މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހުގެ ބޭނުމަށް ބަލަހައްޓަންޖެހެނީ ކޮންކޮން ލިޔެކިޔުންތަކެއް؟
މުވައްޒަފުންގެ މައުލޫމާތާއި، މުވައްޒަފުންނަށް ދިން އުޖޫރައިގެ ތަފްސީލާއި، ފައިސާއިން ނޫން ގޮތަކަށް ދީފައިވާ ޢިނާޔަތާއި މަންފާ އަގުކުރިގޮތުގެ ތަފްސީލާއި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައިވާ އަދަދުތައް ހިސާބުކުރި ގޮތުގެ ތަފްސީލު ފަދަ އެންމެހައި ރިކޯޑެއް ބަލަހައްޓަންވާނެއެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ތިޔަ ފަރާތުން ދިން އުޖޫރައިގެ ތަފްސީލު އެ ފަރާތްތަކާ ހިއްސާކުރަންވާނެއެވެ.
- މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާ މުވައްޒަފެއްނަމަ، ޖުމުލަ އުޖޫރައިގެ ތަފްސީލު ކޮންމެ މަހަކު ފޯރުވައިދޭންވާނެއެވެ.
- މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ނުޖެހޭ މުވައްޒަފެއްނަމަ، ޖުމުލަ އުޖޫރައިގެ ތަފްސީލު، ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފޯރުވައިދޭންވާނެއެވެ.