މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރާނީ ކިހިނެތް؟

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ އަދަދުން ކޮންމެ މަހަކު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރަން ޖެހޭނެއެވެ. ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައަކީ މުވައްޒަފުގެ ޖުމުލަ އުޖޫރައިން ދިވެހިރާއްޖޭގެ ރިޓަޔަމެންޓް ޕެންޝަން ސްކީމަށް ދައްކާ އަދަދު ކެނޑުމުން އޮންނަ އަދަދެވެ.

ޖުމުލަ އުޖޫރަ ހިސާބުކުރާއިރު، މުސާރައާއި، އެލަވަންސްތަކާއި، ފައިސާއިން އަދި ފައިސާއިން ނޫން ގޮތަކަށް ދޭ ކޮންމެ ޢިނާޔަތަކާއި މަންފާއެއް ހިމަނަން ޖެހޭނެއެވެ. ފައިސާއިން ނޫން ގޮތަކަށް ދޭ ޢިނާޔަތާއި މަންފާ ހިމަނާނީ، އެ ގޮތުން ދޭ ޢިނާޔަތާއި މަންފާ އަގުކުރުމަށްފަހުއެވެ. މީގެ ތެރޭގައި އިންކަމް ޓެކްސް ޤާނޫނުން އިސްތިސްނާކޮށްފައިވާ ޢިނާޔަތާއި މަންފާ ހިމަނައިގެން ނުވާނެއެވެ.

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓްތައް

ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓު (މަހެއްގެ މައްޗަށް) ޓެކްސް ރޭޓު
60,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 0%
60,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 100,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 5.5%
100,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 150,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 8%
150,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 12%
200,000 ރުފިޔާ އެއަށްވުރެ ބޮޑު 15%

ފައިސާއިން ނޫން ގޮތަކަށް ދޭ ޢިނާޔަތާއި މަންފާ އަގުކުރާނެ ގޮތުގެ އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ ގައިޑު ބަލާށެވެ

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ