އިސްތިސްނާ އާމްދަނީ

އާންމުގޮތެއްގައި ޕާޓްނަރޝިޕަކަށް ލިބޭ ވިޔަފާރި އާމްދަނީން ޓެކްސް ދައްކަން ޖެހޭނެއެވެ. ނަމަވެސް، ތިރީގައި އެ ވާ ބައެއް ބާވަތްތަކުގެ އާމްދަނީއަކީ އިންކަމް ޓެކުހުން އިސްތިސްނާވާ އާމްދަނީއެވެ.

  • ޑިވިޑެންޑް / ޕާޓްނަރޝިޕަކުން ބަހާ ފައިދާ
    • ދިވެހިރާއްޖޭގައި ވަޒަންވެރި ވެފައިވާ ކުންފުންޏަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ލިބޭ ޑިވިޑެންޑް
    • ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެ ފަރާތުގެ ޕާޓްނަރަކަށް ބަހާ ފައިދާ
  • އިންޓްރެސްޓް
    • ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުންޏަކުން ދޫކޮށްފައިވާ ސެކިއުރިޓީއަކާ ގުޅިގެން ލިބޭ އިންޓްރެސްޓް ނުވަތަ ފައިދާ
    • ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕަކުން އެ ޕާޓްނަރޝިޕްގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރެއްގެ ކެޕިޓަލަށް ދައްކާ އިންޓްރެސްޓް
  • ޤާނޫނެއްގެ ދަށުން ނަގާ ޓެކްސް
    • މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ނުވަތަ ގްރީން ޓެކްސް (ޖީ.އާރް.ޓީ) ނުވަތަ އެ ނޫންވެސް ޓެކުހެއްގެ ގޮތުގައި ނަގައިފައިވާ އަދަދު އިންކަމް ޓެކުހުން އިސްތިސްނާ ވާނެއެވެ.
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ