އުނިކުރުންތައް

އާންމު އުސޫލެއްގެ ގޮތުން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ވިޔަފާރީގެ ޚަރަދެއް އުނިކުރެވޭނީ، އެއީ އެ މުއްދަތުގައި ހިނގައިފައިވާ އެ ފަރާތުގެ ޚަރަދަކަށްވެފައި، އެ ޚަރަދު އެކުގައިވެސް ހިނގައިފައިވަނީ އެ ފަރާތުގެ ވިޔަފާރި އާމްދަނީ ހޯދުމަށް އެކަނި ކަމަށް ވާނަމައެވެ.

މުދަލު ޒަކާތް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ދައްކައިފައިވާ  ޕެންޝަން، ކޮމިޝަނަރ ޖެނެރަލް ގަބޫލުކުރާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ނުވަތަ ސަރުކާރުގެ އިދާރާތަކަށް ދޭ ޑޮނޭޝަން (ހަދިޔާ) އަކީ ކޮންމެ ބާވަތެއްގެ އާމްދަނީއެއް ލިބޭ ފަރާތަކަށްވެސް އުނިކުރެވޭނެ ޚަރަދެކެވެ.

ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތަކުން، ހިސާބުތައް ކޭޝް ބޭސިސްއަށް ތައްޔާރުކުރާނަމަ، ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ %20 އާ އެއްވަރު އަދަދެއް ޚަރަދުގެ ގޮތުގައި އުނިކުރަން އިޚްތިޔާރުކުރެވިދާނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ