ޖީ.އެސް.ޓީ ރަޖިސްޓަރީ ބާތިލުކުރުން

ޖީ.އެސް.ޓީ ރަޖިސްޓަރީ ބާތިލުކުމަށް އެދި MIRA 106 ފޯމު އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި ހުށަހެޅިދާނެ

  • ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ފޯރުވައިދިން މުދާ ނުވަތަ ޚިދުމަތުގެ ޖުމުލަ އަގު 500,000 ރުފިޔާއަށްވުރެ އިތުރު ނުވުން
  • ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ފޯރުވައިދޭނެ މުދާ ނުވަތަ ޚިދުމަތުގެ ޖުމުލަ އަގު 500,000 ރުފިޔާއަށްވުރެ ދަށް ވާނެކަމަށް އަންދާޒާ ކުރެވުން
  • ވިޔަފާރި ހަރަކާތް ހުއްޓައިލުމަށްފަހު ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އަލުން އެ ވިޔަފާރި ހަރަކާތް ފަށަން ގަސްތު ނުކުރުން

ޖީ.އެސް.ޓީ ރަޖިސްޓަރީން ބާތިލުވިކަން ތިޔަ ފަރާތަށް މީރާއިން ލިޔުމުން އަންގަންދެން، ވިޔަފާރި ހުއްޓައިލައިފައި ވީ ނަމަވެސް، ޖީ.އެސް.ޓީ ބަޔާން ހުށަހަޅަމުން ގެންދަންވާނެ.

ރަޖިސްޓަރީން އުނިކުރުން (25.2)

MIRA 106

| އިނގިރޭސި | ދިވެހި | ފޯމު ޑައުންލޯޑް
  • ތިޔަ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާނުވާ ފަރާތެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތެއްނަމަ، ޓެކުހުގެ ނިޒާމުން ވަކިވުމަށް އެދި މި ފޯމު ހުށަހެޅިދާނެއެވެ. އެހެން ފަރާތެއްނަމަ، ރަޖިސްޓަރީން އުނިކުރެވޭނީ ތިޔަ ފަރާތުގެ ވިޔަފާރި ހަރަކާތެވެ.

  • މި ފޯމު ހުށަހަޅަނީ އާމްދަނީން ނަގާ ޓެކުހުގެ ރަޖިސްޓަރީން ތިޔަ ފަރާތުގެ ވިޔަފާރި ހަރަކާތެއް އުނިކުރެއްވުމަށް ކަމަށްވާނަމަ އެ ވިޔަފަރި ހަރަކާތާ ގުޅޭ އެންމެހައި ހުއްދަތައް ބާތިލުކުރައްވަންވާނެއެވެ. ތިޔަ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާނުވާ ފަރާތެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތެއްނަމަ، އަދި ތިޔަ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބުން ނިމުމަކަށް އަތުވެއްޖެނަމަ، އާމްދަނީން ނަގާ ޓެކުހުގެ ރަޖިސްޓަރީން އުނިކުރުމަށް އެދި މި ފޯމު ހުށަހެޅިދާނެއެވެ.

  • ތިޔަ ފަރާތުން އެދިވަޑައިގަންނަވަނީ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ފޯރުވައިދީފައިވާ ޓެކްސް ނެގޭ މުދަލާއި ޚިދުމަތުގެ އަގު 500,000ރ އަށްވެރެ ދަށްވެގެން، ނުވަތަ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ފޯރުވައިދޭނެ ކަމަށް ލަފާކުރެވޭ ޓެކްސް ނެގޭ މުދަލާއި ޚިދުމަތުގެ އަގު 500,000ރ އަށްވުރެ ދަށްވާނެ ކަމަށް އަންދާޒާކުރެވޭތީ، ތިޔަ ފަރާތުގެ ޖީ.އެސް.ޓީ ރަޖިސްޓަރީ ބާޠިލުކުރުމަށް ކަމުގައިވާނަމަ، ތިޔަ ފަރާތުގެ ވިޔަފާރި ހުއްދަތައް ބާތިލުކުރައްވާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ތިޔަ ފަރާތަކީ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތަކަށް ވެގެން ނުވާނެއެެވެ. އަދި ޓޫރިޒަމް ދާއިރާގެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ފަރާތެއް ކަމުގައި ވެސް ވެގެން ނުވާނެއެވެ.

  • ތިޔަ ފަރާތުން ފުރިހަމަކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމަށް ތިރީގައިވާ ބަޓަން ބޭނުންކުރާާށެވެ. ތިޔަ ފަރާތުން އެދޭނަމަ މީރާގެ ކައުންޓަރުތަކަށް ވެސް ފޯމު ފުރުުމަށްފަހު ހުށަހެޅޭނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ