މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް (EWT)

ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، ފަރުދަކަށް ލިބޭ އުޖޫރައިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ދައްކަން ޖެހެއެވެ.  އުޖޫރައިގެ ތެރޭގައި މުސާރައާއި އިނާޔަތްތަކާއި ޑިރެކްޓަރުންގެ ފީ އަދި މި ނޫންވެސް ބައިތައް ހިމެނެއެވެ. ފަރުދަކަށް ޓެކްސް އަހަރު ލިބުނު ހަމައެކަނި އާމްދަނީއަކީ އުޖޫރަކަމަށްވެފައި އެ އުޖޫރަ ލިބިފައިވަނީ އެންމެ ފަރާތަކުންކަމަށްވާނަމަ، އެ ފަދަ ފަރާތެއް ޓެކްސް ބަޔާން ހުށަހެޅުމަކައި ނުލައި، ޓެކުހުގެ ގޮތުގައި އެ ފަރާތުން ދައްކަން ލާޒިމުކުރާ އަދަދަށްވުރެ ދަށް ނޫން އަދަދެއް މީރާއަށް ދެއްކޭނެ އިންތިޒާމް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނިޒާމުގެ ދަށުން މަގުފަހިކޮށްދެއެވެ.

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓުތައް

ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓު (މަހެއްގެ މައްޗަށް) ޓެކްސް ރޭޓު
60,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 0%
60,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 100,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 5.5%
100,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 150,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 8%
150,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 12%
200,000 ރުފިޔާ އެއަށްވުރެ ބޮޑު 15%

ތިޔަ ފަރާތުގެ އުޖޫރައިގެ މިންވަރަށް ބަލައި، ރަޖިސްޓަރީކުރަން ޖެހޭނަމަ،  ތިޔަ ފަރާތަށް އުޖޫރަ ދޭ ފަރާތުން، އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ތިޔަ ފަރާތް ރަޖިސްޓަރީކުރާނެއެވެ. ތިޔަ ފަރާތަށް އުޖޫރަ ދޭ ފަރާތުން ތިޔަ ފަރާތް ރަޖިސްޓަރީ ކުރަން ނުޖެހުނު ނަމަވެސް، އެހެނިހެން ގޮތްގޮތުން އާމްދަނީ ލިބޭނަމަ، ތިޔަ ފަރާތުން އަމިއްލަޔަށް، އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ޖެހިދާނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ