ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އޮންލައިން ވިޔަފާރިތައް
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011/R-43)ގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރިކުރާ މަންސައެއްގައި ކަސްޓަރމަރުންނަށް ފެންނާނޭހެން ޓިން އަދި ލޯގޯ (ތިރީގައިވާ ނަމޫނާއާ އެއްގޮތަށް) ފެންނަން ހުންނަންވާނެއެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމަށްފަހު އަންނަނިވި ކަންތައް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
- ސުން ރޭޓުގެ މުދަލާއި ޚިދުމަތް އަދި އިސްތިސްނާ މުދަލާއި ޚިދުމަތް ފިޔަވައި، ފޯރުވައިދޭ އެންމެހައި މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނެގުން
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އެދިއްޖެ ހާލާތެއްގައި ޝަރުތު ފުރިހަމަވާ ޓެކްސް އިންވޮއިސް ދޫކުރުން
- ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
- ޖީ.އެސް.ޓީ ބަޔާނުގައި ހިސާބުކޮށްފައިވާ އަދަދުގެ ސައްހަކަން ކަށަވަރުކޮށްދޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން
- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކްޓް ނުވަތަ ސެޓްފިކެޓްގެ ކޮޕީ ކަސްޓަމަރުންނަށް ފެންނާނޭހެން ބެހެއްޓުން