މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކާނީ ކިހިނެތް؟

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 601) ހުށަހަޅަން ޖެހޭނީ އުޖޫރަ ދޭ ފަރާތުންނެވެ. އެއްވެސް މަހެއްގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ޖެހިއްޖެނަމަ، އެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެއެވެ. އަދި އެއްވެސް މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހަޅައިފިނަމަ، އެ ޓެކްސް އަހަރު ބާކީ ހުރި މަސްތަކަށް ބަޔާން ހުށަހަޅަންވާނެއެވެ.

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާނީ މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި ފައިސާ ދައްކާނީ އޮންލައިންކޮށް މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް (މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް) މެދުވެރިކޮށެވެ.

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދެއްކުމުގެ ސުންގަޑިއަކީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

ވިތުހޯލްޑިންގް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ކަރަންސީ

ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ ރުފިޔާއިންނެވެ. އަދި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ދެއްކުމަށް އިޙްތިޔާރު ކުރެވިދާނެއެވެ.

އެހެންނަމަވެސް ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއްނަމަ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމަށް ނުވަތަ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ދެއްކުމަށް މި ތަނަށް ކްލިކްކޮށްލާށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ