ދިވެހިރާއްޖެއާއި އެހެން ގައުމަކާ ދެމެދު ވެވޭ ޓެކްސް މުޢާހަދާއެއް ނުވަތަ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ދަށުން، ބައިނަލްއަޤްވާމީ ޓްރެފިކްގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓުތައް އޮޕަރޭޓްކުރުމުން ލިބޭ ފައިދާއިން ޓެކްސް ނެގުމުގެ ހައްގު، އޮޕަރޭޓަރު ވަޒަންވެރިވެފައިވާ ދައުލަތަކަށް ހިފެހެއްޓިދާނެއެވެ. އެފަދަ ހާލަތްތަކުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ފަރާތްތަކަށް ލިބޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައިވާ އާމްދަނީން ދިވެހިރާއްޖޭގައި ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައިވެސް ކަނޑު ބޯޓު ނުވަތަ މަތިންދާބޯޓް އޮޕަރޭޓްކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާފަރާތްތަކަށް ބަޔާން ހުށަހެޅުމުން އިސްތިސްނާއެއް ނުދެވޭނެއެވެ.
ބަޔާންވެދިޔަ ފަދައިން އިސްތިސްނާ ލިބޭ ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން، ޞައްޙަ ރެސިޑެންސީ ސެޓްފިކެޓަކާއެކު ލިޔުމުން މީރާގެ ކޮންފަރމޭޝަން ލެޓަރ ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.
ޓްރިޓީތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ތަނަށް ކްލިކްކޮށްލާށެވެ.