އިންޕުޓް ޓެކުހަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އެއް ފަރާތުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އަނެއް ފަރާތަށް ދައްކާ ޖީ.އެސް.ޓީގެ އަދަދެވެ. އެއީ ތިޔަ ފަރާތުން ވިޔަފާރީގެ ބޭނުމަށް ގަންނަ މުދާ ނުވަތަ ހޯދާ އަގުގެ ތެރޭގައި ހިމެނޭ ޖީ.އެސް،ޓީގެ އަދަދެވެ. ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު މި އަދަދު އުނިކުރެވޭނެއެވެ.
އަންނަނިވި ހާލަތްތަކުގައި، ހޯދައިފައިވާ މުދަލެއް ނުވަތަ ޚިދުމަތަކާ ގުޅިގެން އިންޕުޓް ޓެކްސް އުންޏެއް ނުކުރެވޭނެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/211) ގެ ދަށުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ހިސާބުކުރާ އިންޕުޓް ޓެކުހުގެ އަދަދު އައުޓްޕުޓް ޓެކުހަށްވުރެ އިތުރުވުމަކީ މީރާއަށް އިތުރަށް ދައްކައިފައިވާ ފައިސާއެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ. ނަމަވެސް އެ ގޮތުގެމަތިން އިތުރުވާ އަދަދަކީ ކުރިއަށްހުރި މުއްދަތުތަކުގައި ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދުން އުނިކުރެވޭނެ އަދަދެކެވެ.