ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު، 7 ޑިސެންބަރު 2016 ގައި ތަސްދީޤު ކުރެވުމާއެކު، ކުރިން އެއަރޕޯޓު ސަރވިސް ޗާޖް ޤާނޫނުގެ ދިހަވަނަ އަދި އެގާރަ ވަނަ އިސްލާހުގެ ދަށުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުގެ ނިޒާމަށް ވަނީ ބޮޑެތި ބަދަކުތަކެއް އައިސްފައެވެ. އެއަރޕޯޓު ސަރވިސް ޗާޖްގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ވެސް ނަގަނީ މި ޤާނޫނުގެ ދަށުންނެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާއެކު، 1 ޖަނަވަރީ 2022 އިން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖް އުވި، ޑިޕާޗަރ ޓެކްސް ނަގަން ވަނީ ފަށައިފައެވެ.
އެއަރޕޯޓް ސަރވިސް ޗާޖް ނަގަން ފަށައިފައިވަނީ 7 ޑިސެންބަރު 2016 ގައެވެ. އެއަރޕޯޓް ސަރވިސް ޗާޖަކީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގަމުން އައި ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނަގާކަށް ނުޖެހެއެވެ.
31 ޑިސެންބަރު 2021 ގައި އެއަރޕޯޓް ސަރވިސް ޗާޖް ވަނީ އުވައިލެވިފައެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. އެއަރޕޯޓް ސަރވިސް ޗާޖް ނަގަން ފަށައިފައިވަނީ 1 މެއި 2017 ގައެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގޭ ރޭޓުތައް
1 މެއި 2017 އިން 31 ޑިސެންބަރު 2021 އަށް
| ފަސިންޖަރުން | އަދަދު (އެމެރިކާ ޑޮލަރުން) |
| ދިވެހި ފަސިންޖަރުން | 12 |
| ބިދޭސީ ފަސިންޖަރުން | 25 |
1 ޖަނަވަރީ 2022 އިން ފެށިގެން 30 ނޮވެންބަރު 2024 ގެ ނިޔަލަށް:
| ދަތުރުކުރާ ކްލާސް | ދިވެހި ފަސިންޖަރުން (އެމެރިކާ ޑޮލަރު) | ބިދޭސީ ފަސިންޖަރުން (އެމެރިކާ ޑޮލަރު) |
| އިކޮނޮމީ ކްލާސް | 12 | 30 |
| ބިޒްނަސް ކްލާސް | 60 | 60 |
| ފަސްޓް ކްލާސް | 90 | 90 |
| ޕްރައިވެޓް ޖެޓް | 120 | 120 |
1 ޑިސެންބަރު 2024 އިން ފެށިގެން:
| ދަތުރުކުރާ ކްލާސް | ދިވެހި ފަސިންޖަރުން (އެމެރިކާ ޑޮލަރު) | ބިދޭސީ ފަސިންޖަރުން (އެމެރިކާ ޑޮލަރު) |
| އިކޮނޮމީ ކްލާސް | 12 | 50 |
| ބިޒްނަސް ކްލާސް | 120 | 120 |
| ފަސްޓް ކްލާސް | 240 | 240 |
| ޕްރައިވެޓް ޖެޓް | 480 | 480 |
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތައް
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާނެއެވެ.
ޑިޕާޗަރ ޓެކުހަކީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.
ޑިޕާޗަރ ޓެކްސް ނަގާ ރޭޓުތައް
1 ޖަނަވަރީ 2022 އިން ފެށިގެން 30 ނޮވެންބަރު 2024 ގެ ނިޔަލަށް:
| ދަތުރުކުރާ ކްލާސް | ދިވެހި ފަސިންޖަރުން (އެމެރިކާ ޑޮލަރު) | ބިދޭސީ ފަސިންޖަރުން (އެމެރިކާ ޑޮލަރު) |
| އިކޮނޮމީ ކްލާސް | 12 | 30 |
| ބިޒްނަސް ކްލާސް | 60 | 60 |
| ފަސްޓް ކްލާސް | 90 | 90 |
| ޕްރައިވެޓް ޖެޓް | 120 | 120 |
1 ޑިސެންބަރު 2024 އިން ފެށިގެން:
| ދަތުރުކުރާ ކްލާސް | ދިވެހި ފަސިންޖަރުން (އެމެރިކާ ޑޮލަރު) | ބިދޭސީ ފަސިންޖަރުން (އެމެރިކާ ޑޮލަރު) |
| އިކޮނޮމީ ކްލާސް | 12 | 50 |
| ބިޒްނަސް ކްލާސް | 60 | 60 |
| ފަސްޓް ކްލާސް | 90 | 90 |
| ޕްރައިވެޓް ޖެޓް | 120 | 120 |
ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތައް
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗަރ ޓެކުހުން އިސްތިސްނާވާނެއެވެ.
ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތަކުން ދަތުރުކުރާ ފަސިންޖަރުން އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ނެގުމަކީ، އެ އެއަރލައިނެއްގެ ޒިންމާއެކެވެ. އެ ނޫން ފްލައިޓަކުން، މިސާލަކަށް، ޗާޓަރު ފްލައިޓަކުން ނުވަތަ ޕްރައިވެޓް ޖެޓަކުން ފުރާ ފަސިންޖަރުން އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ނެގުމަކީ އެ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާ އެއަރޕޯޓެއްގެ ޒިންމާއެކެވެ.
ކޮންމެ މަހެއްގެ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕަޗަރ ޓެކްސް ބަޔާން MIRA 530 (އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން) ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަހެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް މީރާއަށް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.
އޭ.ޓީ.އެފް ބަޔާން ހުށަހަޅަން ޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އޭ.ޓީ.އެފް ބަޔާނާ ގުޅިގެން ދައްކާ ޕޭމަންޓް މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު ނުވަތަ ބީ.އެމް.އެލް އިސްލާމިކް މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު މެދުވެރިކޮށް ނުވަތަ ފޮރިންގ ރެމިޓެންސް ރިކުއެސްޓް ފޯމު ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ދެއްކޭނެއެވެ.
އެއްވެސް އެއަރލައިން އަކުން ނުވަތަ އެއަރޕޯޓް އޮޕަރޭޓްކުރާ ފަރާތަކުން ޤާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް ފަސިންޖަރެއްގެ އަތުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ނުވަތަ ޑިޕާޗަރ ޓެކްސް ނަގައިފައިވާނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ އެ ފަސިންޖަރަށް އަނބުރައި ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ފަސިންޖަރަށް ދީފައި ނުވާނަމަ އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ. މިގޮތަށް މީރާއަށް ދައްކާފައިވާ ފައިސާއެއް އަނބުރާ ފަސިންޖަރަށް ރީފަންޑްކޮށްދީފައިވާނަމަ، ރީފަންޑް ދިން މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާނުގައި ހިމަނައި، އެ ފައިސާ އަނބުރާ ހޯދުމަށް މީރާއަށް ހުށަހެޅިދާނެއެވެ.