1 ޖަނަވަރީ 2023 އިން ފެށިގެން އެމެރިކާ ޑޮލަރުން ބަލައިގަންނަ ފީ އަދި އެއާ ގުޅޭ ޖޫރިމަނާ ފިޔަވައި ތިރީގައި ބަޔާންކޮށްފައިވާ ފީ އަދި އެއާ ގުޅެ ޖޫރިމަނާ މީރާއަށް ބަލައި ނުގަންނާނެއެވެ.
1 ޖަނަވަރީ 2023 އިން ފެށިގެން މި ފީތަކަށް ފައިސާ ދައްކަންޖެހޭނީ ސަވާރީޕޭ މެދުވެރިކޮށެވެ. މި ގެނެވުނު ބަދަލާގުޅޭ ގޮތުން އިތުރު މައްލޫމާތު ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ގުޅައިގެން ކުރިއަށް ގެންދާށެވެ.