މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހުގެ ބޭނުމަށް ތިޔަ ފަރާތުގެ މުވައްޒަފުން ރަޖިސްޓަރީކުރަން ޖެހޭނީ އަންނަނިވި ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަވާނަމައެވެ.
ބަޔާންވެދިޔަ ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަވެގެން އެއްވެސް މުވައްޒަފަކު ރަޖިސްޓަރީކުރާނަމަ، ތިޔަ ފަރާތުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 30,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އުޖޫރަ ދޭ އެންމެހައި މުވައްޒަފުން ރަޖިސްޓަރީކުރަންވާނެއެވެ.
މުވައްޒަފުން ރަޖސްޓަރީކުރުމަށް އެދި ހުށަހަޅާނީ MIRA 118 (މުވައްޒަފުން ރަޖިސްޓަރީކުރަން އެދި ހުށަހެޅުން) ފޯމެވެ. މި ފޯމު ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށެވެ.