ތައާރަފް
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ނުވަތަ އާންމު އިދާރާއެކެވެ.
- އިސްލާމްދީން ކުރިއެރުވުން، ފަޤީރުންނަށް އެހީވުން، ޞިއްޙީ ޚިދުމަތް ދިނުން، ތަޢުލީމު ދިނުން ނުވަތަ އެނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ އާންމު އިދާރާއަކަށްވުން؛ "އެނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް" ކުރާ ކަންތައްތައް ކަމުގައި ބެލެވޭނީ އަންނަނިވި ކަންތައްތަކެވެ.
- އިންސާނީ އެހީ ފޯރުކޮށްދިނުން؛
- ތިމާވެށި ނުވަތަ "ވައިލްޑްލައިފް" ޙިމާޔަތްކުރުން؛
- އިޖްތިމާޢީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުން؛
- ޘަޤާފީ ޙަރަކާތްތައް ކުރިއެރުވުން؛
- ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއެރުވުން؛
- ވަކި ޕްރޮފެޝަންއެއް ނުވަތަ އިޤްތިޞާދީ ދާއިރާއެއް ކުރިއެރުވުން؛
- ސަރަޙައްދެއްގެ ނުވަތަ ރަށެއްގެ މުޖުތަމަޢު ތަރައްޤީކުރުން؛
- ޑިމޮކްރެސީ ކުރިއެރުވުން؛
- "ގުޑް ގަވަރނެންސް"؛
- "އެޑްވޮކެސީ".
- އެއީ ވަކި ފަރާތެއްގެ މާލީ ފައިދާއަކަށް ހިންގާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ އާންމު އިދާރާއަކަށްނުވުން.