ތިޔަ ފަރާތުން އިންޓެރިމް ބަޔާން (MIRA 603) ހުށަހަޅަންޖެހޭނީ، ފާއިތުވެ ދިޔަ ޓެކްސް އަހަރު ޓެކުހުގެ ގޮތުގައި ދައްކަން ޖެހުނު އަދަދު އެނުއަލައިޒްކުރުމުން އޮންނަ އަދަދު 20,000 ރުފިޔާއަށްވުރެ އިތުރުވާނަމައެވެ. މިއީ ތިޔަ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުނަމަ، އަދި އިންކަމް ޓެކުހުގެ ގޮތުގައި މި އަހަރަށް ދައްކަން ޖެހޭނެކަމަށް އަންދާޒާކުރާ އަދަދު 20,000 ރުފިޔާއަށްވުރެ އިތުރުނަމަ، އިންޓެރިމް ބަޔާން ހުށަހަޅައި އިންޓެރިމް ދެއްކުން ލާޒިމުވާނެއެވެ. އެހެންނަމަވެސް، ތިޔައީ މުވައްޒަފެއްނަމަ، އަދި ތިޔަ ފަރާތަށް ޓެކްސް އަހަރު ލިބުނު ހަމައެކަނި އާމްދަނީއަކީ އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އުޖޫރަކަމަށްވާނަމަ، އިސްވެދިޔަ އުސޫލު ތިޔަ ފަރާތަކަށް ރަށްދެއްނުވާނެއެވެ. އަދި ތިޔަ ފަރާތުން އިންޓެރިމް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.