އިންކަމް ޓެކްސް ބަޔާން ހުށަހަޅާނީ ކިހިނެތް؟

އިންކަމް ޓެކްސް ބަޔާން މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމަށް މި ތަނަށް ކްލިކްކޮށްލާށެވެ.

ތިޔަ ފަރާތަކީ ފަރުދެއްނަމަ، ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނަމަ، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ފަރުދުން ފިޔަވައި އެހެނިހެން ފަރާތްތަކުން އިންކަމްޓެކްސް ބަޔާން ހުށަހަޅަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށް އެހީތެރިކަން ބޭނުންތަ؟ މި ތަނަށް ކްލިކްކޮށްލާ!

ތިޔައީ ފަރުދެއްނަމަ، އަދި ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ އިންކަމް ޓެކްސް ބަޔާން ކައުންޓަރަށް ހުށަހެޅިދާނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ