން މޯލްޑިވްސް

ޒަމާނީ ޓެކުހުގެ ނިޒާމެއް ތައާރަފްވެ، މީރާ އުފެދުމާއެކު ޓެކުހާ ގުޅޭ މައުލޫމާތު ހުރި ފަންނީ ފަރާތްތަކަށް ބޭނުންވާ މިންވަރު މި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ސެޓްފިކެޓް 1 އިން ޓެކްސޭޝަން އިން މޯލްޑިވްސް ކޯހަކީ ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމާއި، ޓެކުހާ ގުޅޭ އިދާރީ ކަންތައްތަކާއި، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، އާމްދަނީން ނަގާ ޓެކުހާއި، ގްރީން ޓެކްސް އަދި އިންޓަރނޭޝަނަލް ޓެކްސޭޝަންގެ އަސާސީ މައުލޫމާތު ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ، ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމާމެދު ފުންކޮށް ވިސްނުމުގެ ފުރުސަތު ފަހިކޮށްދޭނެ ކޯހެކެވެ. މި ކޯހަކީ އެމް.ކިއު.އޭ އެޕްރޫވްކޮށްފައިވާ އަދި ރާއްޖޭގައި ހިންގާ މިފަދަ ފުރަތަ ކޯހެވެ.

ކޯހަށް ވަނުމުގެ ޝަރުތު މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވަރކްގައި ބުނާ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން
ކޯސް ފީ ހިލޭ
ކޯހުގެ މުއްދަތު 4 އާއި 6 ހަފްތާއާ ދެމެދު (ކޯސް އޮންނާނީ ހަފްތާގެ މަސައްކަތު ދުވަސްތަކުގައި)
ކޯސް ކުރިއަށްގެންދާ މޯޑް ޕާޓް ޓައިމް (އޮންލައިންކޮށް / ހާޒިރުވެގެން)

ކޯހުގެ އޮނިގަނޑު

  • ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމުގެ ތައާރަފު
  • ޓެކްސް ނެގުމާ ބެހޭ އިދާރީ ކަންތައްތައް
  • މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް
  • އާމްދަނީން ނަގާ ޓެކްސް
  • ގްރީން ޓެކްސް
  • އެއަރޕޯޓް ޓެކުހާއި ފީ
  • އިންޓަނޭޝަނަލް ޓެކްސޭޝަންގެ ތައާރަފު

ކުރިއަށް އޮތް އިންޓޭކް

އަހަރުގެ ކޮންމެ ދުވަހަކުވެސް މި ކޯހަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ. ކޯހުގެ ބެޗެއް ފެށުމަށް ތާވަލު ކުރެވުމާއެކު، ކޯސް ފެށުމުގެ ކުރިން ކޯސް ފަށާނެ ތާރީޚެއް ކޯހަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ. ކޯހަށް ފުރުސަތު ދިނުމުގައި ކުރިން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންނަމަ، ތިރީގައިވާ ފޯމު ހުށަހަޅާށެވެ. ފޯމު ހުށަހެޅުމާ ގުޅޭ އިތުރު ސުވާލެއް އޮތްނަމަ، އަޅުގަޑުމެންގެ ހޮޓްލައިން 1415 އާ ގުޅައިގެން ސާފުކުރެވޭނެއެވެ.

އެމް.ޓީ.އޭ ކޯސް އެޕްލިކޭޝަން (16.1)

MIRA 911

| އިނގިރޭސި | ފޯމު ޑައުންލޯޑް

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ