ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު (ގަވާއިދު ނަންބަރު 2020/R-43) ގެ 7 ވަނަ މާއްދާގެ ދަށުން ރައްދުވާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ ލޯނުގެ މުޢާމަލާތުގެ މިންވަރު 15 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވުމާއެކު ތިރީގައި ބަޔާންކޮށްފައިވާ އިންޑިކޭޓިވް މާޖިން ބޭނުންކޮށްފައިވާ ނަމަ، ރައްދުވާ ފަރާތުން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަން ލާޒިމެއް ނޫނެވެ.
| ގުޅުންހުރި ފަރާތަކާއެކު 15 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ލޯނުގެ މުއާމަލާތް ކޮށްފައިވާ މުއްދަތު | އިންޑިކޭޓިވް މާޖިން |
|---|---|
| 1 ޖަނަވަރީ 2020 އިން 31 ޑިސެންބަރު 2020 އަށް | +1% |
| 1 ޖަނަވަރީ 2021 އިން 31 ޑިސެންބަރު 2021 އަށް | +1% |
| 1 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް | +1% |
| 1 ޖަނަވަރީ 2023 އިން 31 ޑިސެންބަރު 2023 އަށް | +1% |
| 1 ޖަނަވަރީ 2024 އިން 31 ޑިސެންބަރު 2024 އަށް | +1% |
| 1 ޖަނަވަރީ 2025 އިން 31 ޑިސެންބަރު 2025 އަށް | +1% |
ޓެކްސް ދައްކާ ފަރާތަކުން އިންޑިކޭޓިވް މާޖިން ބޭނުންކުރަން އިޚްތިޔާރުކޮށްފިނަމަ، ބޭނުންކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާޢިއު ކޮށްފައިވާ "އިންޑިކޭޓިވް ޕޮލިސީ ރޭޓް" އަށް މަތީގައި ބަޔާންކޮށްފައިވާ އިންޑިކޭޓިވް މާޖިން އެއްކުރުމުން އަންނަ ރޭޓެވެ.