ޖީ.އެސް.ޓީ ބަޔާން ހުށަހަޅާނީ ކިހިނެތް؟

ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން އެންމެ ފަސޭހަ ވާނީ މީރާގެ އޮންލައިން ޕޯޓަލް، މީރާ ކަނެކްޓް މެދުވެރިކޮށެވެ.  އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ފުރުމަށްޓަކައި މި ތަނަށް ކްލިކްކޮށްލާށެވެ.

ބަޔާން ތައްޔާރުކޮށް ބަޔާން ހުށަހެޅުމަށް އެހީތެރިކަން ބޭނުންތޯ؟ މީރާގެ މުވައްޒަފަކާ ބައްދަލުކޮށް ބަޔާން ހުށަހަޅާނެ ގޮތް ދަސްކުރުމަށް ބޭނުންނަމަ މި ލިންކަށް ގޮސް ރަޖިސްޓަރީ ކުރާށެވެ.

ތިޔަ ފަރާތަކީ ޓޫރިޒަމް ދާއިރާ ނޫން އެ ނޫން ދާއިރާތަކުގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ އަދި އަހަރެއްގެ ތެރޭގައި ލީބޭ ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ދަށް ނަމަ، ތިޔަ ފަރާތުގެ ޖީ.އެސް.ޓީ ބަޔާން ކައުންޓަރަށް ހުށަހެޅިދާނެއެވެ. ކައުންޓަރަށް ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށް ޖީ.އެސް.ޓީ ބަޔާނާއި އެއާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް މީރާގެ މައި އޮފީހުގެ ކައުންޓަރަށް ނުވަތަ މީރާގެ ކަލެކްޝަން ސެންޓަރަކަށް ނުވަތަ މީރާގެ ބްރާންޗަކަށް ހުށަހެޅިދާނެއެވެ.

ތިޔަ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވެފައި، ޓެކްސް ނެގޭ މުއްދަތުގައި އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ހިންގައިފައި ނުވާނަމަ، ޖީ.އެސް.ޓީ "ސުން ބަޔާނެއް" ވާރުޕޭ މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ