ފައިސާ ދެއްކުން

އަހަރެއްގެ މައްޗަށް ތިޔަ ފަރާތަށް ލިބޭ ޖުމުލަ އާމްދަނީ 50 މިލއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުނަމަ، ޖީ.އެސް.ޓީ އޮންލައިންކޮށް މީރާ ކަނެކްޓް މެދުވެރިކޮށް ދެއްކުން ލާޒިމުވާނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ޖީ.އެސް.ޓީ ދެއްކުމަށް މި ލިންކު ބޭނުންކުރާށެވެ.

އަހަރެއްގެ މައްޗަށް ތިޔަ ފަރާތަށް ލިބޭ ޖުމުލަ އާމްދަނީ 50 މިލިއަން ރުފިޔާއަށްވުރެ ދަށްނަމަ، އަދި ތިޔައީ ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ މީރާގެ ޓެކްސް ޕޭޔަރ ސަރވިސް ސެންޓަރަށް ނުވަތަ މީރާގެ އޮފީހަކަށް ފައިސާ ދެއްކިދާނެއެވެ.

ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށް އެހީތެރިކަން ބޭނުންތަ؟ ބަޔާން ފުރިހަމަކުރާނެ ގޮތުގެ މައުލޫމާތު ސެޝަނަކަށް ރަޖިސްޓަރީ ކުރުމަށް މި ލިންކަށް ކްލިކް ކޮށްލާ!

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ