ގްރީން ޓެކްސް ހިސާބުކުރުން

ގްރީން ޓެކުހަކީ ޓޫރިޒަމް ދާއިރާގެ ޚިދުމަތް ފޯރުވައިދޭ ތަންތަނުގެ ތެރެއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން ލާޒިމުވާ ތަންތަނާއި އުޅަނދުތަކުގައި ޓޫރިސްޓު ހޭދަކުރާ ކޮންމެ ދުވަހަކަށް ނަގާ ޓެކުހެކެވެ. މާނައަކީ، އެ ޓޫރިސްޓު އެ ތަނުން ނުވަތަ އުޅަނދުން ޗެކް-އިން ވެފަ ޗެކް-އައުޓް ވުމާ ދެމެދު ހޭދަވާ ކޮންމެ 24 ގަޑިއިރުގެ ބްލޮކެއް ވާނީ ޓެކްސް ނެގޭ އެއް ދުވަހަށެވެ. އެގޮތުން، އެ 24 ގަޑިއިރުގެ ބްލޮކްގައި، ޓޫރިސްޓް އެސްޓަބްލިޝްމަންޓްގައި ނުވަތަ އުނޅަދުގައި، މަދުވެގެން 12 ގަޑިއިރު އެ ޓޫރިސްޓް ހޭދަކޮށްފައިވާނަމަ، އެ 24 ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 ގަޑިއިރު ނިމޭ ތާރީޚުގައި އެ ޓޫރިސްޓް އެސްޓަބްލިޝްމަންޓަކަށް ނުވަތަ އުޅަނދަކަށް ކަނޑައަޅާފައިވާ ރޭޓުގައި، އެ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ނަގާނެއެވެ. ނަމަވެސް، އެ 24 ގަޑިއިރުގެ ބްލޮކުގައި، ޓޫރިސްޓް އެސްޓަބްލިޝްމަންޓްގައި ނުވަތަ އުނޅަދުގައި، އެ ޓޫރިސްޓް ހޭދަކޮށްފައިވާ ވަގުތު 12 ގަޑިއިރަށްވުރެ މަދުނަމަ، އެ ބްލޮކަށް ގްރީން ޓެކްސް ނަގާކަށް ނުޖެހޭނެއެވެ. 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ