ތައާރަފް

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަކީ މުވައްޒަފުގެ އިންކަމް ޓެކުހުގެ ގޮތުގައި މުވައްޒަފުގެ އުޖޫރައިން އުނިކުރާ އަދަދެކެވެ. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ލާޒިމުވާ މުވައްޒަފަކަށް އުޖޫރަ ދޭނަމަ، އެ ގޮތުން ދޭ އުޖޫރައިގެ އަދަދުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަށް ވާ އަދަދު އުނިކޮށް އެ އަދަދު މީރާއަށް ދެއްކުމަކީ އުޖޫރަ ދޭ ފަރާތުގެ ޒިންމާއެކެވެ.

އުޖޫރައިގެ މާނައިގެ ތެރޭގައި، ފައިސާއިން ނުވަތަ ފައިސާއިން ނޫން ގޮތަކަށް ދޭ ކޮންމެ ޢިނާޔަތަކާއި މަންފާއެއް ވެސް ހިމެނެއެވެ.

މުވައްޒަފުންގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް މަސައްކަތްކޮށްދޭ މީހުންނާއި، ކުންފުނިތަކުގެ ޑިރެކްޓަރުންނާއި، ޕާޓްނަރޝިޕްގެ ޕާޓްނަރުންނާއި ދައުލަތުގެ މަސްޢޫލިއްޔަތެއް އަދާކުރުމާ ހަވާލުވެހުރި ކޮންމެ މީހެއް ހިމެނެއެވެ.

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހުގެ ބޭނުމަށް މުވައްޒަފުން ރަޖިސްޓަރީކުރުމާއި، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރުމާއި، މުވަޒައްފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، މި ޓެކުހާ ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުމަކީ އުޖޫރަ ދޭ ފަރާތުގެ ޒިންމާއެކެވެ.

މުވަޒަފުންގެ އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް ނަގަން ފަށައިފައި ވަނީ 1 އޭޕްރީލް 2020 އިން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ