ކުންފުނި އަހަރީ ފީ އަކީ ގާނޫނު ނަންބަރ 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ޕްރައިވެޓް ކުންފުނިތަކުންނާއި ޕަބްލިކް ކުންފުނި ތަކުން ދައްކަމުންއައި ފީ އެކެވެ.
31 ޑިސެންބަރު 2023 ގައި އެ ޤާނޫނު އުވައިލުމުން އެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކުންފުނި އަހަރީ ފީ (ޕަބްލިކް ކުންފުނިތަކުން 10,000 ރުފިޔާ އަދި ޕްރައިވެޓް ކުންފުނިތަކުން 2,000 ރުފިޔާ) ވަނީ 31 ޑިސެންބަރު 2023 ގައި އުވައިލައިފައެވެ. އެހެންނަމަވެސް 31 ޑިސެންބަރު 2023 ގެ ނިޔަލަށް އެއްވެސް ކުންފުންޏަކުން ކުންފުނި އަހަރީ ފީގެ އަދަދެއް އަދި ކުންފުނި އަހަރީ ފީއާ ގުޅޭ ޖޫރިމަނާގެ އަދަދެއް ނުދައްކައި އޮތްނަމަ، އެ އަދަދެއް އެއްކޮށް މީރާއަށް ދައްކަންޖެހޭނެވެ. މީރާގެ އޮންލައި އެޕްލިކޭޝަން "ވާރުޕޭ" މެދުވެރިކޮށް އޮންލައިންކޮށް މި ޕޭމަންޓްތައް މީރާއަށް ދެއްކޭނެއެވެ.
ޕޭމަންޓް ދެއްކުމަށް ބޭނުންވާނެ މަޢުލޫމާތު
1. ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓް؛ ނުވަތަ
2. ކުންފުނީގެ ނަން އަދި ރަޖިސްޓްރީ ނަންބަރު؛ ނުވަތަ
3. ޓިން.