މީރާގެ އޮޕަރޭޝަނަލް ޕްލޭނަކީ، މީރާގެ ހުރިހާ ޑައިރެކްޓަރޭޓްތަކެއް ކަމަށްވާ ސަޕޯޓް ސަރވިސް ޑައިރެކްޓަރޭޓް، ރެވެނިއު ސަރވިސް އަދި ރިކަވަރީ ޑައިރެކްޓަރޭޓް، ޓެކްނިކަލް އަދި ލީގަލް ޑައިރެކްޓަރޭޓް، އަދި ރެވެނިއު އޮޕަރޭޝަންސް ޑައިރެކްޓަރޭޓުން ކުރިއަށް އަންނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ޚުލާސާއެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
އޮޕަރޭޝަނަލް ޕްލޭންގައި 2025 ވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަކީ 2025 – 2028 އަށް މީރާއިން އެކުލަވާލައިފައިވާ ހަތަރު އަހަރުގެ ސްޓްރެޓިޖިކް ޕްލޭންގެ މައްޗަށް ބިނާކޮށްފައިވާ ތަފްސީލީ އެކްޓިވިޓީ ޕްލޭންތަކުން ނަގާފައިވާ ހަރަކާތްތަކެކެވެ. މި ޕްލޭންގައި ހިމަނާފައިވާ އިނީޝިއޭޓިވްސް އަދި ހަރަކާތްތައް ބަހާލައިފައިވާނީ ހަތަރު ސްޓްރެޓިޖިކް ޕަރސްޕެކްޓިވްގެ ދަށުން ހިމެނޭ ސްޓްރެޓިޖިކް އޮބްޖެކްޓިވްތަކުގެ ދަށުންނެވެ. ޕަރސްޕެކްޓިވްތަކާއި، އޮބްޖެކްޓިވްތަކާއި، ކީ ރިޒަލްޓްތަކުގެ ތަފްސީލް މީރާގެ ސްޓްރެޓިޖިކް ޕްލޭންގައި ހިމަނާފައިވާނެއެވެ.