ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތައް ޓެކްސް ކުރެވޭ ހާއްސަ އުސޫލުތަކެއް އޮވެއެވެ.
އިންކަމް ޓެކްސް ޤާނޫނުގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ދައްކަން ޖެހޭނީ އާމްދަނީގެ ޖުމުލަ އަދަދުގެ %2 ގެ ރޭޓުގައެވެ. 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީން އެ އާމްދަނީ ހޯދުމަށް ހިނގައިފައިވާ އެއްވެސް ޚަރަދެއް އުންޏެއް ނުކުރެވޭނެއެވެ.
11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީއަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރި ފަރާތަކަށް، ދިވެހިރާއްޖޭގެ މަންޒިލަކުން ފުރައިގެންދާ ކަނޑުބޯޓަކަށް ނުވަތަ މަތިންދާބޯޓަކަށް ފަސިންޖަރުން ނުވަތަ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދާ އަރުވައިގެން ލިބޭ އާމްދަނީއެވެ.
ތިރީގައިވާ އާމްދަނީގެ ބާވަތްތައް %2 ގައި ޓެކްސް ކުރެވޭ އާމްދަނީގެ ތެރޭގައި ނުހިމެނޭނެއެވެ.