ތިރީގައި އެ ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުގެ ލިސްޓެވެ. އަދި މިއީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް މީރާއިން ޤަބޫލުކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތައް ވެސް މެއެވެ. މި ލިސްޓުގައިވާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ދައްކާ އިންޓްރެސްޓަކަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި އިންޓްރެސްޓް އުނިކުރުމުގައި ކަނޑައަޅައިފައިވާ %6 ގެ ކެޕް ރައްދެއްނުވާނެއެވެ. އަދި ހަމަ އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންޓްރެސްޓް ދައްކަނީ މި ލިސްޓުގައިވާ ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށްނަމަ އެ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، އެ ގޮތުން ދައްކާ އިންޓްރެސްޓުން އުނިކުރާކަށް ނުޖެހޭނެއެވެ.
| # | ނަން | ތާރީޚް |
| 1 | ވަރލްޑް ބޭންކް | 01 ޖަނަވަރީ 2020 |
| 2 | އައި.އެމް.އެފް (International Monetary Fund) | 01 ޖަނަވަރީ 2020 |
| 3 | އޭ.ޑީ.ބީ (Asian Development Bank) | 01 ޖަނަވަރީ 2020 |
| 4 | އައި.ޑީ.ބީ (Islamic Development Bank) | 01 ޖަނަވަރީ 2020 |
| 5 | އީ.އައި.ބީ (European Investment Bank) | 01 ޖަނަވަރީ 2020 |
| 6 | އީ.ބީ.އާރ.ޑީ (European Bank for Reconstruction and Development) | 01 ޖަނަވަރީ 2020 |
| 7 | އެން.އައި.ބީ (Nordic Investment Bank) | 01 ޖަނަވަރީ 2020 |
| 8 | އޯ.އެފް.އައި.ޑީ (OPEC Fund for International Development) | 01 ޖަނަވަރީ 2020 |
| 9 | ޑީ.އީ.ޖީ (Deutsche Investitions- und Entwicklungsgesellschaft) | 01 ޖަނަވަރީ 2020 |
| 10 | އޭ.އެފް.ޑީ (Groupe Agence Française de Développement) | 01 ޖަނަވަރީ 2020 |
| 11 | އޭ.އައި.އައި.ބީ (Asian Infrastructure Investment Bank) | 01 ޖަނަވަރީ 2020 |