އިންކަމް ޓެކްސް ބަޔާނަކީ MIRA 604 ފޯމެވެ.
އިންކަމް ޓެކްސް ބަޔާން މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމަށް މި ތަނަށް ކްލިކްކޮށްލާށެވެ.
ތިޔަ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނަމަ، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ.
ތިޔަ ފަރާތަށް ވިޔަފާރި އާމްދަނީ ލިބޭނަމަ، އަދި ތިޔަ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނަމަ، ތިޔަ ފަރާތުގެ އިންކަމް ޓެކްސް ބަޔާނާއެކު މާލީ ހިސާބުތަކާއި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭނެއެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށް އެހީތެރިކަން ބޭނުންތަ؟ މި ތަނަށް ކްލިކްކޮށްލާ.
ތިޔަ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ އިންކަމް ޓެކްސް ބަޔާން ކައުންޓަރަށް ހުށަހެޅިދާނެއެވެ.
ކައުންޓަރަށް ބަޔާން ހުށަހަޅަން ބޭނުންނަމަ، MIRA 604 ފޯމު ޑައުންލޯޑުކޮށް ފުރިހަމަކުރުމަށްފަހު، އެ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ނުވަތަ މީރާގެ އޮފީހަކަށް ހުށަހެޅިދާނެއެވެ.