އިސްތިސްނާ އާމްދަނީ
އިސްތިސްނާ އާމްދަނީގެތެރޭގައި އަންނަނިވި އާމްދަނީ ހިމެނެއެވެ.
- ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ، އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް.
- ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެ ޕާޓްނަރޝިޕްގެ ޕާޓްނަރުންނަށް ބަހާ ފައިދާ އަދި ޕާޓްނަރުންގެ ކެޕިޓަލަށް ދައްކާ އިންޓްރެސްޓް.
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ލައިސަންސް ދީފައިވާ ސެކިއުރިޓީ އެކްސްޗޭންޖެއްގައި ލިސްޓުކޮށްފައިވާ ކުންފުންޏަކުން ދޫކޮށްފައިވާ ޑެޓް ސެކިއުރިޓީއަކާ ގުޅިގެން ލިބޭ އިންޓްރެސްޓް.
- ޕެސިވް އިންޓެރެސްޓް ( އަހަރަކު 5,000 ރުފިޔާއާ ހަމައަށް) (މިސާލު: ސޭވިންގ އެކައުންޓެގައި ރައްކާކޮށްފައި ހުރި ފައިސާއާ ގުޅިގެން ލިބޭ އިންޓްރެސްޓް).
- ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ލިބޭ އަސާސީ ޕެންޝަނާއި، ރިޓަޔަރމަންޓް ޕެންޝަން އަދި އެނުއިޓީގެ ގޮތުގައި ލިބޭ ފައިސާ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަންތަކުން ތައުލީމު ހާސިލުކުރުމަށް ދޭ އެހީއާއި ސްކޮލަޝިޕް.
- ހިބަ، ނުވަތަ ވާރުތައިގެ ގޮތުގައި ނުވަތަ ވަޞިއްޔަތަކުން ލިބޭ ފައިސާ.
- ކައިވެނީގެ ރަނާއި ނަފަޤާގެ ފައިސާއާއި ޙަޟާނަތުގެ ފައިސާ.
- މީހެއްގެ ދިރިއުޅުން މައިގަނޑު ގޮތެއްގައި ގާއިމުވެފައިވާ އަދި އޭނާގެ މިލްކުގައިވާ ހަމައެކަނި ތަން ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީ
- އަހަރެއްގެ ތެރޭގައި 40,000 ރުފިޔާއަށްވުރެ އިތުރުނުވާ ހަދިޔާގެ މިންވަރު މިންވަރު.
- ތިމާގެ މީހެއްގެ ފަރާތުން ލިބުނު ހަދިޔާ.
- ކައިވެނީގެ މުނާސަބަތުގައި ލިބުނު ހަދިޔާ (ކައިވެނިކުރާ ތާރީޚުގެ 30 ދުވަސް ކުރި އަދި ކައިވެނިކުރާ ތާރީޚުގެ 30 ދުވަސް ފަސް، މި މުއްދަތުގައި ލިބުނު ހަދިޔާ)