ސަރވިސް ޗާޖް

ވަޒީފާ ދޭ ފަރާތުން، ސަރވިސް ޗާޖް ގަވާއިދު (ގަވާއިދު ނަންބަރު 2021/R-41) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު މީރާ އަދި ލޭބަރ ރިލޭޝަން އޮތޯރިޓި އަށް ހުށަހަޅަން ޖެހޭނެއެވެ. ކޮންމެ މަހަކާއި ގުޅޭ މައުލޫމާތު ވަކިވަކިން އެ މަހަކަށް ބަލަހައްޓައި ހުށަހަޅާން ޖެހޭނެއެވެ. އަހަރުގެ ފުރަތަމަ 6 މަހުގެ މައުލޫމާތު، އެ އަހަރެއްގެ އޮކްޓޫބރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. އަދި ފަހު 6 މަހުގެ މައުލޫމާތު އެ އަހަރާއި ވިދިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ކުރިން މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ