ގްރީން ޓެކްސް

ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، އެ ނޫން ވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ނެގޭ ޓެކުހެކެވެ. 1 ނޮވެންބަރު 2015 އިން ފެށިގެން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ.  1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ވެސް ގްރީން ޓެކްސް ނަގަންޖެހޭނެއެވެ. އަދި 1 ޖަނަވަރީ 2023 އިން ފެށިގެން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓު ހޮޓާތަކާއި، ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ. 

ރަޖިސްޓަރީކުރުން

ޓޫރިސްޓު ރިޒޯޓް، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓް، ޓޫރިސްޓު ހޮޓަލް، ރިޒޯޓް ހޮޓަލް، ހޮޓަލް، ޓޫރިސްޓު އުޅަނދު، ޓޫރިސްޓު ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީޚުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވޭނެއެވެ. މި ގޮތުން އެ ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް މީރާގައި ރަޖިސްޓަރީކުރެވޭނީ އެ ތަން ނުވަތަ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި ގްރީން ޓެކްސް ބަޔާން ހުށަހަޅާ ޓެކްސް ދެއްކުމަކީ ވެސް އެ ތަން ނުވަތަ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. އެހެންނަމަވެސް ބޭރުގެ ޓޫރިސްޓް އުޅަނދުތައް މީރާގައި ރަޖިސްޓަރީކުރެވޭނީ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން ޢައްޔަންކޮށްފައިވާ އެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ނަމުގައެވެ. އެހެންކަމުން، ބޭރުގެ ޓޫރިސްޓު އުޅަނދުގެ ފަރާތުން، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެކެވެ.

ޓެކްސް ރޭޓުތައް

1 ނޮވެންބަރު 2015 އިން ފެށިގެން 30 ސެޕްޓެންބަރު 2016 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ޓުރިސްޓް އުޅަނދު 6

1 އޮކްޓޫބަރު 2016 އިން ފެށިގެން 2 ޖުލައި 2022 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ޓުރިސްޓް އުޅަނދު 6
ޓޫރިސްޓް ގެސްޓްހައުސް 3

3 ޖުލައި 2022 ގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާހުގެނައުމާ ގުޅިގެން ގްރީން ޓެކްސް ނެގުންވަނީ 3 ޖުލައި 2022 ގައި މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް 21 ސެޕްޓެންބަރު 2022 ގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާހުގެނައުމުގެ ޤާނޫނު މެދުވެރިކޮށް ގްރީން ޓެކްސް ނެގުން ވަނީ ރުޖޫޢަކޮށްފައެވެ. އެހެންކަމުން 3 ޖުލައި 2022 އިން ފެށިގެން 20 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހެނެއެވެ.

21 ސެޕްޓެންބަރު 2022 އިން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ޓުރިސްޓް އުޅަނދު 6
ޓޫރިސްޓް ގެސްޓްހައުސް 3

1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް 6
ރިޒޯޓް ހޮޓާ 6
ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 6
ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 3
ޓޫރިސްޓް ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 6
ޓޫރިސްޓް ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 3
ޓޫރިސްޓް އުޅަނދު 6
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 6
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 3
އެ ނޫން ވެސް އެފަދަ ތަންތަން 6

1 ޖަނަވަރީ 2025 އިން ފެށިގެން

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 12
އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް 12
ރިޒޯޓް ހޮޓާ 12
ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 12
ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 6
ޓޫރިސްޓް ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 12
ޓޫރިސްޓް ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 6
ޓޫރިސްޓް އުޅަނދު 12
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 12
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 6
އެ ނޫން ވެސް އެފަދަ ތަންތަން 12

ގްރީން ޓެކްސް އިން އިސްތިސްނާވާ ފަރާތްތައް

1 ޖަނަވަރީ 2025 އިން ފެށިގެން، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ގްރީން ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން

ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހޭނީ މަހުން މަހަށެވެ. އެގޮތުން ކޮންމެ މަހަކަށް ނިސްބަތްވާ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭނީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް ނިމުމުގެ ކުރިންނެވެ. ގްރީން ޓެކްސް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި ގްރީން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް "މީރާކަނެކްޓް" މެދުވެރިކޮށެވެ. ގްރީން ޓެކްސްގެ ފައިސާ މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު ނުވަތަ ބީ.އެމް.އެލް އިސްލާމިކް މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު މެދުވެރިކޮށް ނުވަތަ ފޮރިންގ ރެމިޓެންސް ރިކުއެސްޓް ފޯމު ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ދެއްކޭނެއެވެ. 

ގްރީން ޓެކްސްގެ ގޮތުގައި އިތުރަށް ނަގައިފައިވާ އަދަދު

އެއްވެސް ފަރާތަކުން ޤާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް ގްރީން ޓެކްސް ނަގައިފައިވާނަމަ، ނުވަތަ ގްރީން ޓެކްސް ނަގަން ނުޖެހޭ މީހެއްގެ އަތުން ނަގައިފިނަމަ އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ ގްރީން ޓެކްސް ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ އެ ފަރާތަކަށް އަނބުރާ ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ގެސްޓަށް ދައްކާފައި ނުވާނަމަ އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ.

 

 

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ