ކޮމިޝަނަރ ޖެނެރަލްގެ ހުއްދައަށް އެދި ހުށަހެޅުން
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ކޮމިޝަނަރ ޖެނެރަލްގެ ހުއްދައަށްއެދި، ހުށަހަޅާނީ "ޗެރިޓަބަލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން" (MIRA 103) ފޯމެވެ. މި ފޯމާއެކު ބާރުދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
ޗެރިޓަބަލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން (20.1)
- ކޮމިޝަނަރ ޖެނެރަލް ހުއްދަދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ދޭ ފައިސާ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 21 މާއްދާގެ (ހ) ގެ ދަށުން އުނިކުރެވިދާނެއެވެ.
- އެފަދަ އޮގަނައިޒޭޝަންތައް ޤާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.
- ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަދި 12 ވަނަ މާއްދާގެ (ރ) ރައްދުވާ ފަރާތްތަކުގެ ތެރެއިން، އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 6 ވަނަ ބާބުގެ ދަށުން ކޮމިޝަނަރ ޖެނެރަލް ހުއްދަދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން މި ފޯމު ހުށަހަޅާށެވެ.
- ތިޔަ ފަރާތުން ފުރިހަމަކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމަށް ތިރީގައިވާ ބަޓަން ބޭނުންކުރާާށެވެ. ތިޔަ ފަރާތުން އެދޭނަމަ މީރާގެ ކައުންޓަރުތަކަށް ވެސް ފޯމު ފުރުުމަށްފަހު ހުށަހެޅޭނެއެވެ.