ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީއަކީ ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2016/R-6) ގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކަށް ދައްކަންޖެހޭ ފީއެކެވެ. އަހަރީގެ ފީގެ އަދަދު ކަނޑައަޅަނީ އެ އުޅަނދެއްގެ ދިގުމިނަށާއި އުޅަނދުގެ ބާވަތަށް ބަލައިގެންނެވެ.
1 ޖަނަވަރީ 2023 އިން ފެށިގެން އެމެރިކާ ޑޮލަރުން ބަލައިގަންނަ ފީ އަދި އެއާ ގުޅޭ ޖޫރިމަނާ ފިޔަވައި އެހެނިހެން ފީ މީރާއަށް ބަލައި ނުގަންނާނެއެވެ.
1 ޖަނަވަރީ 2023 އިން ފެށިގެން މި ފީތަކަށް ފައިސާ ދައްކަންޖެހޭނީ ސަވާރީޕޭ މެދުވެރިކޮށެވެ. މި ގެނެވުނު ބަދަލާގުޅޭ ގޮތުން އިތުރު މައްލޫމާތު ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ގުޅައިގެން ކުރިއަށް ގެންދާށެވެ.
އުޅަނދުގެ ރަޖިސްޓަރީ ނުވަތަ ވެރިފަރާތުގެ ނަމާއި އުޅަނދުގެ ރަޖިސްޓަރީ ނަމްބަރު ނުވަތަ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަމްބަރު (TIN) އެވެ. ފައިސާ ދައްކާއިރު މިރާ 404 ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ.
1 ޖަނަވަރީ 2016 އިން ފެށިގެން ކަނޑުގައި ދުއްވާ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ބަހާލެވޭ ބައިތަކަށްވަނީ ގަވާއިދު ނަންބަރު: 2016/R-6 (ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީކުރުމުގެ ގަވާއިދު) ގެ ދަށުން ތިރީގައިވާ ގޮތަށް ބަދަލުގެނެވިފައެވެ.
| ކޯޑު 1 : | މަސްވެރިކަންކުރާ އުޅަނދުފަހަރު |
| ކޯޑު 2 : | ޕަސިންޖަރުން އުފުލާ އުޅަނދުފަހަރު |
| ކޯޑު 3 : | މުދާ އުފުލާ އުޅަނދުފަހަރު |
| ކޯޑު 4 : | ޕަސިންޖަރުންނާއި މުދާ އުފުލާ އުޅަނދުފަހަރު |
| ކޯޑު 5 : | މޫދު ކުޅިވަރުގައި ބޭނުންކުރާ އުޅަނދުފަހަރު |
| ކޯޑު 6 : | އަމިއްލަ އުފަލަށް ބޭނުންކުރާ އުޅަނދުފަހަރު |
| ކޯޑު 7 : | އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރު |
| ކޯޑު 8 : | ތެޔޮ އުފުލާ އުޅަނދުފަހަރު |
| ކޯޑު 9 : | ހައުސް ބޯޓު، ފްލޯޓިންގ ރެސްޓޯރަންޓް (1 ން ފެށިގެން 50 ކޮޓަރިއާ ހަމައަށް ކޮޓަރި ހުންނަ ފްލޯޓިންގ އުޅަނދުފަހަރު ބަލާނީ ފްލޯޓިންގ ރެސްޓޯރަންޓުގެ ގޮތުގައި) |
| ކޯޑު 10 : | ސަފާރީކަންކުރުމަށް ބޭނުންކުރާ އުޅަނދުފަހަރު |
| ކޯޑު 11 : | ޓަގު ބޯޓުފަހަރު |
| ކޯޑު 12 : | ލަގްޒަރީ އުޅަނދުފަހަރު |
| ކޯޑު 13 : | ބެއާބޯޓު |
| ކޯޑު 14 : | ސަބްމެރީން |
| ކޯޑު 15 : | ފްލޯޓިންގ ހޮޓެލްސް (51 ކޮޓަރިއަށްވުރެ ގިނަ އުޅަނދުފަހަރު ބަލާނީ ފްލޯޓިންގ ހޮޓެލްގެ ގޮތުގައި) |
| ކޯޑު 16 : | ކޮޅުވެއްޓި |
| ކޯޑު 17 : | ޕޮންޓޫން (ބާޖު) |
ތިރީގައިމިވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުތަކުގެ ބައިތަކާއި ކަނޑައަޅައިފައިވާ އަހަރީ ފީއެވެ.
ކޯޑު 1، 2، 3، 4 އަދި 5
| އުޅަނދުފަހަރުގެ ދިގުމިން | ފީ |
| 3 މީޓަރު ހަމަ ނުވާ އުޅަނދު | -/500 ރުފިޔާ |
| 3 މީޓަރު ހަމަވެފައި 6 މީޓަރު ހަމަނުވާ އުޅަނދު | -/1000 ރުފިޔާ |
| 6 މީޓަރު ހަމަވެފައި 9 މީޓަރު ހަމަނުވާ އުޅަނދު | -/1500 ރުފިޔާ |
| 9 މީޓަރު ހަމަވެފައި 12 މީޓަރު ހަމަނުވާ އުޅަނދު | -/3000 ރުފިޔާ |
| 12 މީޓަރު ހަމަވެފައި 15 މީޓަރު ހަމަނުވާ އުޅަނދު | -/3500 ރުފިޔާ |
| 15 މީޓަރު ހަމަވެފައި 20 މީޓަރު ހަމަނުވާ އުޅަނދު | -/4500 ރުފިޔާ |
| 20 މީޓަރު ހަމަވެފައި 30 މީޓަރު ހަމަނުވާ އުޅަނދު | -/7000 ރުފިޔާ |
| 30 މީޓަރު ހަމަވެފައި 40 މީޓަރު ހަމަނުވާ އުޅަނދު | -/10000 ރުފިޔާ |
| 40 މީޓަރު ހަމަވާ އުޅަނދު | -/10000 ރުފިޔާ |
| 40 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް | -/100 ރުފިޔާ |
ކޯޑު 6، 7 އަދި 17
| އުޅަނދުފަހަރުގެ ދިގުމިން | ފީ |
| 12 މީޓަރު ހަމަނުވާ އުޅަނދު | -/6500 ރުފިޔާ |
| 12 މީޓަރު ހަމަވާ އުޅަނދު | -/6500 ރުފިޔާ |
| 12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް | -/150 ރުފިޔާ |
ކޯޑު 8 އަދި 16
| އުޅަނދުފަހަރުގެ ދިގުމިން | ފީ |
| 12 މީޓަރު ހަމަނުވާ އުޅަނދު | -/10000 ރުފިޔާ |
| 12 މީޓަރު ހަމަވާ އުޅަނދު | -/10000 ރުފިޔާ |
| 12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް | -/200 ރުފިޔާ |
ކޯޑު 9
| އުޅަނދުފަހަރުގެ ދިގުމިން | ފީ |
| 12 މީޓަރު ހަމަނުވާ އުޅަނދު | -/15000 ރުފިޔާ |
| 12 މީޓަރު ހަމަވާ އުޅަނދު | -/15000 ރުފިޔާ |
| 12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް | -/200 ރުފިޔާ |
ކޯޑު 10، 11 އަދި 14
| އުޅަނދުފަހަރުގެ ދިގުމިން | ފީ |
| 12 މީޓަރު ހަމަނުވާ އުޅަނދު | -/15000 ރުފިޔާ |
| 12 މީޓަރު ހަމަވާ އުޅަނދު | -/15000 ރުފިޔާ |
| 12 މީޓަރަށްވުރެ އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް | -/250 ރުފިޔާ |
ކޯޑު 12
| އުޅަނދުފަހަރުގެ ދިގުމިން | ފީ |
| 24 މީޓަރު ހަމަނުވާ އުޅަނދު | -/3500 އެމެރިކާ ޑޮލަރު |
| 24 މީޓަރު ހަމަވާ އުޅަނދު | -/5000 އެމެރިކާ ޑޮލަރު |
| 24 މީޓަރަށްވުރެ އިތުރުވާ އުޅަނދު | -/5000 އެމެރިކާ ޑޮލަރު |
ކޮންމެ އުޅަނދަކަށް ވެސް ފީ ދައްކަން ޖެހެނީ އެ އުޅަނދެއް ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިންނެވެ. ރަޖިސްޓަރީ ކުރި މަސް ނިމުމުގެ ކުރިން ފީ ނުދައްކާ 6 މަސް ދުވަސް ފާއިތުވެއްޖެނަމަ 1,500/- ރުފިޔާއިން ޖޫރިމަނާ ވާނެއެވެ. މިފަދަ އުޅަނދަކާ ގުޅޭ އެއްވެސް ޚިދުމަތެއް ދޭންޖެހޭނީ ޖޫރިމަނާއާއި އުޅަނދަށް ދައްކަންޖެހޭ އަހަރީ ފީތައް ދެއްކުމަށްފަހުއެވެ.