ޑިއުޓީ ފްރީ ރޯޔަލްޓީ ނަގަނީ ދިވެހިރާއްޖޭގެ ޑިއުޓީ ފްރީ އޭރިއާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/81) ގެ ދަށުން ނަގާ ރޯޔަލްޓީއެކެވެ. ދިވެހިރާއްޖޭގައި ހިންގާ ހުރިހައި ޑިއުޓީ ފްރީ ފިހާރައަކުން ކޮންމެ މަހަކު ވެސް އެ މަހެއްގެ އާމްދަނީ އަށް ބިނާކޮށް ރޯޔަލްޓީ ދައްކަން ޖެހޭނެއެވެ. ރޯޔަލްޓީ ދައްކަންޖެހޭ ރޭޓުތައް، ދިވެހިރާއްޖޭގައި ހިންގާ ޑިއުޓީ ފްރީ ވިޔަފާރިތަކާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
ރަޖިސްޓަރީކުރުން
ދިވެހިރާއްޖޭގައި ޑިއުޓީ ފްރީ ގައި ވިޔަފާރި ހިންގަން ބޭނުންވާ ހުރިހާ ފަރާތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލަޕްމަންޓްގައި ރަޖިސްޓަރީކޮށް، ކޮންމެ ޑިއުޓީ ފްރީ ފިހާރައަކަށް ލައިސަންސެއް ހޯދަން ޖެހޭނެއެވެ. މިނިސްޓަރީ ގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ކޮންމެ ޑިއުޓީ ފްރީ ފިހާރައެއް، ރޯޔަލްޓީގެ ބޭނުމަށް މީރާ ގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
ރިޕޯޓުކުރުން
ހުރިހައި ޑިއުޓީ ފްރީ ފިހާރައަކުން ވެސް ތިރީގައި ބަޔަންކޮށްފައިވާ ލިޔެކިޔުންތައް މީރާއަށް ހުށަހަޅަންވާނެ:
ޑިއުޓީ ފްރީ ރޯޔަލްޓީ އޮންލައިންކޮށް މީރާ ކަނެކްޓް މެދުވެރިކޮށް އަދި މީރާގެ ކައުންޓަރ އަށް ދެއްކޭނެއެވެ. ޑިއުޓީ ފްރީ ރޯޔަލްޓީ ދައްކަންޖެނޭނީ ދިވެހި ރުފިޔާއިންނެވެ.
އެއްވެސް އަދަދެއް 5,000 އެމެރިކާ ޑޮލަރު ނުވަތަ 100,000 ދިވެހި ރުފިޔާއަށް ވުރެ އިތުރު ވާ ކަމުގައިވާނަމަ، ކައުންޓަރ އިން ބަލައެއް ނުގަންނާނެއެވެ. މި ބާވަތުގެ އަދަދުތައް އޮންލައިންކޮށް ނުވަތަ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް (އެމް.އާރ.ޓީޖީ.އެސް) މެދުވެރިކޮށް ދެއްކިދާނެއެވެ.
ސުންގަޑި
ކޮންމެ މަހެއްގެ ފައިސާ ދައްކަން ޖެހޭނީ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
ފައިސާ ނުދައްކާ ނުވަތަ ލަހުން ފައިސާ ދައްކާ ފަރާތްތަކަށް ވަކި ޖޫރިމަނާއެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް، ޑިއުޓި ފްރީ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް 1,000 ރުފިޔާ އާއި 100,000 ރުފިޔާ އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލަޕްމަންޓަށް ލިބިގެންވެއެވެ.