ޓެކްސް ނެގޭ މުއްދަތު
ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ މުއްދަތު ބިނާވާނީ ތިޔަ ފަރާތުގެ ޓެކްސް ނެގޭ މުއްދަތުގެ މައްޗަށެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމުން ސެޓްފިކެޓާއެކު މީރާއިން ދޫކުރާ ލިޔުމުގައި، ތިޔަ ފަރާތުގެ ޓެކްސް ނެގޭ މުއްދަތު ބަޔާންކޮށްފައި އޮންނާނެއެވެ.
- މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު 1 މިލިއަން ރުފިޔާއަށްވުރެ އިތުރުނަމަ، ޓެކްސް ނެގޭ މުއްދަތަކީ ކޮންމެ ކަލަންޑަރު މަހެކެވެ.
- މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނޫންނަމަ، ޓެކްސް ނެގޭ މުއްދަތަކީ ތިން ކަލަންޑަރު މަހެވެ. މި ހާލަތުގައި ބަޔާން ހުށަހަޅާނީ ކޮންމެ ކަލަންޑަރު ކުއާޓަރަކު އެއް ފަހަރުއެވެ. (އެއީ ޖަނަވަރީން މާރިޗަށް، އެޕްރީލުން ޖޫންއަށް، ޖުލައިން ސެޕްޓެންބަރަށް، އޮކްޓޫބަރުން ޑިސެންބަރަށް). އެހެންނަމަވެސް، ތިޔަ ފަރާތުގެ ޓެކްސް ނެގޭ މުއްދަތު ކަލަންޑަރު މަހަކަށް ބަދަލުކުރުމަށް އެދި ހުށަހެޅިދާނެއެވެ.